އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކޮވިޑް-19ގެ އާ ވޭރިއެންޓް ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ހިއްސާ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިވަގުތު ކޮވިޑްގެ ފަސް ވޭރިއެންޓަށް ވުރެ ގިނަ ވޭރިއެންޓް ދަނީ ފެތުރެމުންނެވެ.

އޭގެ ތެރޭގައި އެންމެ ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަނީ އިނގިރޭސިވިލާތުގެ އަލްފާ ވޭރިއެންޓާއި އިންޑިއާގެ ޑެލްޓާ ވޭރިއެންޓެވެ.

މި ވޭރިއެންޓްތައް ރާއްޖޭގައި ފެތުރެމުން އަންނަކަން ހާމަ ކުރި ނަމަވެސް، ދެން ރާއްޖޭގައި ފެތުރެމުން އަންނަނީ ކޮން ވައްތަރެއްގެ ވޭރިއެންޓެއް ކަމެއް ނަޒްލާ ހާމަ ކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް އިތުރު އާ ވޭރިއެންޓްތައް ރާއްޖޭގައި ފެތުރެމުގެ ފުރުސަތު އޮންނާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ދުނިޔޭގެ އެހެން ތަންތަނެކޭ އެއްފަދައިން ރާއްޖޭގައި ވެސް އަލަށް ތައާރަފްވާ ވޭރިއެންޓްތައް ފެތުރުމުގެ ފުރުސަތު އޮންނާނެ" ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި އަލަށް ތައާރަފްވާ ކޮވިޑްގެ ވޭރިއެންތައް ފެތުރުމުގެ ފުރުސަތު އޮންނާނެތީ ނަޒްލާ ވިދާޅުވީ، ކުރިއަށް އޮތްތާވެސް ދުނިޔޭގެ ސިއްހަތު ޖަމިއްުޔާ (ޑަބްލިވްއެޗްއޯ) ގުޅިގެން ސީކުއެންސިންގް އަށް ސުންކުތައް ރާއްޖެއިން ފޮނުމުގެ މަސައްކަތް ކުރަމުން އަންނާނެ ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ ވޭރިއެންޓާއި އިނގިރޭސިވިލާތުގެ ވޭރިއެންޓްގެ އިތުރުން އެހެން ވޭރިއެންޓްތައް އުޅޭ ކަން އެނގިފައިވަނީ އެންމެ ފަހުން ސީކުއެންސިންގ އަށް ފޮނުވާފައިވާ 30 ސުންކުގެ ނަތީޖާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސސ

  ފޭކްވާހަކަ 1980 ގެ އަހަރުތަކު ގައި ފުރަތަމަ އޭޑުސް ބަލިފެނިގެން ވެސް މިކަހަލަ ދެކޮޅު ނުޖެހޭ ވާހަކަ ޑޮކްޓަރުން ދެއްކި ގިނަމީހުން މަރުވީވެސް އެޅި ހަރުކަށި ފިޔަވަޅުގެ ސަބަބުން މީހުން ނަފުސާނީގޮތުން ބިރުންގޮސް!

  6
  2
 2. ސައްލި

  ޑރ ވާހަކަ ދައްކަނީ އެމީހުނަށް މަސައްކަތް އަބަދުވެސް އޮންނަ ގޮތަށް ފައިދާ ވާގިތަށް އެހެން މީހުނަށްވާ ގެއްލުމަކަށް ބެލުމެއްނެތި !

  6
  1
 3. މެން

  އިންޑިއާ އަދި އިގިރާެސިވިލާތުގެ ވަބާ މިގައުމުގާ ފެތުރޭތާ އެތައް އަހަރުތަކެއްވެއްޖެ

  8
  1
 4. އަޙްމަދް

  މީ މިހާރު ޑިމޮކްރެސި ވަދެފައިވާ ގައުމެއް އެހެންވީމާ ޑިމޮކްރެސި ވަދެފައިވާ ކޮއްމެ ގައުމަކަށް ވައްނަ ކޮއްމެ ވޭރިއަންޓެއް މިގަުމަށްވެސް ވައްނާނެ ނޫންތޯއެވެ......

 5. ސައްލި

  އިގިރޭސިން އެއީ ބޮޑު ވޭރިއެންޓު، އިންޑިޔާ ކުޑަ ވޭރިއެންޓް މިދެވޭރިއެންޓް ރާއްޖޭގައި އެބައުޅޭ ބަޑަހަ ޖަހައިގެން !