600 އަށްވުރެ ގިނަ ކޮވިޑް-19ގެ ވޭދަނަތައް ފެނުނު ކ. އަތޮޅު މާފުށި އާއްމު ހާލަތަށް ގެނެސްފިއެވެ.

އެރަށުން ކޮވިޑް ފެނިގެން އެރަށް ބަންދު ކުރީ އޭޕްރިލް 20 ވަނަ ދުވަހުއެވެ. އެ ރަށް ބަންދުން ފިލީ މިއަދު ހެނދުނު އެވެ.

ފަތުރުވެރިކަމުގެ މަގްބޫލު ރަށެއްކަމަށްވާ މާފުށިން މިހާަތަނަށް 621 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ ހަ މީހަކަަށެވެ.

އެ ރަށުން އިއްޔެވެސް މީހަކު ކޮވިޑަށް ފައްސިވިއެވެ. ނަމަވެސް އެ މީހާއަކީ ކަރަންޓީންގައި ހުއްޓާ ކޮވިޑަށް ފައްސިވި މީހެކެެވެ.

އެރަށުން ފައްސިވި މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.

އެރަށް ބަންދު ކުރީ އޭޕްރިލް 18 ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ފައްސިވުމުންނެވެ. އެ މީހާ ފައްސިވަމުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެރަށުން ކޮވިޑްގެ ވޭދަނަތައް ދިޔައީ ފެންނަމުންނެވެ.