މުސްލިމަކާ ދިމާއަށް "ލާދީނީ" ގޮވުމަކީ އިސްލާމް ދީނަށް ކުރާ ފުރައްސާރައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހުގެ ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށައިފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށެވެ.

މި ބިލުގެ އިބްތިދާއީ ބަހުސްގައި ހަލީމް ވިދާޅުވީ ހުރިހާ ދިވެހިންނަކީ މުސްލިމުން ކަމަށާއި އެއްވެސް ދިވެއްސަކާ ދިމާއަށް އެއީ ކާފަރެއް ނުވަތަ ލާދީނީ މީހެއް ކަމަށް ގޮވުމުގެ ޖާގަދީ ނަފުރަތު އުފެއްދަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

ހަލީމް ވިދާޅުވީ "ލާދީނީ" ގޮވެން ޖެހޭނީ އިސްލާމް ދީނަށް ކަނޑައެޅިގެން ފުރައްސާރަ ކުރުމުން ކަމަށެވެ. އެ ކަން ކުރަން ވެސް ސަރުކާރުގެ ބިލުން ހުރަސް ނާޅާ ކަމަށެވެ.

އެހެންވިޔަސް އާންމު ތަނެއްގައި އެއްވެސް ހެއްކެއް ނެތި ހަމަ ހުރެ މުސްލިމަކާ ދިމާއަށް "ލާދީނީ" ގޮވުމަކީ އެ މީހަކަށާއި އިސްލާމް ދީނަށް ވެސް ކުރެވޭ ފުރައްސާރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްލާމް ދީނަށް ކަނޑައެޅިގެން ކުޑައިމީސް ބަސް ބުނާނަމަ، ހަޖޫ ޖަހާނަމަ، ފުރައްސާރަ ކުރާނަމަ، އެ ފުރުސަތު މި ބިލުން އެބަ ލިބެއޭ، އެކަމަކު ހަމަ ހުރެ މުސްލިމަކާ ދިމާއަށް ކާފަރު ބުނުން ވާނީ އެ މީހަކަށް ފުރައްސާރަ ކުރުމަށް، ދީނަށް ފުރައްސާރަ ކުރުމަށް،" ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަކަށް ވާތީ މި ބިލު މަޖިލީހަށް ފޮނުވާނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއަކާ މަޝްވަރާކޮށް ރުހުން ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީމް މިހެން ވިދާޅުވިއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައެވެ. އެމްއާރުއެމުން ވަކި އެއްޗެއް ނުބުނާއިރު، މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅު ކަން ވަނީ ހާމަކުރައްވައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމާއި ޕީއެންސީ މެންބަރުން ބަހުސް ކުރަން ވަނީ ހުރަސް އަޅައިފައެވެ. އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތަކަށް އެމްޑީޕީގެ މެންބަރުން ހުރަސް އެޅީ ނިޒާމީ ނުކުތާތައް ނަންގަވައިގެން އެމްޑީޕީގެ މެންބަރުން އެކަނި ވާހަކަ ދައްކަވަން ތިއްބަވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ދފގފ

  މުސްލިމަކަސް ވެހުރެ ލާދީ ކަންތައް ކުރުމަކީވެސް ދީނަށް ފުރައްސާރަ ކުރުން. ވާހަކަ ނުދައްކާ.

  43
  1
  • ހހހހ

   މިއީ ކާކު؟ ކޯންޗެއް ކިޔަވައިގެން ހުރީ؟ އިސްލާމް ދީނުގެ 5 ރުކުންވެސް އެނގުނިއްޔާ ރަނގަޅު. މިވަރުގެ ލާދީނީ ޖާހިލުން މޑޕ ގަ ގިނަވާނީ..

   21
   1
  • ޜީނދޫ ލާދީނީ

   ޝަރީ އަތަ އަްގޮންޖެހުމަކީވެެސް ބޮޑު ފުރއްސާރަ އެއް

   15
  • ލާދީނީ

   ލާދީނީ ބައިގަނޑުގެ ހަޖަމުގެ މައްސަލަ ހުންނަކަން އެއީ އެންމެން ދަންނަ ކަމެއް. މިމީހުންނާދިމާލައް ނުރުހިގެން ބަލާލުންވެސް ދެން މަނާކޮއްފާނެ.

   13
 2. ހަވާސާ އިބޫ

  މުސްލިމަކު ރާނުބޯނެ، ފާހިސްއަމަލުތަކެއް ނުކުރާނެ، ވައްކަމާއި ޚިޔާނާތުގައި ނޫޅޭނެ، އަނެކާއަށް ނެތިމޮޅުމާއި ޣީބަބުނުމުން ދުރުހެލިވާނެ އެމްޑީޕީގެ ގިނަމެންބަރުން މިގޮތުގައިބާ؟؟؟؟

  35
 3. ......

  މީނަ ދީން ކިޔެވިތަނެއް ބުނެބަލަ

  30
  2
 4. މަންސޫރު

  މުސްލިމެއްގެ ގޮތުގައިހުރެ ރަސޫލު ބޭކަލުންނަށް މަލާމަތްކޮށް ކީރިތިޤުރުއާނަށް ޖޯކުޖަހާ ހަދާމީހުންނަށް އެއްވެސް އަދަބެއް ނުދެވޭނަމަ ނުވަތަ އެފަދަ ކަންކަން ތަޙްޤީޤް ނުކުރާނަމަ އެއިރަކުއޮންނަ ސަރުކާރެއްގެ އިސްފަރާތް ތަކާ ސުވާލުކުރެވޭ ދުވަހެއް އޮންނާނެ

  33
 5. މާމީ

  ލާދީނީ ވާހަކަ ދައްކާނަމަ ލާދީނީ މީހެކޭ ކިއާނެ . ފެރީޚިދުމައް ނުދީ މަކަރު ހަދާފަ ތިބޭ މީހުނާދިމާލައް އެހެން ވެސް ގޮވާނެ...

  35
 6. ހުސޭނުބޭ

  ކޮންމެވެސް މީހަކު މި ގަމާރު މީހާއަށް ދީން އެއީ ކޮން އެއްޗެއްކަން ދަސްކޮށްދީބަލަ

  19
 7. ހުސެންދީ

  މުސްލިމަކަށް ލާދީނީގޮވުން ގޯސް. ނަމުން މުސްލިމަކަށްވެތިބޭ މުނާފިގުންނަށް ލާދީނީ ގޮވުން އޯކޭ.

  15
 8. ހުސެން

  މުސްލިމަކަށް އިސްލާމީ ޟަރީއަތާ ހިލާފަށް ބިލް ހަދަން ކެރޭނެތަ.ﷲ ގެ ކޯފާ އަށް ކަލޭމެން ބިރުވެތިވޭ.ބަލަގަ އިހަކަށް ދުވަހު ދޮންބިލެއް މިސްކިތަށް އަރައި އުޅުނީމެއްނުން

  13
 9. ބުއްޅަބެ

  ޙަލީމް މުސްލިމުންކަމަށް ބުނެ ރާބޮއި، މަސްތުވާތަކެތިބޭނުންކޮށް، ދީނަށްހަޖޫ ޖަހާނަމަ އެމީހަކު، ނުވަތަ އެ ބަޔަކާދިމާލަށް ލާދީނީގޮވޭނެ މަގުމަތިންފެނުނަސް، ކަނޑުމަތިންފެނުނަސް މީ ލާދިނީ ބިލެއް

  16
 10. ކޮރަލް

  ފާޅުގަ ދީން ދޫކޮށްފަ ހުރިމުސްލިމްނަން ކިޔާމީހުން އެބައުޅެ އެވެ. އެމީހުން ނަކަށް މުސްލިމެކޭ ނުބުނެވޭނެއެވެ.

  15
 11. އަބްދޫ

  މުސްލިމަކަށް ލާދިނީ މީހެކޭ ނުބުނާނެ. ލާދީނީ އޭ ބުނެވެނީ އެމީހާގެ އަމަލާއިބަހުން ލާދީނިއްޔަތު ފާޅުކުރުމުން .ތިޔަ ބިލުގެ ސަބަބުން މީހަކާ ދިމާލަށް ކާފަރެކޭ ގޮވައިފަިަމަ ޖިނާއީދައުވާކުރުމުން އެމީހާއަކީ ކާފަރަކުކަން ކީރިތި ގުރްއަނައި ކީރިތި ރަސޫލާގެ ސުންނަތުގެތެރެނެ ސަރީއަތަށް ސާބިތުކުރެވިދާނެ.

  10
 12. މިހެންވާނީ

  މުސްލިމަކަށް ވުމަށް ޓަކަ އި އެމީހަކުގަ އި ފުރިހަމަވާންޖެހޭ ސިފަތަ އް ފުރިހަމަނުވާ ހާލު އަމި އްލަ އަނގަ އިން ތިމަންނާ އީ މުސްލިމެކޭ ކިތަންމެ ވަރަކަށް ކިޔަސް އެމީހަކު ވާނީ ހަމަ ލާދީނީ މީހަކަށް.

  15
 13. ނުދުވާނެ

  ތި އުޅެނީކީ ކޮންމެހެން މުސްލިމަކާ ދިމާޔަށް ކާފަރެކޭ ގޮވާތީކީނޫންކަން ވަރަށް ސާފު. އެހެންނަމަ، އިސްލާމް ދީނަށް ކަޑަ އެޅިގެން ފުރަ އްސާރަކޮށް އިސްލާމުންގެ ޢަޤީދާ އަށް ގޮންޖަހާ "ރިޕޯޓު"ނެރުނު މީހުންނާ އި އެ ރިޕޯޓު ނެރުނު މީހުންނާ އި ރިޕޯޓު ޕްރޮމޯޓުކޮށް ވާހަކަދަ އްކާ މީހުން ދިފާ އުކުރަމުންނެ އް ނުދުވާނެ.

  14
 14. ދަރަނި ދަންތުރަ

  ހަކުރު ބޯ އަހައްމަދާ ދިމާޔަށް ހަކުރު ބޯ ގޮވޭނެބާ ؟

  14
  2
 15. ނަޒީރު

  އާންމު ތަންތާގައި އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމް ކަންކަން އަދި ދީނުންބޭރުވާފަދަ ކަންކަން ޕުރޮމޯޓުކޮއް ހިތްވަރު ލިބޭގޮތައް ވާހަކަ ދެއްކުން މަނާކުރާ އަދި އަދަބު ކަނޑައަޅާ ގާނޫނު ރާއްޖެއަށް މުވަގުތު މާ މުހިންމެވެ. މިވަގުތު މީޑިޔާގަޔާއި އާންމު ތަންތާގައި އިސްލާމްދީނާއި ކަނޑައެޅިގެން ޚިލާފު ގިނަކަންކަމައް ތާއީދުކޮއް ހިތްވަރުލިބޭގޮތައް ވާހަކަދެކެވެމުންދާތީ ރައްޔިތުން އެކަމާއި ނުރުހޭކަން މި ސަރުކާރައް އެބައިނގެންޖެހޭ. އަދި މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ އިސް ފަރާތްތައް މިކަމުގައި އިސްތިސްނާނުވެ އަދަބު ކަނޑައެޅެންޖެހޭ. ނަޝީދު ކުރާފަދަ ކަންކަން މިސާލަކައް ގާންދީގެ ނަގުބަރާކައިރީ ހުރެ ޣައިރު މުސްލިމެއްގެ ގޮތުގައި މަރުވެފައިވާ މުސްލިމަކައް ދުއާ ކުރުންފަދަ އިސްލާމްދީނުގައި ކަނޑައެޅިގެން ޚިލާފުކަންކަން ކުރާ ޕަބްލިކު އޮފިޝަލުންނައް އަދަބު ކަނޑައަޅާ ގާނޫނެއް ނުހަނު މުހިންމެވެ. އެއީ ރާއްޖޭގެ މުޖުތަމައުގައި އިސްލާމްދީނާޚިލާފު އަމަލުތަކާއި ނާމޫނާއުފައްދާ މީހުންގެ އަމަލުތައް ކޮންޓުރޯލޮއް ދިވެހި އިސްލާމީ މުޖުތަމައުގެ ފޭރާން ރައްކާތެރިކުރުމަށެވެ. މިފަދަ ގާނޫނެއް ފާސްކުރާނެ ހަރުދަނާ އިސްލާމީ ވެރިޔައް މިގައުމައް ބޭނުންވަނީ.

 16. ބޯނުބައިކުރަން

  ތިދޮންބިލަތަކީ ކިޔަވަން ސްކޫލަކަށް ދިޔަ މީހެއްނޫން. ބޮޑުސިންގާ އަގެއް އޮވޭ. ދޮގުހަދަން މިވަރުގެ ލަދުހަޔާތްކެޑިފަ ހުރި އިންސާނަކު މީނާނޫނީ މައަދި ނުދެކެން. ދީނަށް ފުރައްސާރަކުރާ ކަމަށްވާނަމަ ލާދީނީ މީހެކޭ ލާދީނީ ބައިގަޑެކޭ ދިވެހިން ކިޔާނެ، ގާނުގެ މައްޗަށް ގާނޫނު ހެދިޔަސް ދިވެހިންގެ ދޫބަންދެއް ނުކުރެވޭނެއެވެ. ޔަގީނުންވެސް މާގިނަ ބަޔަކު ޖަލަށްލައިގެން ގެންގުޅެވާހާ ބުއްދިއެއް އެހިކުމަތެއް ކަލޭމެންގެ ވެރިޔާގެ ކިބަޔަކު ނެތެވެ. ވެރިމީހާއި އޭނާގެ ކެބިނެޓްގެ ވަޒީރުންނަކީ ކަންކުރަން ދަންނަ ބަޔަކަށްނުވާތީ ރައީސްމީހާގެ އެޑްވައިޒަރުން ކޮންމެ ވަޒީރަކަށް އެޑްވައިޒަރެއް ލައްވައިގެން ތިޔަކަން އެބަކުރެވޭތޯއެވެ.

  14
 17. މއާޒު

  ހަލާލު ދިޔާ ޖޫސް ހުއްދަ ކުދިން ، ހަލާލު ކަރުދާސް ، ހަލާލު ރޯޔަލް ސަފާރީ

  16
 18. ހަސަދު

  ހަލީމު މުސްލިމަކީ ކޮބާބާ. ދުވަހަކު މިސްކިތައް ނާރާ ފާޑު ފާޑުގެ ބުއިންތައް ހިއްޕަވާ މީހަކަށް މުސްލިމެކޭކީދާނެ ބާ!!!.

  13
 19. ކޮބާކަލޭ

  ދޮންބިލަތާ ބަލަ މުސްލިމެއްގެ ޓެގު އަޅުވައިގެންހުރެ މަސްތުވެގަތީމާ އެއީއަދިމާބޮޑު ފުރައްސާރައެއްދޯ!!

  13
 20. މުހައްމަދު ޝާހް، ރ.ވާދޫ

  މުސްލިމުން ތިބެނީ މުސްލިމުންގެ ގޮތުގަ، އެމީހުންގެ އަމަލާ، ދައްކާވާހަކައިން އެއީ މުސްލިމުންކަން އެނގޭ. އަމަލާ ބަހުން އިސްލާމްދީނަށް ހަޖޫޖަހާ، އިސްލާމްދީނާ ދެކޮޅަށް ލާދީނީމީހަކު ވާހަކަދައްކާ އެކަމަށް ފުރައްސާރަކުރާއިރު އެކަންހުއްޓުވުމުގެ ބާރުއޮންނަމީހާ، އެކަމާ މަތިކޮށްފަހުންނަމީހާ، އެކަމާއިދިކޮޅަށް ބަހެއްނުބުނެހުރެ، އެހެންހުރިހާސިޔާސީ ކަމަކަށް ޓްވީޓުކޮށް ހަދާއިރު، އަދި ލާދީނީ ކަންކަމަށް އެމީހާ ތާއީދުކުރާކަން ދޭހަވާގޮތަށް އަމަލުތައް ހުންނަނަމަ، ނުވަތަ ކަނޑައެޅިގެން އެކަމަށް ތާއީދުކުރާމީހާއަށް ލާދީނީ އޭ ނުގޮވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. އެމީހަކީ ކަލޭތިބުނިކަހަލަ މުސްލިމެއްނޫން. މާނަ އޮޅުވާލާފަ ލާދީނީއަށް ހިތްވަރުދޭންނޫޅޭ. މަމިފާހަގަކުރި ކަންކަން ކަލެޔަށް ފާހަގަކުރާކަށް ހިތްވަރެއް ނުހުންނާނެ. އެއީ ކަލޭގެ ހިތުގެ ނިޔަތާ ދުލާ ފުށޫއަރާތީ. މީވަރަށް ވާހަކަ

 21. ޖާހިލުކަން

  ދޮންބިލެތާ، ދީނުގައި އޮތް ގޮތަށް ނޫޅެވޭއިރު ދީނޭ ކިޔައިގެން އަނގަ ނުހުޅުވާ ހުރެބަލަ!

  11
 22. އާދަމުގެދަރި

  ފަތްބުއިމާއި 24 ގަޑިއިރު ހަމައިން ނެއްޓިފައި ހުރުމަކީ ކޮންކަމަކަށް ކުރާ ފުރައްސާއައެއްތޯ؟

 23. ލޫޓުވާ

  ހަލީމް ވިދާޅުވީ "ލާދީނީ" ގޮވެން ޖެހޭނީ އިސްލާމް ދީނަށް ކަނޑައެޅިގެން ފުރައްސާރަ ކުރުމުން ކަމަށެވެ. ތިބުނާ މީހާއަށް ލާދީނީ ގޮވަނީ އިސްލާމްދީނަށް ކަނޑައެޅިގެން ފުރައްސާރަކުރާތީ.

 24. އަނގަގަދަ މިތުރު

  ކީރިތިރަސޫލާއަށް ފުރައްސާރަކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޙުކުމްތަކަށް ގޮންޖަހާ ދީނަށްފުރައްސާރަކޮށް ރިޕޯޓުނެރުމަކީ އެއީ އިސްލާމް ދީން ޙިމާޔަތްކުރުންތޯ؟

 25. އަންދު

  ފުރަތަމަ އިސްލާމީޝަރީޢާ އެއްގޮތަށް ބިލެއްހުށަހެޅިމީހާ ފުރިހަމައިސްލާމުން ތިބޭގޮތަށް އައުރަނިވާކޮށްގެން ތިބުންތާހިރުވާނެ ވަރަށްވާހަކަ އެބަހުރި ތިޔަގަމާރުން އެއަކަށް ޢަމަލެއް ނުކުރާނެ އެހެންވީމަ ކުރުކުރީ!؟!؟!؟!؟!؟!؟!؟!؟!؟!؟