ކޯލިޝަން ސަރުކާރުން ހުށަހަޅާ ބިލްތައް ވާނީ ކޯލިޝަން ޕާޓީތަކުގެ ތާއިދު އޮތް ބިލްތަކަކަށް ކަމަށް ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވެއްޖެއެވެ.

ދޮންބިލެތް މިހެން ވިދާޅުވީ ނަފްރަތު މާނަކުރަން ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތާއިދު ނުކުރާކަމަށް ސަރުކާރު ކޯލިޝަންގެ ބައިވެރިން ކަމަށްވާ އަދާލަތު ޕާޓީންނާއި ޖުމްހޫރީ ޕާޓީން ބުނެފައި ވަނިކޮށެވެ. ނަފްރަތު އުފެއްދުން މާނަ ކުރުމުގެ ބިލް ހުށަހެޅުމުގެ ކުރިން ސަރުކާރުން އަދާލަތު ޕާޓީ އާއި މަޝްވަރާ ނުކުރާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ސަރުކާރު ކޯލިޝަންގެ ބައިވެރިންނަށް ރައްދު ދެއްވަމުން ދޮންބިލެތް ވިދާޅުވީ ކޯލިޝަންގެ ސަރުކާރުން ހުށަހަޅާ ބިލްތައް ވާނީ ކޯލިޝަންގެ ހުރިހާ ބައިވެރިންގެ ތާއީދު އޮންނަ ބިލަކަށް ކަމަށެވެ. ސަރުކާރުން ހުށަހަޅާ ބިލްތަކަށް ތާއިދު ނެތް ނަމަ ކޯލިޝަނުން ވަކިވުމަށް އޭނާ ވަނީ ސަރުކާރު ކޯލިޝަންގެ ބައިވެރިންނަށް ގޮވާލާފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ނަފްރަތު އުފެއްދުން މާނަކުރާ ބިލާއި ގުޅޭ ގޮތުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމުގެ ފުރުސަތު ވެސް ބަންދު ކުރާތީއެވެ.

ޢާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ވެސް ކުށެއް ކަމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްގައި ބުނެފައި ވެއެވެ. މިއީ ލާދީނީ ފަރާތްތަކަށް ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު ފަހިކޮށްދޭން ހުށަހަޅާފައި އޮތް ބިލެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ނަމަވެސް ބިލަށް އިސްލާހެއް ގެނައުމުގެ ވިސްނުން ގެންގުޅޭކަން ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. އިއްޔެ މަޖިލީހުން ވަނީ މިބިލް ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

 1. ފުރަމަތި

  ބަލަ މިހިރި ލަދުކުޑަ ދޮންބިލަތާ ކެނެރީގޭ ނަސީދު ނުހައްގުން ދެރިސޯޓުދިނީމަތަ ތިޔަލާދީނީ ބިލުފާސްކުރަން މެންބަރުން ވާހަކަދެއްކިޔަނުދިނީ އަފީފޫ އާގުލިގެން މިކަލޭގެ ޕީސް ދަރ މުޅި މާލެކުޑަކޮއްހެދި ހަދާނެތީތަ؟؟ނުހައްގުންމިހާރުފައިސާލިބޭތީ؟؟

  32
 2. ގޯ ގޯ

  ކޯލީޝަނު ގެ ވާހަކަ މީނަ ދައްކާ އިރު އެ މްޑީޕީ 2 ފަޅި ވެ ކެނެރީސް ފަޅި އޮތީ ކޮންތާކު؟

  24
 3. Anonymous

  މިއީ ތަންދޮރު ނޭގޭ ޖާހިލުން ތަންތަނައް އިސްކުރީމަ ވާގޮތް. ލާދިނީ މިފަދަ މީހުން ހޮވުމައް ވޯޓްދިން މީހުން ޒިންމާ ވާންޖެހޭނެ.

  39
 4. ޅ.ނޫރާނީއާގޭ

  ތެދެއް ތީމިގައުމްއައްޖެހިފާވާ ވަބައެއް

  16
 5. ކިޔުންތެރިއެއް

  ނަމުގަ ރައްޔިތުންގެ މަޖުލީސް އެކަމަކު ތިތާގަ ރައްޔިތުންގެ ބަހެއްނުވިކޭ. ތީ ސިޔާސީމީހުންނާ މަހުޖަނުންގެ ތަނެއް. ރައްޔިތުންތިބޭ މިކަހަލަ މީހުންނަށް އިއްޒަތްތެރި ކަމަށް ދައުވާކުރަން ފުރުސަތު ދީގެން. ވަގުތީ ގޮތަކަށް ލިބޭ ފައިސާކޮޅެއްގެ ދަހިވެތިކަމުގަ ވޯޓު ވިއްކީމަ ވާގޮތް.

  19
 6. ޔާމިން

  މިގައުމް ސަލާމައްކުރައްވާޝި އާމިން

  20
 7. ކަޅުބިލެތް

  މީކޮންކަހަލަ އެވައްތަރު މީހާ. އެހެންވިއްޖާއްޔާ ރީނދޫ ޕާޓީންވެސް ތިއަބިލާ ދެކޮޅަށް ވޯޓްދިން މެމްބަރުންވެސް ވަކިވާންވީނުން..

  15
 8. ވިލޭ

  މީއަޅެކާކުދޯ ބަހީލްއެއްތީ

  14
 9. ލައިލާ

  ޖެހިފާވާމުސީބާތެއްތީ އަވަހައް މިބައިގަޑުކިބައިންމިގައުމްސަލާމައްކުރައްވާޝި އާމިން

  18
 10. ނަޝީދު

  ހޭބައްޔާ ރައްކާވެބަލާ މިގައުމް ރ.ޔާމިން އާހަވާލްކޮއްފާ

  18
 11. މާރިޔާ

  ޗީޗީ ހުރިމުޑުދާރު މީހާ ހުރުހަލާކެއްގެބޮޑުކަމާ

  16
 12. ސޯލިހް މޯދީނީ

  ސަލާމައްވާނެކަމުގެ ޔާގިންކަން އަބަދުވެސްހިތުގައިއެބަހުރި އިންޝާﷲ

  15
 13. ޖަސްޓިސް ވޮރިއަރ

  ތިޔަ ކޯލިޝަންއަކީ ފާ ފަޅޮލެއްފަދަ އެއްޗެއް. އެހެން އެއްވެސް ގޮތެއް ނެތިއްޔާ ފާ ފަޅޯވެސް އޯކޭވާނެ މިވެރިންނަށް. މިޔައް ކިޔަނީ މުނާފިގުކަން.

  16
 14. ހުސެންދީ

  މީނަ މީ ޑިމޮކްރަސީ ނޭނގޭ މީހެއްތަ؟ އަންނިއަށް އަޅުކަން ކުރަނ ފެށީމާ ވާނީ ތިހެން.

  15
 15. ކޮވިޑް

  މޮޔަ އެއްވިޔަސް ތެދެއް ބުނެފިނަމަ ވާނީ ތެދަކަށް، މި ސަރުކާރުގެ ތެރޭގައި ކޯލިސަން ހަދައިން ތިބިހާދުވަހަކު މިސަރުކާރުން ކުރާ ކޮންމެ ކަމެއްގާ ކޯލިސަން ގެ ބައިވެރިން ޝާމިލްވާނެ،މިކަމުން ރެކި ނުގަނެވޭނެ،

  9
  4
 16. ހަސަނާ

  އަދިކޮބާތޯ ދިޔަވާ އޮޑިފަހަރުގަ ހިންގިފެރީނިޒާމު ފެއިލްވެގެން ބާތިލުކުރި އެގުރިމެންޓު އައްބަދަލުގޮތުގަ ދަމައިގަތް 750 މިލިއަންރުފިޔާ ކޮބާ ނރބޅ ގެ ރައްޔިތުންނައް މީނަގެސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ލަދުހަޔާތްކުދަ ވިއަސް ބޮޑުވަރު މިބައިގަޑު ރާބޮއި މާޖަކުރަންވީމަ ﷲގެދިނައްފުރައްސާރަކުރެވޭގޮތްހަދަން ތެޅިބާލަނީ...

  12
 17. ޒަބީބު

  ދޮންބިލަތް ތިޔަ ދައްކަވާ ވާހަކަ ހަމައެއް ނުޖެހޭ.

  ދޮންބިލެތް ތިބުނަނީ ކޯލިޝަން ސަރުކާރުގެ މައިޕާޓީއަކީ އެމްޑީޕީ ކަމުގައިވެފައި ރައީސް އަކީ އެމްޑީޕީގެ މެމބަރެއް ކަމުގައި ވެފައި ޤާނޫން އަސާސީގެ ފުރަތަމަ ބާބުގެ 5 ވަނަ މާއްދާ "ދިވެހިރާއްޖޭގައި ޤާނޫން ހެދުމުގެ އެންމެހައި ބާރުތަކެއް ލިބިގެން ވަނީ އިންޑިއާގެ ޤާނޫން ހަދާ މަޖިލިހަށެވެ" މި އިބާރާތަށް ބަދަލުކުރަން ސަރުކާރުން ހުށާހަޅައިފިއްޔާ އެމްޑީޕީ އަކީ ކޯލިޝަންގެ މައިޕާޓީ ކަމަށް ވާތީ އެބިލު ވާނީ އެމްޑިޕީގެ ބިލަކަށޭތޯ؟ އަދި އެމްޑިޕީއަށް ނިސްބަތްވާ ހުރިހާ މަޖިލިސް މެމްބަރުން އެފަދަ ބިލެއް ޤަބޫލުކުރަން ޖެހޭނޭތޯ؟ ހޮޅިވާހަކަ ނުދައްކާ!

  ވީމާ ކޯލިޝަން ހަދުމަކީ ސަރުކާރުން ކުރާ ހުރިހާ ކަމަށް އާނބަސް ބުނުމެއްވެސް ނޫން އަދި ހުރިހާކަމެއްގެ ޒިއްމާ ނެގުމެއްވެސް ނޫން. ޕާޓީތަކުން އިއްތިހާދުވީ ގުޅިގެން ހެޔޮވެރިކަމެއް ކުރުމަށް. ވީމާ އެއާއިޚިލާފަށް ސަރުކާރުން ކަންކަން ކުރާ ކަމުގައި ވާނަމަ ފާޑުވެސް ކިޔޭނެ، އަދި ކިޔާނެ. ދެކޮޅުވެސް ހެދޭނެ އަދި ހަދާނެ.

  ނަޝީދުގެ ވެރިކަމުގައި ވެސް ކޯލިޝަން ޕާޓީތަކަށް ތިޔަގޮތަށް ފެންކައްކާ ބޮލީގެ އިއްޒަތް ދޭން އުޅުނު. ވަތަންއެދޭ ގޮތަށް އިއްތިހާދު ވެގެން ތިބި ރައްޔިތުންގެ އުއްމީދު ތަކަށް އެމްޑީޕީ އަރައިގަތުމުގެ ސަބަބުން އާޚިރުގައި ނަޝިދު ޖެހުނީ އިސްތިއުފާ ދީފައި ގެޔަށް ދާން. ހަމަ އެގޮތަށް ޔާމީނުގެ ވެރިކަމުގައިވެސް ކޯލިޝަންގެ ބައިވެރިންނަށް ތިޔަގޮތަށް ފެންކައްކާ ބޮލީގެ އިއްޒަތް ދޭން އުޅުނު. އެކަމަކު އާޚިރުގައި އިއްތިހާދު ވެގެން ތިބި ރައްޔިތުން ނުކުމެ ވޯޓުފޮށީގައި ކޯލިޝަންގެ ބާރު ފިސާރީ ރީއްޗަށް ދައްކައި ސައްޕު ޖަހައި ބޭރު ކޮށްލި. މިކަން ހަނދާން ނެތުނީތޯ؟

  10
 18. އައްމަޑޭ

  ދޮންބިލެތް ބުނަން ރަނގަޅު ވާހަކައެއް. ދީން ނައްތާލުމަށް ދޮންބިލެތާ އެމްޑީޕީން ކުރަމުން ތިދާ މަސައްކަތް ކޮންމެހެން އެހެން ބައެއްގެ ބޮލުގަ އަޅުވާނެ ކަމެއްނެތް. އެމްޑީޕީ ފިޔަވާ ކޯލިޝަންގަ ދެންތިބި ޕާޓީތަކުން އޮތީ ތިބިލަށް ނޫނެކޭ ބުނެފަ. މިއަދު ކޮންމެހެން ތިމާމެން ހާވަމުންދާ ހަޑި އެހެންބައެއްގެ ބޮލުގަ އަޅުވާނެކަމެއް ނެތް. ތި ބިލަކީ ސީދާ ކަލޭމެންގެ ރޫހާނީ ލީޑަރުގެ ލާދީނީ ފިކުރު ރާއްޖޭގަ އަށަގަންނުވަން ހުށަހަޅައިގެން އުޅޭ ބިލެއްކަން އެންމްވެސް ދަނޭ.

  13
 19. ޖަޒީރާ ވަންތަ ކެހެރިނުފަޅަ ޖަނަވާރު

  ތީހަމަ ވެހޭތާ ފެންނަގަން ބުރޯ ފޮނުވާފަ ތިބި ވަގުން.

 20. ކެހިވެރި ނަޖިސް

  ސޭހަ ކު ބުުނި ދުޢާ ދެއްވި ވެރިއެ ކޯ ފެނިގެން ދަނީ ރޯނުއެދުރެއްގެ ގޮތުގަ.

 21. ސޫ ދު

  ހީޔާލު ފާޅު ކުރުމަ ކީ ކޮންމެ މުސްލިމަ ކަށް އޮތް ހައްގެއް.

 22. ރިޔާޒުބެ

  މިސޮރު ހަމަތަ ކޯލިށަން ފެ އަށްޖެހޭޢިރަށް ވެ އްޓޭނެ ހަމަ ޔަގީން އޭރުން އޮންނާނީ ގަސްބުޑުގަ ދުފަންވެސް ކަމުނުދާވަރުވެފަ.

 23. ސެލިއުޓް

  ދޮންބިލެތް ކުރާކަމަކުން ޖަލަ އްދާންޖެހި އްޖި އްޔާ ދޮންބިލެތް މުޅި އާއ އިލާތޯ ޖަލަށްލާންޖެހޭނީ؟؟؟

 24. ސެލިއުޓް

  ދޮންބިލަތާ ކޯލިސަން ހުރިހާ ކުދިން ގޮވާގެން ޖަލަށްދޭ. މިހާރުވެސް ކިތަ އްމިހުން ސަރުކާރަށް ހިގާނާތްތެރިވެގެން މަގާމުން ވަކިކުރީ . ކޮބާ މަހޭ.؟ ސިދާތާ ކޮބާ ؟ މަލީހު ކޮބާ ތި ބިލަތްގަޑުވެސް ނުވަންޏާ އެއ އްފަރާތްވެލާ

 25. ކުޑަކަތީބު

  އެމްޑީޕީން އަންނިބޭނުންވާގޮތަށް
  ބިލެ އްފާސްކުރަންވީމާ ކޯލިޝަންމަތިން ހަނދާންވޭދޯ ؟؟

 26. އަހްމަދު

  އަހަންމަދާ ކޯލިޝަންގަތިބިޕާޓީތަކުގެބައިވެރިވުމެއްނެތްގޮތައް އެމްޑީޕީންހުށަހަޅާ ބިލްތަކަކީކޯލިޝަންގެއެހެންޕާޓީތައްތާއީދުކުރާއެއްޗަކަށްވާންޖެހެނީކޮން އުސޫލަކުން އަހަންމަދުބޯއެއްޗެއްގެޒިންމާ ނަގާނީއަހަންމަދު އެކަމަކާއެހެންމީހުން ރުހިގަބޫލުވާކަށްނިޖެހޭ

 27. ދޮން ބިލަތްގަނޑު

  ހެޔޮ ކޮންމެ ބިލަކަސް ދޮން ބިލަތަކަސް ވަރަށް ސާފުކޮށް މިބުނަނީ އަހަރުމެން ލާދީނީ މީހުންނަށް ލާދީނީ ގޮވާނަން ނުހުއްޓުވޭނެ މިގައުމުގައި މަސްތުވާ ތަކެއްޗާބެހޭ ގާނޫނެއްވެސް އޮވޭ ބޯމީހުން ބޯނެ ވަރަށް ބޮނީ ވިއްކާ މީހުން ވިއްކާނެ ވަރަކަށް ވިއްކަނީ ނުހުއްޓުވޭ މިވަރުން ބިލަތަށާ އަދި އެހެސާނު ހެސާނަށް އެއްޗެއް ވިސްނޭނެ

 28. ބިން ޢަލީ

  ﷲގެ ޙަޟުރަތުގައި ތިޔަގޮތަށް ވާހަކަދެއްކިދާނެތަ؟ އާރެއްބާރެއްނެތް މިހިރަ ކުޑަކުޑަ މަޚުލޫޤު އުުޅޭވައްތަރުދޯް! ތިޔައަނގައިން އެއްޗެއްބުނުމުގެ ބާރުދެއްވި ފަރާތް އޭނގޭތަ؟

 29. ޒުލްފާ

  މީހުން ގަމާރުވިޔަސް މީ ތަންކޮޅެއްބޮޑުވަރު.މީނަވެސް މަޖިލިހުގަ ވާހަކަ ދައްކަމޭބުނަން ކޮންމެވެސް އެއްޗެކޭބުނަނީ.ވާނުވާއެއްނޭގެ.ކޯލިޝަންގެ އެއްވެސްކަމެއްނެތީމަ ހަމައެއްލަމަޔެއްނެތި މިސަރުކާރު މިހިންގަނީ.ވެރިކަމަށް އަންނަން ކޯލިޝަން ބޭނުންވަނީ.ވެރިކަމަށް އާދެވުނީމަ ބަލަނީ ހުރިހާކަމެއް މުށުތެރެއަށްލާން.ވަރިހަމަ ދައުލަތް ދަވާލިޔަސް.ފެނަކަ ސައީދު ބޮޑެތި ޖަރީމާ ހިންގާއިރުއެއްޗެއް ބުނަންނުކެރޭ..އެހެރީ ބަހައްޓާފަ.