ފުވަންމުލަކު ކައުންސިލުގެ ފަސް މުުވައްޒަފެއްގެ އިތުރު ގަޑީގެ ގޮތުގައި މުސާރައަށް ޖުމްލަ 400،000 ރުފިޔާ އިތުރުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ ކައުންސިލްގެ 36 މުވައްޒަފެއްގެ އިތުރު ގަޑީގެ ފައިސާ އަށް 1،250،966 ރުފިޔާ ޚަރަދުކޮށްފައިވާއިރު އޭގެ ތެރެއިން 445925ރ. އަކީ އެންމެ ފަސް މުވައްޒަފެއްގެ އިތުރު ގަޑީގެ ފައިސާ އެވެ. އެހެން ކަމުން ޖުމްލަ އިތުރު ގަޑީގެ 35 އިންސައްތަ ލިބިފައި ވަނީ އެ ފަސް މުވައްޒަފުންނަށެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިގޮތައް ކަންތައް ދިމާވެފައި ވަނީ މުވައްޒަފުންގެ އިތުރު ގަޑީގެ ކަންތައް ރަނގަޅަށް ބަލައި މޮނިޓާ ކޮށް ލޮގް ކުރާ ގަޑިތައް ސުޕަވައިޒަރުން ގަވާއިދުން ނުބަލާތީއެވެ.

އެ ރިޕޯޓުގައިވާ ގޮތުން އޭގެ ތެރެއިން އެއް މުވައްޒަފަކަށް އިތުރު ގަޑީގެ ފައިސާ އަށް ލިބުނު އަދަދު އެ މުވައްޒަފުގެ މުޅި އަހަރުގެ މުސާރަ އަށް ވުރެ ވެސް ބޮޑެވެ. އަހަރުގެ ޖުމްލަ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 67،000ރ. އެ މުވައްޒަފަށް ލިބުނު އިރު އިތުރު ގަޑީގެ ގޮތުގައި އެ އަހަރު 87،000ރ. އެ މުވައްޒަފަށް ދީފައިވެ އެވެ. މީގެ އިތުރުން އަހަރަކު ގާތްގަނޑަކަށް 125،000ރ. ގެ މުސާރަ ލިބޭ މުވައްޒަފަކަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި އެ އަހަރު 118،000ރ. ދީފައިވާކަން ފާހަގަ ކުރެވެއެވެ.

އިތުރު ގަޑީގެ މަސައްކަތްތައް ކުރަން ޖެހެނީ އެ ތަނެއްގެ ވެރިއެއްގެ ހުއްދަ ލިބިގެން ކަމަށް ސިވިލް ސާވިސް ގަވާއިދުގައި އޮތް ނަމވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރީ ވެރިއަކު ހުއްދަ ދީގެން ކަން ލިޔުމުން އެނގެން ނެތް ކަމަށެވެ.

މީގެ އިތުރުން ވެސް އެ ކައުންސިލްގެ މުނިސިޕަލް މުވައްޒަފުންނަށް ވެސް އިތުރު ގަޑީގެ ގޮތުގައި ގަވާއިދާ ޚިލާފަށް 48،000 އަށް ވުރެ ގިނަ ރުފިޔާ ދިން ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޕޮފުބާ

  އިންނަމާދޫގަވެސް ތިކަން ކުރަނީ ހަމައެގޮތަށް އެއްވެސް ކައުންސިލަކު ކައުންސިލް އިދާރާއަކަށް ނާދޭ އެކަމަކު ބަރާބަރަށް ނިކުންނަކަމަށް ބުނަނީ އިތުރުގަޑިވެސް ބަރާބަރަށް ލިބިފަހުރެ

  • ބުރި

   ކައުން ސިލްރުންްނަށް ނުލިބޭނެ އިތުރު ހަދިއެއް

 2. ބުއްޅަބޭ

  އެކަމަކު ނަންވަނީ ޔާމީނު!

 3. ހާނު

  ސުބުޙާނަﷲ!!!! އަޅުގަނޑު މަސައްކަތްކުރަނީ ސުކޫލެއްގެ އިސްމަޤާމެއްގަ! ހެނދުނު 6:30 ންފެށިގެން 12:30 އަށް ރަސްމީ މަސައްކަތްކޮށްފަ ހަމައެކަނި ކުޑަ ބްރޭކެއްގެފަހުން މަދު ދުވަހެއްގައިނޫނީ ރޭގަނޑު 12 ޖަހަންދެން އެކި މަސައްކަތްތަކުގައި އުޅެންޖެހެނީ ސުކޫލުގައެވެ. އިތުރުގަޑީގެ ފައިސާއަށް ދެނީ ހުރިހާމުވައްޒަފުންގެ މަހުމުސާރާގެ ޖުމްލައިގެ 10 ޕަސެންޓަށްވާވަރު ބަލާ އެ ޢަދަދު ނިސްބަތުން ބަހައިގެންނެވެ. އޭރަށް މަހަކަށް ޖެހެނީ ގިނަވެގެން 700 ރުފިޔާއެވެ. ގިނަފަހަރަށް މިއަށްވުރެ ދަށެވެ. އަހަރަކަށް ބަލާއިރު އިތުރުގަޑީގެ ގޮތުގައި ލިބިފައި އޮންނަނީ 7000 ރުފިޔާއާއ 9000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

 4. ފަޅޯ

  ތިޔޭ އެބުނާލާމަރުކަޒީއަކީ.

 5. މަރިި

  ޣަމުރީިޖަނަލް ހޮސްޕިޓަލްގަވެސް އިތުރުގަދި ބޭނުން ގޮތަކަށް ނަގާ މުވައްޒަގމުވައްޒަފުން އުޅޭ އެކަމު އެއީ މައްސަލައެއްނޫން

 6. އަސްލުހާލަތު

  ސަސްޕެންޑުކުރާލެއް މަދީ އަދިވެސް.. ހުރިހާ އެތިވަރު ސަސްޕެންޑްކޮށްފަ ގެއަށް ފޮނުވާލަންވީ

 7. ޝަރފު

  މި ވޭތުވި 10 އަހަރަކީ ފުވައްމުލަކު ކައުންސިލުގެ ޖުމްލަ އުފެއްދުންތެރިކަން ދަށް 10 އަހަރެވެ. މިކަމަށް ފުވައްމުލަކު ރައްޔިތުން ހެކިވާނެއެވެ.
  މިފަދަ ކަންކަން ހައްލުކޮށް މުޅި ރާއްޖެއަށް ޢާންމު ވެފައިވާ ކަރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރައްވާ މަސައްކަތް އިދިކޮޅު ފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން. ފިތުނަވެރި ދޮގު ވާހަކަތައް ފަތުރަމުން.

 8. އެޑަމް

  ކައުންސިލެއްގެ ދެތިން މުވައްޒަފު ލާރިކޮޅެއް ނެގީމަ ލައްކަ މޭކަރައިފި.. ބޮޑުންހެޔޮ ދޯ މުޅި ގައުމުގެ ރައުސލްމާލުކައި ހުސްކޮށްލިޔަސް

 9. ޙިތަދޫ ތަކުރު

  ޙުސް ދޮގު އެއީ ކީއްވެތަ އެގިއެގި ތިބެ ކުރާ ވައްކަން ތައް ނުބަލަނީ ކޮބާ ބޭންކު އެކައުންޓް ތައް.ތިތާ ތިތިބީ ޔާމީނު އިސްކުރި ޔާމީނުގެ އައުވާނުން