ބޮން ހެދުމުގައި ބޭނުން ކުރާ އެލާމް ގަޑީގެ ބައިތަކަކާއި، ލައިޓަރެއް މިދިޔަ ހޮނިހިރު ދުވަހު ކ. މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަންގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ މުހައްމަދު އަމީންގެ ޖަލު ގޮޅިން ފެނުނުކަން ހާމަވެއްޖެއެވެ.

ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ފަށަން އޮތް ނަމަވެސް ދިފާއީ ވަކީލް އިފްތިތާހީ ބަޔާނަށް ތައްޔާރުނުވެ ވަޑައިގަތުމުން އެ މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރި އަމުރު މުރާޖައާ ކުރުމުގެ ބައި ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އަމީން ބަންދު ކުރި އިރު، އެކަން ބިނާ ކުރި ސަބަބުތަކަށް އަދިވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ކުށްތަކަކީ ޖިނާއީ ބޮޑެތި މައްސަލަތައް ކަން ފާހަގަ ކުރައްވަމުން ވިދާޅުވީ މިދިޔަ ހަފްތާގެ ބަންދުގައި ސަލާމަތީ ބާރުތަކާއި ކަރެކްޝަންސް ގުޅިގެން ޖަލުގައި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި އޭނާގެ އަތުން މަނާ އެއްޗެއް އަތުލައިގެންފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން އެއްޗެއް ކަން ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.

ދައުލަތުގެ މި ވާހަކަތައް ދޮގު ކުރަމުން އަމީން ބުނީ ބުނީ އެލާމް ގަޑިއާއި، ލައިޓަރަކީވެސް ޖަލުން ގަންނަން ލިބޭ އެއްޗެއް ކަމަށެވެ. އަދި ފުލުހުން ގެންދިޔައީ އޭނާ ގެންގުޅުނު އެލާމް ގަޑީގެ ބައިތަކުގެ އިތުރުން މުސްހަފަކާއި، އަންމާ ފޮތެއްކަމަށް އޭނާގެ ވަކީލް ވިދާޅުވިއެވެ.

އަމީންއަކީ އެލާމް ގަޑީގެ ބައިތައް ބޭނުން ކޮށްގެން ބޮން އުފެއްދުމުގެ ގާބިލްކަން ހުރި ގައިދީއެއް ކަމުގައި ފުލުހުން ގަބޫލުކުރެއެވެ.

އަމީން ދޫކޮށްލަން އެދި ދިފާއީ ވަކީލް ކޯޓުގައި ވަނީ އޭނާ އާތުރައިޓިސް ބަލީ ތަހައްމަލް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ކަސްރަތުކުރުން ނެރެފައިވަނީ އެންމެ ފަހަރަކު ކަމަށާއި، ކަސްރަތު ކުރުމަށް ބޭނުންވާ ބޫޓު އަދިވެސް ފޯރުކޮށްދީފައި ނުވާކަން ފާހަގަކުރެއްވިއެވެ.

ދައުލަތުން ވިދާޅުވަނީ އަމީން ދޫކޮށްލުމަކީ ހެއްކަށް ނުފޫޒު ފޯރުވާ ވާނެ ކަމުގެ ބިރުވެރިކަން އޮތް ކަމެއް ކަމުގައެވެ. އަދި އޭނާއަށް ނިރުބަވެރިކަމުގެ ތުހުމަތުތައް ކުރެވިފައިވާ އިރު އެއީ މުޖްތަމައުގެ ސަލާމަތަށް ނުރައްކާތެރި ކަމެއް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވެއެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހުު ގާޒީ ޝަކީލް ނިންމެވީ އަމީން ބަންދުކުރަން އަމުރު ނެރުނު އިރު އޮތް ހާލަތު އަދިވެސް ދެމިއޮތް ކަމަށެވެ. އަދި އޭނާގެ ޝަރިއްޔަތް ނިމެންދެން ބަންދު ދެމެހެއްޓުމަށެވެ.

ބޭސް ފަރުވާ ފޯރުކޮށް ނުދޭތީ އަދި ކަސްރަތުކުރަން ނުނެރޭތީ މީގެ ކުރިން ގާޒީ ޝަކީލު ވަނީ އަމީން ދޫކޮށްލަން އަމުރުކުރައްވައިފައެވެ. ނަމަވެސް، އެ ނިންމުން ފަހުން ހައި ކޯޓުން ބާތިލުކޮށް އޭނާ ބަންދު ކުރިއެވެ. ހައިކޯޓުގެ އެ ނިންމުން އަމީންގެ ވަކީލް ވަނީ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ސސ

  މީހަކަށް އެއްޗެއް ހަދަން އެގުމަކީ އޭނާ ކުއްވެރިވާ ކަމެއްތޯ ؟

  22
  4
 2. Anonymous

  ގާޒީ ޝަކީލު އަމީން ގޮވައިގެން ކަސްރަތު ކުރަން ގޮޅިއަށް ބަދަލުވާންވީ ނޫންތޯ.

  12
 3. ޙަރީރާ

  ޢަމީންގެ ތިޔަ ގެންގުޅުނު ގަޑިއަކީ ޖަލު ފިހާރަ އިން ގަތް ގަޑިއެއް. ކީއްވެތޯ އަމީނު އޮތް ގޮޅިއަށް ސިފައިން ވަދެ ކިރުޕެކެޓް އޮއްސިވާހަކަ ޖަހާލަ ނުދިނީ. ކީއްވެތޯ ވަކި ކަމެއް ފޮރުވާފައި ވީ. ނިކަން ކެރެންޔާ ކަމާބެހޭ ފަރާތާއި ސުވާލުކޮށްބަލަ

  20
  4
 4. ޝަމީން

  އެލާމް ގަޑި އެބަހުރި ބާޒާރުގެ ވިއްކަން. އެހެންވީމާ ޖަލުގޮޅިއެއްގަ ތަޅުލާފަ ހުރިމީހަކު އަތުން ކީއްކުރަންބާ ތިބުނާ ބައިތަކެއް ހޯދަން ޖެހޭނީ.؟

  15
 5. ނުސީދާ

  ތީ ހަމަބޮޑު ދޮގެއް ގަބޫލެއް ނުކުރާނަން
  އަދި ތިއެއްޗެެއް ޖަލުބަންދުގަ ހުރިމީހަކު އުދުހިފަ ބޭރައް ނުކުމެފަތަ ޖަލައް ވެއްދީ
  ތީހަމަ ބޮޑުރޭވުމެއްކަން މިހާރު ހަމަ ޔަގީން

  19
  2
  • ޢަލީ

   މި ވާނީ ފްރޭމްކުރުމުގެ ކަމެއްކަމާމެދު ތުހުމަތުކުރެވޭ

 6. ނާޅި

  ، އަމީންއަކީ އެލާމް ގަޑީގެ ބައިތައް ބޭނުން ކޮށްގެން ބޮން އުފެއްދުމުގެ ގާބިލްކަން ހުރި ގައިދީއެއް ކަމުގައި ފުލުހުން ގަބޫލުކުރެއެވެ." ކަ މެއްގެ ޤާބިލް ކަމާއި ހުނަރާއި އިލް މު ހުރުމަކީ މީހަކު ކުއްވެރިވާ ކުށެއްތޯ ؟

  14
  1
 7. ކާފަރު އެލެކްސް

  ރާވައިންވެސް ބުއްދިގަބޫލުކުރާ ޒާތުގެ ވާހަކަ ދައްކަބަލަ... އެލާމް ގަޑިގެންގުޅޭ އެންމެން ކުއްވެރި ވީތާ އެހެން ވީމާށ... ލާދީނީ ބިލު ފާސްކޮއް އިންޑިޔާ އައް ގައުމުދީ ނިންމަން ޖައްސާ ޗަރުކޭސް ލާދީނީ ގެރިތައް

  18
  3
 8. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ބޮން ހަދަން ބޭނުންކުރެވިދާނެ، ގޭސްލައިޓަރެއް، އަދި މޯބައިލްފޯނެއް، މަގޭޖީބުގަ އެބައޮތް. އަދި ތަނެއް ރޯކޮށްލަން ބޭނުންކުރެވިދާނެ ޕެޓްރޯލް މަގޭ ސައިކަލު ޓޭންކުގަ އެބަހުރި، އަދި މީހަކު މަރާލަން ނުވަތަ ކޮށާލަން ބޭނުންކުރެވިދާނެ މަސްކަނޑާ ވަޅިއެއް އަހަރުން ގޭގަ އެބައޮތް. ކުއްވެރިވާނެބާ؟

  12
  • ބަބޫ

   އެކަހަލަ އަމަލެއް ކޮރިކަމުގެ ނޫނީ އެކަހަލަ ކަމެއް ކުރާ ބަޔަކާއެކު އުޅެގެން ބަންދެއް ކިރިތަ؟ ކޮށްފަ ހުރެއްޖިއްޔާ އެހެން ވިސްނުމުގެ ފުރުސަތު އެބައޮތް؟

 9. ކަލްޓް

  ފުލުހުން ބުނަން ވީ އެވެނި މިވެނި މީހެއްގެ ގޮޅިން އެމެރިކާ ކުރީގެ ރައީސް އޮބާމާ އަތުން ގެއްލުނު ގަޑީ ގެ ކަމަރު ފެނުނު ވާހަކަ، ދެން އެވީ ގަބޫލު ކުރަން، ދިވެހި ރައްޔިތުން ނަކީ ޓެރެރިސްޓު ބޮޑުން ކަމަށް ދައްކައިގެން އިންޑިއާގެ އަޅުވެތި ކަމަށް ރައްޔިތުން ގެންދަން ދޮގު ހަދާނެ މިސަރުކާރުން،

 10. ކަބަސްބަކަރި

  އަމީނަކީ ބޮޑު ޕޮރޮމޯޝަނުގަ އެމް.އެން.ޑީ އެފް އަށް ވައްދާފަ 100000 އެލާމް ގަޑި ދީފަ ފެކްޓްރީއެއްގަ ބޮންހަދާ ވިއްކަން ފަަށަން ވީ. ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު އިންޑަސްޓްރީއެއް މަތިވީ...............

  1
  1
 11. ވާނުވާ

  އެއީ އޭނާގެ ގެތަ؟ އެޔަނަށް އެހެން ބަޔަކަށްް އެއްވެއްލެވިވެސްދާނެ. ކޮންމެ ގޮތެއްވިޔަސް ދައުލަތުގެ މުވައްޒަފުންގެ އިހުމާލެއް ނެތި ޖަލުގޮޅިއަކަށް އެއްޗެއްސެއް ނުވަންނާނެ.