އައްޑޫސިޓީ ހިތަދޫ ފުރަބަންދު (ލޮކްޑައުން) ކޮށްފިއެވެ.

ހިތަދޫ ފުރަބަންދު ކުރަން ނިންމާފައިވަނީ ހިތަދޫގެ ކޮވިޑް ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މީގެ ކުރިން އަޅާފައިވާ ލުއިތަކެއް ދިން ނަމަވެސް، އުއްމީދު ކުރި ގޮތާއި މުޅިން ހިލާފަށް ކަންތައް ގޮސްފައިވާ ކަމަށެވެ.

އެހެން ކަމުން އިތުރު ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ވެފައިވާކަން ފާހަގަ ކުރައްވަމުން މޭޔަރު ވިދާޅުވީ، ބުރާސްފަތި ދުވަހުން ފެށިގެން ކާފިއު ވަގުތު ހަވީރު ހަތަރަކުން ހެނދުނު އަށަކަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މޭޔަރު ވިދާޅުވީ، ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅުމަށް ހާއްސަ ފާހެއް ގެންގުޅެން ޖެހޭނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ، ބޭރުގައި އުޅޭނަމަ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހައުސް ހޯލްޑް ޕާމިޓެއް ހޯދަން ޖެހޭނެ ކަމަށާއި އެގޮތުން އެ ފާސް ދޫކުރަނީ ކޮންމެ ގެއަކުން ވެސް ދެ މީހަކަށް ކަމަށެވެ. މި ޕާމިޓަށް އެދޭއިރު ގޭގެ ކަރަންޓު މީޓަރު ނަމްބަރު ފޯރުކޮށްދޭންޖެހޭނެ ކަމަށް ލޫތު ވިދާޅުވިއެވެ.

މީގެ އިތުރުން ލޫތު ވިދާޅުވީ، ވަޒީފާތަކަށް ދާ މުވައްޒަފުންނަށް ވެސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދަން ޖެހޭނެ ކަަމަށާއި ހުއްދައަށް އެދޭއިރު ސައްހަ މައުލޫމާތު ދިނުން މުހިންމު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮނދާ ހުސޭނާ

    ފުރަ ބަނދު ކޮށްފަ އޮތަސް ބާރާބަރަށް ޕާޓޭންނަށް މަގުމަތީގަ މިނިވަންކަމާއެކު އުޅެވޭ. އަދި އެތި ކޮޅު ހިފައިގެން ޑެލިވަރީގަ އުޅޭ ކުދިންވެސް ވަރަށް ބިޒީކޮށް އުޅޭތަން ފެނޭ. ފުލުހުންނަށްވެސް އެމީހުން ނުފެނޭ

  2. Anonymous

    ތިޮތީ ހިތައިދޫ މީހަކައް ފޮށައެއް ލިބިފަ

    4
    2
    • ށަހާ

      އައްޑޫސިޓީ ވީ މަ ފޮށައެއްގެ ވާހަކަ؟

      1
      1
  3. ވަށޯ

    ފުރަ ބަންދު ކޮއްފަ ރައްޔިތުން ގެޔަށް ވައްދާފަ އިންޑިއާ އެކީ ލައްކަ ޖަރީމާ ތައް އެބަ ހިންގާ. ޢައްޑޫ ފުރަބަންދު ކޮއްގެން އުޅެނީ ސަރުކާރުން އިންޑިާ އާ އެކީ ހާދާ ޑީލް ތައް ފޮރުވާ ބަހައްޓައިގެން ތަންފީޒު ކުރުމަށް