"ގެދޮރުވެރިޔާ ލޯނު ސްކީމް" އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ސަރުކާރުން ހުޅުވާލައިިފިއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާއި މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މި ސްކީމްގެ ދަށުން ހަތް ލައްކަ ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރަން ނިންމާފައިވަނީ ހަ ޕަސެންޓް އިންޓްރެސްޓާއި އެކީ ދިގު މުއްދަތަކަށް ދެއްކޭނެ ގޮތަކަށް ކަމަށެވެ.

މަބްރޫކު ވިދާޅުވީ، 15 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތެއްގައި ލޯނަށް ދައްކާއިރު، 5000 ރުފިޔާއާއި 6000 ރުފިޔާގެ ދޭތެރޭ އަދަދެއް ދެއްކޭނެ ކަމަށެވެ.

15 އަހަރަށް ބަހާލައިގެން ދައްކާނަމަ މަހަކަށް ދައްކަން ޖެހެނީ 5،907 ރުފިޔާ އެވެ. 16 އަހަރުން ނަމަ 5،680 ރުފިޔާ އެވެ. 17 އަހަރުން ނަމަ 5،482 ރުފިޔާ ދައްކަން ޖެހެ އެވެ. 18 އަހަރުން ދައްކާނަމަ މަހަކަށް ޖެހެނީ 5،307 ރުފިޔާ އެވެ. އަދި 19 އަހަރުން ދައްކާނަމަ 5،153 ރުފިޔާ އަދި 20 އަހަރުން ދައްކާނަމަ 5،015 ރުފިޔާ އެވެ.

މި ލޯން ސްކީމްކަކީ ރާއްޖޭގައި ތަރައްގީގެ މަޝްރޫއު ކުރިއަށްދާއިރު، މާލެއަށް އެކަނި ބަރޯސާ ވުމުގެ ބަދަލުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ރާއްޖޭގެ އަތޮޅު ތެރެއާއި އެކީގައި ކުރިއަށްދާ ކަމެއްގެ ގޮތުގައި ބޭއްވުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި ނުވަތަ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހެނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނޫންނަމަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތެވެ. މި ލޯނު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް އިމާރާތް ކުރުމަށް ނުވަތަ ގެ މަރާމާތު ކުރުމަށް ނޫނީ ހަދަން ފަށާފައިވާ އިމާރާތެއް ނިންމުމަށެވެ.

މަބުރޫކް ވިދާޅުވީ، އެޗްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނަށް މިހާރު ހުށަހެޅޭނެ ކަމަށާއި ލޯނާއި ގުޅޭ މައުލޫމާތު ހޯދުމަށް ތިން ފޯނު ނަންބަރެއް ހާއްސަކޮށްފައިވާ ކަމަށެވެ. އެއީ 3000132، 3000131 އަދި 3000117 ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސސ

  ދަރަނި ނެގުން މައްސަލައެއް ނޫން، ދަރަނި އަދާކުރަން ވާނެ !

  4
  1
 2. ލޫޓުވާ

  ލާދީނީ ބިލްގެ ފޯކަސް އަނބުރާލަން ޖެއްސި ގޭމެއް. ކޮންއިރަކުން ދިން ގޯޗެއްތޯ. ތިފައިސާވެސް ޕާޓީގެ ކުދިންކޮޅަކަށްދީ. ވައްކަންކުރަން މޮޅުބައެއް

  7
  1
 3. ގޮއްޔެ

  ދައްކާވާހަކަ ރީތި އެހެން ބެންކަކުން ލޯނު ނަގާފައޮތް މީހަކަށް މިލޯނެއްނުލިބޭކަމަށް އެޗްޑީއެފްސީ އިންބުނަނީ...

 4. ހިޔަޅު

  3 އަހަރުގެ ވެރިކަމިގަވެސް ތިޔަ ލޯނުދިން، އިއުލާނު ކުރީ 6% އަށް، އެޗް ޑީ އެފް ސީ އިން އެލޯނު އަޅުގަނޑަށް ދިނީ %13 ގަ.

 5. Anonymous

  ތިއުޅެނީ ފުޅެޓު އަތުލިގޮތައް ލޯނުގެބަހަނާ ދައްކައޮގެން
  މީހުންގެ ގެދޮރު ނިގުޅަޢިގަންނަން

 6. ޞާރި

  5،680 ރުފިޔާ ދައްކަނީ 500000 ރުފިޔާ ލޯނު .... ނިމޭއިރު 900000 ރުފިޔާ އަރާ

 7. ހުސޭނުބޭ

  ލޯނު އިންޓަރެސްޓް %6......... ސޫދުގެ ގޮތުގައި %60
  މުޅިންވެސް އޮޅުވާލުން
  15 ނުވަތަ 20 އަހަރުން ލޯނު ދައްކާ ނިމޭއިރު 55 ނުވަތަ %60 ދައްކާގޮތަށް އޮތީ
  ލޮލް

 8. ދަތަނިވެރިވުން

  700000 ރުފިޔާއިން 3000 އަކަފޫޓް ބިމެއްގަގެއަޅާނެގޮތެށް މިނިސްޓަރ ކިޔާދެވަބަލަ؟ މީގެ2 އަހަރުކުރިން 450 އަކަފޫޓް ބިމެއްގާ ސިންގަލް އިމާރާތެއް ހަދާ ނުނިމި އުޅެނިކޮއް 180000 ހަރަދުވެފަހުރީ ދެންއަދިކިހިނެއް 3000 އަކަފޫޓްތަނެއްހަދާނީ؟؟؟؟
  ނަންވާނީ ހިސާބުހެދުމައް އަދުރޭ