އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ އެކްޓިވިސްޓް އައިޝަތު ޖެނިފާ "މިހާރު" ނޫހަށް އިންޒާރު ދެއްވައިފިއެވެ.
ޖެނިފާ "މިހާރު" ނޫހަށް އިންޒާރު ދެއްވާފައި މިވަނީ ނަފްރަތު ބިލާ ގުޅިގެން އެ ނޫހުން ޝާއިއު ކުރި ހަބަރެއް ރީޓުވީޓު ކުރައްވަމުންނެވެ.
"މިހާރު" ނޫހުން ލިޔެފައިވާ ހަބަރުގައި ވަނީ މީހުންގެ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަަހެޅި ބިލަށް އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
އެ ޓްވީޓްގައި ޖެނިފާ ވަނީ ނަަފްރަތު ބިލުގެ ވާހަކަ ދައްކަން "މިހާރު" ނޫހުން ހުއްޓާލާނީ، އެ ނޫހުގެ ނޫސްވެރިއެއް މަޖީދީމަގު މެދުގައި މަރާލާފައި އޮއްވާ ފެނުމުންތޯ ސުވާލު ކުރައްވައިފައެވެ.
"ކިހާ ދެރަކަމެއް މިހާރު ނޫސް. ކަލޭމެން ނަފްރަތު ބިލް އޭ ކިޔައިގެން ތި ކުޅޭ ގޭމް ހުއްޓާލާނީ ކަލޭމެންގެ މީހެއް މަޖީދީމަގު މެދުގައި މަރާލީމަތަ؟" ޖެނިފާ ވިދާޅުވެފައިވެއެވެ.
Kihaa dhera kameh @Mihaarunews .
Kaleymen Nafrathu Bill ey kiyaigen Thi kulhay game huhtaa laanee Kaley men ge meeheh Majeedhee Magu Medhu ga maraalee ma tha ? https://t.co/NcZVlf4eEz— Aishath Jennifer (@JenniferAishath) June 16, 2021
ޖެނީފާގެ މި ވާހަކަތަކާ ގުޅިގެން މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ "ވަގުތު" އަށް ވިދާޅުވީ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫހަކަށް ނިސްބަތްކޮށް އެފަދައިން ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ނޫސްވެރިކަމުގެ މިނިވަންކަަމަށް ހުރަސްއެޅުން ކަން ފާހަގަކުރައްވަމުން އޭނާ ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ
ޝަހުބާން ވިދާޅުވި ގޮތުން މިއަދު އެ ކައުންސިލްގެ ބައްދަލުވުމެއް އޮންނާނެއެވެ. އެ ބައްދަލުވުމުގައި މި މައްސަލައާއި ގުޅޭޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެ މައްސަލާގައި ކުރިއަށް ދާނީ ކިހިނެއްތޯ ފުލުހުންނާ މަޝްވަރާ ކުރަމުންދާ ކަމަށާއި، "މިހާރު" ނޫހުން އެކަމާއި މެދު ދެކޭ ގޮތްވެސް ބަލާނެ ކަމުގައި ވިދާޅުވިއެވެ.
ނޫހަކުން ލިޔާ ހަބަރަކާއި މެދު ހިތްނުތަނަވަސްވާ ނަމަ، އެ ކަން އުސޫލުގެ ތެރެއިން ކުރެއްވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ އުސޫލުތަކާއި ގަވާއިދުތަކާއި ހިލާފަށް ހަބަރެއް ލިޔެފައި ވާނަމަ އެކަން އެ އިދާރާއި ހިއްސާކުރެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއާ ހިލާފަށް އެ ނޫހަށް އިންޒާރުދީ، ދިނުމަކީ ވަރަށް ބޭއަދަބީ ސިފައެއް ކަން ފާހަގަކުރެއްވިއެވެ.
ސަރުކާރު ފަރާތުން ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިނެވެ. އެ ބިލުގައި ފުރަތަމަ ކިޔުން މިދިޔަ މަހުގެ 31 ގައި ވަނީ ރައްޔިތުންގެ މަޖިލީހުގަައި އިއްވައިފައެވެ.
ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ، ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ޖިނާއީ ކުށެކެވެ.
މި ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ ޖާގަ ހުޅުވާލަދޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި ބިލު މިހާރު އޮތް ގޮތުން ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅިގެންދާ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އޭނައަށް އެނގިފައި އޮންނަނީ މީހުންމަރަނީ ހަމައެކަނި ދީނީ މީހުންކަމަށް ވެދާނެ. ލާ ދީނީ މީހުން އާނމުކޮށް މީހުންމަރަނީ.....
އެއީ އިންޒާރެއް ނޫން، ސުވާލެއް ކޮށްލީ ކަލޭމެން ނަފުރަތިގެ ބިލާ އެހާ ދެކޮޅުވެގެން ތިޔަ އުޅޭ ކަންތައް ހުއްޓާނީ ކަލޭމެންގެ މީހަކު މަޖީދީ މަގިގަ މަރާލީމަހެއްޔޭ؟ އެބަހީ ހައްދުފަހަނަ އެޅި މީހެއްގެ ހަމަލާއެއް އަރައި މަރުވީމަހޭ.. އެބަޔަކު މާނަކުރާ ގޮތަކަށް ކުރަން؟ މިސަރުކާރުގަ ބެސް ދެން އަންނަ ސަރުކާރުގަވެސް ތިޔަ ކަން ކިތަންމެ ބޮޑުވަރު ވިޔަސް ކުރާނެކަމެއް ނޯންނާނެ
ޖެނިފާ ބުނީމަ ނުވޭ އިންޒާރަކަށް އެހެން މީހެއް ހުނިނަމަ ވީސް
ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭނު.
ސީދާ ހެޔޮނިޔަތުގަ ބުނި އެއްޗެކޭ ބުނީމަ ޕީޖީ ބުނާނީ އުންސުރު ނެތޭ ނިޔަތް ރަނގަޅުވީމާ އެނިމުނީއޭ، މީމިކަން ވާނެ ގޮތް މީ ސަދޫމް ގާނޫނު ހިންގާ އުސޫން ގާނޫން ހިނގާ ގައުމެއް،
ތިއޮތީ ސީދާ މަރުގެ އިންޒާރު ދީފަ
ޝަހިންދާ ހައްޔަރު ކުރާށޭ ބުނި މީހުން ވެސް ހައްޔަރު ކުރި
ޖެނީފާ މަރުގެ އިންޒާރު ދިނީމަވެސް ހައްޔަރު ނުކުރެވުނު. އިނސާފު
ފުރަތަމަ އައުރަ ނިވާކޮށްގެން ނިކުމެ އަންގަ ހާވާނަމަވެސް ރަންގަޅު
މީމިސަރުކާރުގެ އިސްމަޤާމްތަކުގަ ތިބިމީހުންގެ ފެންވަރަކީ މިމީހުން ހެޔޮ ކޮންމެމީހަކާދިމާލައް ކޮންމެ އެއްޗެއްކިޔަސް އެއީ އެމީހުންދެކޭގޮތުން އެމީހުންނައް ލިބިފައިވާ ހައްގެއް އެހެންމީހަކު މިމީހުންނާދިމާލައް އެއްޗެއް ބުނެފިތަ އެއީ ނާއިންސާފް އެއީ ހައްގުންކަމަކާނުލާ ބުނިއެއްޗެއ ހަމަސީދާ ޔަހޫދީންގެ ގޮތް
ތި ހުންނނީ ލާދީނީ އެމް ޑީ ޕީ މީހުންގެ ފެންވަރު ޖާހިލު ކަމުގެ އިންތިހާ
މިހާތު ވަރަށް ސާފު. ރާއްޖޭގަ ނުރުބަވެރި އަމަލުތައް ހިންގަނީ ކޮންބަޔެއްކަން، ތަންތަން ރޯކުރަނީ ކޮންބަޔެއްކަން. ތިޔަ މަންޖެ އަވަހަށް ހައްުޔަރުކޮށް ވަޒީފާއިން ވަކިކޮށް މައްސަ؛ލަ ތަހުގީގު ކުރަން ގޮވާލްން. މި އަށް ވުރެ ފާޅުގަ ނަފުރަތުގެ އަމަލެއް ދައްކަބަލަ، ނިރުބަވެރި އަމަލެއް ދައްކަބަލަ، އިސްލާމްދީނުގަ ފުރާނައަކީ ހާދަ މުގައްދަސު އެއްޗެކޭ. މިކަން ނުދަނެ ނުވަތަ އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމު ނުކޮށް މިފަދަ ގޮވުންތައް މި ގޮވަނީ މި ބިލުގެ ދިފާއުގަތަ؟ ލަދުން ބޯ ހަލާކު!
ސަދޫމް ސަރުކާރު
ނަފްރަތުގެ އަމަލު ހިންގަން މެދުވެރިވާ ސަބަބު އެއީ މި އެމްޑީޕީ މީހުން އެއްގޮތަކަށްވެސް ބަލަން ބޭނުންވާ އެއްޗެއް ނޫން. މީހަކު ލާދީނީ ވާހަކަ ދެއްކީމަ އެހެން ބުނި މީހާގެ މައްސަލަ ނުބަލާ އެމީހާއާ ދިމާލަށް ލާދީނީއޭ ބުނި މީހާގެ މައްސަލަ ބަލަން މިޖެހެނީ މިމީހުން ދީނަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނޯ.
.ތިކަން ބަލަން އުޅޭނެ ކަމެއްނެތް ތިކަމެއްނުވާނެ..އެއައްވުރެ ޖެނީމާގަދަވާނެ..
ޢަމިއްލައަށް މުސާރަ ބޮޑު ކުރި މީހެއްގެ އަޚުލާގެއް ނުހުންނާނެ....ކުންފުނި ބަނގުރޫޓް ވަމުން ދާއިރުވެސް
ބަލާނީ މީހުންނާއި ދިމާ ކުރެވޭތޯ...
މީނާ އަވައް ހައްޔަރުކުރޭ.. އެހެރަކިޔަނީ ޓެރަރިޒަމް ހިންގުމައް ގޮވާލަމުން
މާދަމާ އޭނާގެ ފަރާތުން ތިޓްވީޓް ތަރުޖަމައު ކުރާއިރު އޮންނާނީ ނޫސްވެރިްނަށް ތަމްރީން ޕްރޮގްރާމެއް ހިންގަން އޭނާ ސްޕޮންސަރ ކުރިކަމަށް
މަގާމު ލިބުނީ ގާބިލުކަމަކުންނެއްނޫން މުޒާހަރާތަކުގައި ދެއްކި ލަދުކުޑަ ހަރަކާތްތަކުގެ ސަބަބުން. މިއަދު އެގެންދަނީ ވަޒީފާގެ ހައްގުގައި ހަޔާތެއް ނެތް ކުޅަދާނެކަން ދައްކަމުން. އަބުރުވެރި އަންހެނުންނަށް ވެސް ހުތުރު.
.ތިކަން ބަލަން އުޅޭނެ ކަމެއްނެތް ތިކަމެއްނުވާނެ..އެއައްވުރެ ޖެނީމާގަދަވާނެ..
މަސްތުވާތަކެތީގަ ކިތަށް މަރުގެ މައްސަލަ؟ ކޮންކަމެއް ސަރުކާރަށް ކުރެވުނީ ؟ ތިޔަ ބިލަކީ އަސްލު ގޭމަކީ.
ސަބަބަކަށްވަނީ އޭނަޔަކީވެސްއެގްރޫޕްމީހެއް އެންމެގެރޭވުމެއްގެމަތިން ހުށަހަޅައިގެންއުޅޭބިލެއް އެބިލާއިދިކޮޅައްއަނގައިންބުނާކޮންމެމީހަކާވެސް މިމީހުން އިދިކޮޅުވާނެ އެއީސުވާލުއުފައްދަން ޖެހޭކަމެއްނޫން
މި މަރުގެ އިންޒާރު އް ނޫންބާ؟
ސަރުކާރުގެ މަތީފަޑިގައި ތިބެގެން މި މީހުންނަށް ކޮނަމެވާހަކައެއްވސް ދެއްކޭނެ. ރޯޔަލްއޭ ކިޔައިފައި ތިމައްސަލައަށް ވާނެގޮތް ބަލަންތިބޭތި
ޖެނިފަރ އެއީ ދިވެއްސެއްތޯ. ދިވެހިންނަށް ނުކިޔާ ނަމެއްވީމާ އަހާލެވުނީ.
މިގޮއި މުޒާހަރާތަކަށް ދާއިރު އަޅާފައި ހުންނަ ހެދުމުންވެސް އެނގޭނެ މިގޮއި މީ ކޮންކަހަލަ ފިކުރެއްކަން. ކިރުބޯ ޅަދަރިން ގެ ހެދުމުގެ ވާކޮޅުވެސް އެއަށް ވުރެ ފުޅާވާނެ ތޯއްޗެ.
ކަނބުލޯ މިއީ ވަގުތީ ތަނެއް. ދާއިމީ ގޯތި އޮތީ މާދަމާ. މުސްލިމު ކަނބަލުން ގޮތަށް ހެނދުންވެސް އަޅާލަމާ . ފަހުން ފުރުސަތު ނުލިބިދާނެ
ރޯޔަލް ބޭފުޅުންނައް ބޭނުން އެއްޗެއް ބުނެވޭނެ އަދި ކުރެވޭނެވެސް މެ އެކަމަކުއެއީ ނިކަމެއްޗެއް ބުނި އެއްޗެއްނަމަ މިހާރު އޮންނާނީ ކުޑަގޮޅީގަ.
ދެން ޖެނިފާ މިހާރު ނޫސް ނުބެލީމަ ނިމުނީނު. ކާކުތަ ބުނީ ނޫސް ބަލާށޭ؟
ރޯނުއެދުރު..
މީޑިޔާ ކައުންސިލަކީ ކެްްވާ ބައެއްތަ؟ މިދިޔަ 2-3 އަހަރުތެރޭ ޕީޕީ އެމް ގެ އެކްޓިވިސްޓުންނަކެއް ވަރަށް ފާޅުކޮށް އެމްޑީޕީގެ އިސްމީހަކު ކޮށާލަންވެސް ބުނި. ޢެވާހަކަ ކީއްވެ ބޮޑު ސުރުހީގަ ނުޖެހީ. ޟައްސަލަ ނުބެލީ. ޝަހުބާނު ތީ ފޫހި މީހެއް.