ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގައި ތުހުމަތު ކުރެވޭ ދެ މީހެއް، އެ ހަމަލާ ދިނުމުގެ ފަސް ދުވަސް ކުރިން ފުލުހުން ހިފެހެއްޓި ލޯންޗަކުން ފެނިފައިވާ ކަން ހާމަވެއްޖެއެވެ.

ހުޅުމާލޭ ފަޅުތެރޭން ފުލުހުން ހުއްޓުވި ލޯންޗެއްގައި ތިބި ދެ މީހުން ފެނިފައި ވަނީ މެއި އެއްވަނަ ދުވަހުއެވެ. މާލޭ މަޖީދީމަގާއި ނީލޯފަރު ހިނގުން ގުޅޭ ސަރަހައްދުގައި ދިން ބޮމުގެ ހަމަލާ ރައީސް ނަޝީދަށް އަމާޒުވީ އޭގެ ފަސް ދުވަސް ފަހުންނެވެ. އެއީ މެއި ހަވަނަ ދުވަހުއެވެ.

މެރިން ޕޮލިސްގެ އާންމު ޕެޓްރޯލްގެ ތެރެއިން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަ ކުރެވިގެން ހުއްޓުވި މި ތަހުމީން އަހުމަދު ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ލިބިގެން އިތުރަށް ބެލި ބެލުމުން ހާމަވެގެން ދިޔައީ އެ ލޯންޗްގައި ތަހްމީންގެ އިތުރުން ނަޝީދަށް ދިން ހަމާލާގެ މޭސްތިރިޔާ ކަމަށް ބެލެވޭ އަދުހަމް އަހްމަދު އަދުހަމް ވެސް ހުރިކަން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ލޯންޗްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރި ވުމަށްފަހު އެ ދެމީހުންވެސް ދޫކޮށްލި ކަމަށްވެއެވެ.

އަތަމާ ޕެލެސް ކައިރީގައި ހުރެ ރިމޯޓެއް ޒާތެއްގެ އެއްޗަކުން އަދުހަމް ބޮން ގޮއްވާލުމަށް ފަހު ފިލާ މަންޒަރު އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް ވަނީ އަރައިފައެވެ. އަދުހަމް ގެއަށް ގޮސްފައި ވަނީ ނަޝީދަށް ހަމަލާދިން ދުވަސް ނޫން އޭގެ އަނެއް ދުވަހުއެވެ. މި ހަމަލާ ދިން ފަހުން، އަދުހަމްގެ ސިފައަށް ބަދަލު ގެންނަން މަސައްކަތްކޮށްފައި ހުރި ކަން ފުލުހުން ފާހަގަކުރިއެވެ.

ރައީސް ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އަދުހަމް ހައްޔަރު ކޮށްފައިވަނީ އާންމު ރައްޔިތުން ދީފައިވާ މައުލޫމާތާ އެކީ އޭނާ ދިރިއުޅެމުން އަންނަ ހުޅުމާލޭ ފްލެޓުން މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ފަތިހުގެ ވަގުތުގައެވެ.

ނަޝީދު އަވަހާރަ ކޮށްލުމަށް މި ދެވުން ވަރުގަދަ ޓެރެރިސްޓް ހަމަލާއާއި ގުޅިގެން ފަސް މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި ނިރުބަވެރި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް، ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގެންނެވީ މެއި 13 ވަނަ ދުވަހުއެވެ.

ނަޝީދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ އޭޑީކޭގައި ހަފްތާއެއްހާ މުއްދަތަކަށް ފަރުވާ ހޯއްދެވުމަށް ފަހުއެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވެވަޑައިގެންނެވީ ވަރަށް ހަނިގޮތަކަށެވެ. ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ސާޖަރީތަކެއް ވެސް ހެއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    ބަޔަކުފޮޓޯދައްކާ ހޯބޯލަވައިގަތީމަ ކަމުންރެކެންއުޅޭވައްތަރު ހުންނަނީދޯ؟ މީކޮންވައްތަރުހުންނަނީ؟ ޤައުމުއޮޔާދާއިރުވެސް އަމިއްލައިސްނެގުމެއްނެތީކީއްވެތޯ؟ ﷲ ގަންދީހުވާކުރުމަށްފަހު އެހުވާބޮލާލާނުޖެހޭނެ! ޔަޤީނުންވެސްމާދަމާޖަވާބުދާރީވާންޖެހޭނެ މީހެއްބޮލަށްކަނޑާލާފަސަލާމަތްވެވޭނެތޯ؟ ނޫނީ އަޑުބަރޭހަވާލުވިގޮތަށް މީހަކާއެކަންވެސްހަވާލުކުރެވޭނެތޯ؟

    9
    1