ޔުނައިޓެޑް ފުޑް ސަޕްލައިސް ލިމިޓެޑުން ރީޓެއިލް މާކެޓަށް އަމާޒުކޮށްގެން މާލޭގައި "ޔުނައިޓެޑް ޝޮޕް" ގެ ނަމުގައި ކާބޯތަކެތީގެ ބާވަތްތަކަށް ހާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

މިއަދު ރަސްމީކޮށް ހުޅުވިގެން ދިޔަ މި ފިހާރައިން ދުޅަހެޔޮ ގިނަ ކާބޯތަކެއްޗާއި ސިއްހަތަށް ފައިދާ ހުރި ފަތުގެ އެތަކެއް ބާވަތްތަކެއް އޭގެ އެންމެ ތާޒާ ކަންމަތީ ލިބެން އެބަހުއްޓެވެ. އަދި އެ ފިހާރައަކީ އެއްވެސް ކެމިކަލްއެއް އެކުލެވިގެން ނުވާ ކުކުޅުމަހާއި ގެރި މަސް ހޯދުމަށްވެސް އެފަދަ ދެވަނައެއްނެތް ފިހާރައެކެވެ.

މިއަދު ހުޅުވި ޔުނައިޓެޑްގެ ފިހާރަ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އެ ގޮތުން މި ފިހާރައިން ވިއްކާ ޑޫ ބްރޭންޑްގެ ފަރަންސޭސި ކުކުޅު އަދި ޓާރކީ އަކީ ގްރޯތް ހީރމޯންސް އާއި އެންޓި ބަޔޯޓިކްސް އޭގައި އެއްވެސް ވަރަކަށް އެކުލެވިގެން ނުވާ ތަކެއްޗެވެ.

މި ފިހާރައިން ލިބެން ހުންނަ ބައެއް ޕްރޮޑަކްޓްތަށް މީޑިޔާއަށް ދައްކާލުމަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑް ފުޑް ސަޕްލައިސް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވީ ޔުނައިޓެޑް ޝޮޕްގެ އެންމެ ބޮޑު އަމާޒަކީ ކޮލެޓީ ރަނގަޅު ކާބޯތަކެތި ރާއްޖެ އެތެރެކޮށް އޭގެ އެންމެ ތާޒާކަންމަތީގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމުގައެވެ.

މިއަދު ހުޅުވި ޔުނައިޓެޑްގެ ފިހާރަ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

" އަޅުގަނޑުމެން ވަރަށް ހާއްސަ އިސްކަމެއް ދެން މި ތަނުގައި ވިއްކާ ޕްރޮޑަކްޓްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް. އެގޮތުން ފިހާރައިން ވިއްކާ 100 އިންސައްތަ ތަކެއްޗަކީ އެކަމުން އެއްވެސް ސައިޑް އެފެކްޓެއް ނުލިބޭނެ އަދި ސިއްހީ މައްސަލައެއް އެ ޕްރޮޑަކްޓެއްގެ ސަބަބުން ކުރިމަތި ނުވާނެ ޕްރޮޑަކްޓްތައް " އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވިއެވެ.

އަދި ޔުނައިޓެޑް ޝޮޕުން އާންމުކޮށް ވިއްކާ ތަރުކާރީއާއި މޭވާގެ އިތުރުން ތާޒާ ހާބްސްގެ ބާވަތްތަކަށް ކަމަށްވާ ބެސިލް، ރޯޒްމެރީ، އަދި ފާރސްލީ ފަދަ ބާވަތްތަށް ގިނަ ދުވަހު ގެންގުޅެވޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން އެ ފިހާރައިން ވަނީ އެތަކެތި އިންދާފައި ހުރި ޕޮޓާއި އެކު ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިފައެވެ.

އާތިފް ޝަކޫރް މީޑިޔާތަކަށް މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ޔުނައިޓެޑް ޝޮޕަކީ ފެންވަރު ރަނގަޅު ޗީޒްގެ އެކި ބާވަތްތަށްވެސް ލިބެން ހުރި ފިހާރައެކެވެ. އެގޮތުން އެ ފިހާރައިން ލިބެންހުރި ޗީޒްގެ ބާވަތްތަކުގެ ތެރޭގައި ބްރީ، ގައުޑާ، ބަފަލޯ މޮޒެރެއްލާ ފަދަ އެތަކެއް ބާވަތެއް ލިބެން އެބަހުއްޓެވެ. ޔުނައިޓެޑް ޝޮޕަށް އަމާޒުކޮށްގެން ޔުނައިޓެޑުން އަލަށް ފަށާފައިވާ އެންމެ މުހިންމު އެއް ބާވަތަކީ ފްރެޝް ( ނަން ފްރޯޒެން ) ޗިލްޑް ބީފް އަދި އިތުރަށް ކަފާ ބުރިކުރަން ނުޖެހި ވަގުތުން ކެއްކުމަށް ބޭނުން ކުރުމަށް އެކަށޭނެ ސައިޒެއްގައި ވާ ޗިކަންގެ ޕޯޝަން ކޮންޓްރޯލް ފެކްސް އެވެ.

އެޗްއޭސީސީޕީ އަދި އައިއެސްއޯ ސްޓޭންޑާޑަށް ފެތޭ މި ބާވަތްތަކަކީ ރާއްޖެއިން ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު ކުކުޅު އަދި ބީފްގެ ބާވަތްތަކަށް ކަމަށް ޔުނައިޓެޑް ޝޮޕްއިން ބުނެއެވެ.

މިއަދު ހުޅުވި ޔުނައިޓެޑްގެ ފިހާރަ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

" މިހާތަނަށް މީރު ބީފްކޮޅެއް ކާން ބޭނުމިއްޔާ އަތް ފޯރާފަށުގައި ހުންނާނީ ހަމަ އެކަނި ފިނި ތަކެތި. ނަމަވެސް އަތްފޯރާ ފަށުގައި ޔުނައިޓެޑް ފިހާރައިން ފެންވަރު ރަނގަޅު ފްރެޝް ބީފް އަދި ޕޯލްޓްރީގެ ބާވަތްތަށް އަބަދުވެސް ލިބެން ހުންނާނެ " ޔުނައިޓެޑްގެ އެމްޑީ އިބްރާހިމް އާތިފް ޝަކޫރު ވިދާޅުވިއެވެ.

ޔުނައިޓެޑް ޝޮޕްގެ ހަތަރުބައިކުޅަ އެއްބައި އެކްސްޕީރިއަންސް ޒޯނެއްގެ ގޮތުގައި ހަމަޖައްސައިފައިވާއިރު ޔުނައިޓެޑްގެ އުފެއްދުންތަކުގެ ރަހަތަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ޔުނައިޓެޑުން ބުނި ގޮތުގައި އެމީހުންގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ކައިރި މުސްތަގުބަލެއްގައި މާލޭގައި ފެންވަރު ރަނގަޅު ކާބޯތަކެތީގެ އެތައް ބާވަތެއް ލިބޭ ސުޕަމާޓެއް ގާއިމް ކުރުން ކަމަށެވެ.

ޔުނައިޓެޑް ފިހާރަ އިންނާނީ ގ. ހިތަށް ފިނިވާ މަގުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙަސަން

  މައްސަލަ އަކީ މުސާރަ ކޮޅު ނުލިބޭތީ ގަވައިދުން

  • ާާްހާ

   މުސާރަ ނުލިބޭނެ ސަލާން ހައްދާފަ ގޭގަ އޮންނަންޏާމުން ނެއް

 2. ތިމަންނަ

  މިއަދު ވިއްކާ ކުކުޅުގައި ތިޔަވިދާޅުވި ފަދައިން ކެމިކަލް އެކުނުލެވޭ ކުކުޅު ހުރެދާނެ ނަމަވެސް މާދަމާ ތިޔަ ކުކުޅުގެ ތެރެއަށް ވައްދާލާނީ އާއްމުކޮށް މިއުޅޭ ކުކުޅުތައް މިއީ ވިޔަފާރި...

 3. ސޯދު

  ފިހާރައެއް ނުއެއް އިންނާނެ. ފިހާރަ ހުންނާނީ. ދިވެހި ބަހުގައި ދިރުން ނެތް އެއްޗެއްސަށް އިނުމެއް ބޭނުމެއް ނުކުރެވޭނެ.