އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ގެނައުމުގެ ބިލު ރައްޔިތިންގެ މަޖިލީހަށް ހުށަހެޅި އެއްވެސް ސިފައެއްގައި މަޝްވަރާ ކުރުމެއް ނެތި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ސަރުކާރުން ހުށަހެޅުއްވި އެ ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދެއްގައި ހުށަހެޅި ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު އެއާއި ދެކޮޅަށް ވާހަކަދައްމުންދާއިރު، މި ބިލް މިހާރު ވަނީ ތަޅުމަށް ބަލައިގަނެ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ބަލައިގަންނަން ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވިއެވެ.

އަދާލަތު ޕާޓީން މީގެ ކުރިންވެސް ވަނީ އެ ބިލަށް ތާއިދު ނުކުރުމަށް ނިންމާފައެވެ.

އަދާލަތު ޕާޓީން މިއަދު ބުނީ، ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރުކުރަން ހުށަހަޅާފައިވާ ބިލަކީ އަދާލަތު ޕާޓީއާ މަޝްވަރާކުރެވިގެން ހުށަހަޅާފައިވާ ބިލެއްކަމަށް މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

"އިސްވެ ދެންނެވި ބިލު މަޖިލީހަށް ހުށަހެޅުމުގައި ޢަދާލަތު ޕާޓީއާ އެއްވެސް ސިފައެއްގައި މަޝްވަރާކުރެވިފައި ނުވެއެވެ". އަދާލަތު ޕާޓީން ކުރި ޓްވީޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ސސ

  އެމްޑީޕީގެ ދީނީ ކޮމޮޓީ އާއ އިވެސް މަޝްވަރާނުކޮށް ހުށަހެޅި ބިލެ އެ އް، އެމްޑީޕީގެ ރޫހާނީ ލީޑަރު ޕާޓީ ހިންގަނީވެސް އެމްޑީޕީގެ ހިންގުމުގެ ޤަވާ އިދުގަ އި ބުނާ އެޕާޓީގެ ދީނީ ކޮމޮޓީވެދް އެކުލަވާ ނުލަ އި !

  21
  1
 2. ބޭރުމީހާ

  އިމްރާބަކީ އެމްޑީޕީގެ ޕަޕެޓެކެވެ. އޭނަޔާ ކޮން މަޝްވަރާއެއްތޯއެވެ.

  27
  2
  • ޠާރާ

   މަޝްވަ ރާ ކު ރިނަމަ ބުނާނީ ބިލް ރަގަޅު ކަމަށް ތޯއްޗެ

 3. އހ

  އިމްރާނަކީ ކާކުކަމެއް އެމްޑީޕީ އަކަށް ނޭގޭ..

  22
  3
 4. އާދަމުގެދަރި

  އެހެންވިއްޔާ ސަރުކާރު ކޯލިޝަނުން ނުކުނަންވީނު. މަޝްވަރާ ނުކުރާ ކޯލިޝަނެއްގައި ތިބުމުގެ ބޭނުމަކީ ކޮބާ.

  40
 5. ހަނި

  އިހުލާސް ތެ ރިޔާ ކޮލިސަނުން ވަކިވޭ އަވަސްކު ރޭ

  31
 6. ޝިރޯ

  ހެޔޮ ނުވާނެ އިމްރާން ކަލޭ އަގަ ނުހުޅުވާ ﷲ ގަންދީފައި އަންނިޔާއި ބައިވެރި ކޮންމެ މީހަކީ އިސްލާމް ނެތިކުރަން އުޅޭ މީހެކޭ ބުނެ ދޮގުމަރުތައް މީހުންގެ ބޮލުގައި އަޅުވައިގެން ދުނިޔެ މަތީގައި އޮތިއްޔާ އޮތް ދޮގެއް ހެއްދެވީ އިމްރާނު ނޫންތޯ. ބަލަ ﷲ ގަންދީފައި އެއްޗެއް ބުނާއިރު އިމްރާނުގެ ހިތް އޮތީ ކޮންތާކުތޯ. އެކަނި ހުރެގެން ވިސްނާލާކަށް ނުވޭތަ؟ އިމްރާން ހައްޤު މަގަށް ރުޖޫއަވޭ އަދި ވަގުތު ފާއިތުނުވޭ. މައިން ބަފައިންނަށް ޓަކައިވެސް ރަގަޅު މަގު އިޚްތިޔާރުކުރުން އެދެން.

  32
 7. އަލިކަލޯ / ކައިދާ ގެ

  ލާދީނީ" ބިލް ހުށަހެޅީ މަޝްވަރާ ނުކޮށް - އަދާލަތު
  ކޮންކަމަކާތަ މައޟްވަރާ ކުރަންޖެހެނީ؟
  ތީ ކުޅޭޟަން ސަރުކާރުގެބައިވެރިއެތް ތީގެން 4
  5 މީހަކައްމުސާރަލިބޭ ދެން
  އެމީހުންބޭނުންނެތިގެން ބޭރުކުރަންދެން
  ތިބީމަނިމުނީނު. އަހަރުމެން ވ ބުރަމަސައްކަތުން
  ވުޖޫދަށްގެނައި ޕާޓީއެއްތީ އަހަރުމެންގެ އުއްމީދު
  މުޅިން ފައްސި ވެފަމިއޮތީ.
  ތިމީހުން ވިސްނާފިކުކޮއްބަލަ
  މިލޮބުވެތިވަތަން ﷲ ސުބުހާނަހޫ ވަތައާލާއަށް
  ޟަރީކުކުރާ ބައެއްގެ އަޅުވެތިކަމުގެ ދަޟައްގެންގޮސް އެމީހުން ހިތުހުރިގޮތަކަށް ކަންތައްކުރަމުންދާއިރުވެސް ތިތިބެނީނުން
  ކަހާތަން ހިރުވާވެސްނުލާ.
  މަޟްވަރާއޭ މަޟްވަރާއޭ ކިޔާލަ ކިޔާލާ
  މުސާރަކޮޅު ޖަމާވޭތޯ ބަލަބަލާ.
  އަހަރުމެނަތް ހެޔޮ ތި ޕާޓީ......
  🇮🇱 🐊🐃🐃🐃😡😡😡؟

  25
  1
  • ޢަހުމަދުވަގާރު

   ކޮންހަ ގަޅި ހަސަރުތަކެއް މީ

   1
   1
 8. ބޮޑު ސުވާލެއް

  ލާދީނީ ކަމަށް ގޮވަގޮވާތިބެ ލާދީނީ ބަޔަކު ހޮވީ މަޝްވަރާކޮށްގެންތޯ؟

 9. ކަމަނަ

  ސަރުކާރުގެ ފަރާތުން ހުށައަޅާ މިފަދަބިލްތަކުގެސަބަބުން ދީނާއިޤައުމުގެ ކަރާމަތް ގެއްލުނަސް އިޙްސާނުނުވިސްނާތީ އޭނާގެ މަޤުސަދުސާފު

 10. ނާދިރާ

  ތިޔައީ މޑޕ ދިނީމަ ކައިގެން ، ދިނީމަ ބޮއެގެން، މޑޕ ގެ ކުނި ހޮވައިގެން އެކައިގެން އުޅޭ ޕަޕެޓް ޕާޓީއެއް. ސޯޓުބޭލުނީމަ ސޯޓު އަރުވަންވެސް ނޭނގޭ. ދެން ކޮން މަޝްވަރާއެއް ކުރަންވީ

 11. ނާނު

  އިމްރާންމެން އެންމެރަނގަޅީ އަނގައިންނުބުނެ ތިބުން ވަޒީފާގެއްލިދާނެ ތިޔަނޫނީ ވަޒީރުކަމާހެދި މަގުމައްޗަށް ނުކުމެދޮގުހުވާކުރަމުންދުވިޝޭޚަކު އަހަރެން މިހާތަނަށްނުދެކެން އިމްރާނަށް ވސަލާމް
  !؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟