މާލޭގެ މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެން އެ ފިހާރައަށް ވަދެ ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފޯނާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި އެރޭގެ ވަގުތެއްގައި 31 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ މައްސަައިގައި ހައްޔަރު ކުރީ ށ. ބިލެތްފަހި / ކްރެސްޓް، ޢަލީ ފައުޒާންއާއި، ތ. ތިމަރަފުށި / މާފޮޅޭގެ، ޢަބްދުﷲ ސިމާޙުއެވެ.

އެ އޮޕަރޭޝަނުގައި އެ ދެމީހުންގެ އަތުން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޗާޖަރާއި، ހެޑްސެޓުގެ އިތުރުން މޯބައިލް ފޯނާ ގުޅޭ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތީގެ އަގު 280000 ދިވެހި ރުފިޔާއަށްވުރެ ގިނައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތަބުރޫކު

    އިންތިޚާބެއްގަ ވޯޓުން ވައްކަން ކުރިއަސް އަދި އެހެންތަނަކުން ވައްކަމެއްކުރިއަސް ތިމަރަފުށީ މީހަކު އަބަ ބައިވެރިވޭ އެހެންނަމަވެސް މިއީ ތިމަރަފުށީ ރަގަނޅުގޮތުގައި ތިބޭ މީހުނަށް ވެވޭ ކުޑައިމިސް ބަހެއްގެ ގޮތުގައި ނުދެކޭތި އަޅުގަނޑަށްވެސް އެނގޭ ތިމަރަފުށީގައި ވަރަށްރަނގަޅު ތެދުވެރި ވަފާތެރި ހެޔޮލަފާ ބޭފުޅުނާއި، ކަނބަލުން އަދި ކުދިންވެސް އެބަތިބިކަން ތިބޭނެކަންވެސް
    އެކަމަކު ޙަޤީޤަތްވާނީ ހަމަ ޙަޤީޤަތަށްދޯ؟