ކ. ދިއްފުށި ކައުންސިލާއި، އއ. ހިމަންދޫގެ އެމްޑީޕީ މެމްބަރުން ހިމެނޭ ގޮތަށް އެ ދެ ރަށުގެ ހުރިހާ ކައުންސިލަރުން ސަރުކާރުގެ ފަރާތުން ތުޅާދޫ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްްވާފައިވާ ނަފްރަތު ބިލާއި ދެކޮޅުކަން ހާމަކޮށްފިއެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ގެނައުމުގެ ބިލު އިއްޔަ ވަނީ މަޖިލީހަށް ބަލައިގަނެފައެވެ. އަދި އެ ބިލް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވެއެވެ.

މި ބިލު ފަރުމާ ކޮށްފައިވާގޮތާއި ގުޅޭގޮތުން ކައުންސިލްތަކުން ބަޔާން ނެރެމުންދާއިރު، ދިއްފުށި އަދި ހިމަންދޫ ކައުންސިލްގެ އިތުރުންވެސް ގިނަ ރަށްތަކުގެ ކައުންސިލްތަކުން ވަނީ މި ބިލާއި ދެކޮޅަށް އަންނަނީ އަޑު އުފުލަމުންނެވެ.

މި ބަޔާންތަކުގައި ވަނީ އެ ބިލުގައި ކަންބޮޑުވާ އެތައް ކަމެއް ހުރިކަން ފާހަގަކޮށް، ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

މި ބިލުގެ ފުރަތަމަ ކިޔުން މެއި 31 ވަނަ ދުވަހު އިއްވާފައިވާއިރު އިއްޔަ ވަނީ އެ ބިލުގެ ތަފްސީލު ހުށަހަޅާ، ވޯޓަށް އަހާފައެވެ. ބިލު ބަލައިގަންނަން ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވިއެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 4 މެމްބަރަކު ހިމެނެއެވެ.

އެ ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ ޖާގަ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއްގެ ގޮތުގައި ސިފަކޮށް ގިނަ ބައެއްގެ ކަންބޮޑުވުމާއި ފާޑުކިއުންތައް މި ބިލަށް އަމާޒުވެގެން ދިޔައެވެ.

މި ބިލަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ޖިނާއީ ކުށް ތަފްސީލްކޮށް އިތުރު ބިލެއް ވެސް ހުށަހަޅާފައިވެއެވެ. އެ ބިލު ވެސް ހުށަހެޅުއްވީ ހިސާނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖާބެ

  ތުޅާދޫ ކައުންސިލުން މިކަމައް ތާއީދު ކުރަންތޯ؟
  ކޮބާތޯ ތުޅާދޫގެ ދުރުވިސްނޭ ރައްޔިތުންގެ ބަސް މިކަމުގަ؟
  ތިޔަ ރައްޔިތުންގެ ޒިންމާ މައަދު އަމަލީގޮތުން އެބަޖެހޭ ދައްކަން؟
  ނޫނީ މިަކމުން މިޤައުމައް ދިމާވާ ގެއްލުމުގެ ބޮޑު ޒިންމާއެއް އުފުލަންޖެހޭ ބަޔެއް ކަމްވާނެ؟
  މިސްތަޤްބަލް ގެއްލުވާނުލާ މިޔަދުގެ އަމިއްލަ އެދުމައް...

 2. އަހަނދޭ

  ޝުކުރިޔާ ކައުންސިލް ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން އެކަމަކުވެސް ތަފާތު ޚިޔާލުތަކާއެކުވެސް ދީން ދެމެެހެއްޓުމައްޓަކާ މަސައްކަތް ކުރުމަކީ ދިވެހިކޮންމެ ފަރުދެއްގެމައްޗައް ވާޖިބުކަމެއް

 3. ޖެނިފާ ލޮޕޭޒް

  ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން ވަނީ މި ބިލާއި ދެކޮޅަށް ބަޔާން ނެރޭއިރު ކޮބާތޯ ކޮލަމާފުށި ކައުންސިލް؟އެއްޗެކޭ ނުބުނާނަންތަ ހަމަ؟ހީނުވޭ އަންނި ފެކުޝަންގެ ތާއީދު އޮތްބިލަކާ ދެކޮޅަށް އެއްޗެއްބުނަންކެރޭހާ ގަޓެއް ހުންނާނެހެން.ސަބަބަކީ ކޮލަމާފުށީ ކައުންސިލަކީ ކޮލަމާފުއްޓަށް ބޭބެގެ ނަމުން މަޝްހޫރު ފަރާތެއްގެ ނުފޫޒު އިންތިހާއަށް އޮންނަ ކައުންސިލަކަށް ވާތީ.

 4. Anonymous

  ބިލާއި ދެކޮޅުވި ރަތްރަށުގެ ކައުން ސިލަރުންނަށް ބުނެލަން އޮތީ ސަރުކާރުން ފޮނުވާ މުހިންމު ބިލަކަށް ހުރަސް އަޅާފެންވަރުގެ ކައުންސިލަރުންނަށް ރަތްތަކުގެ އަމުނު އަމާންކަން ބެލެހެއްޓުމާއި ތަރައްގީގެ ވިސްނުމެއް ނެތުމަކީ އެކައުންސިލަރުން އަދި ކޮންމެ ގޮތަކަށް ހޮވިފަ ތިއްބަސް ގާބިލް ކަމެއް ނެތް ކަމުގެ މިސާލެކެޭ. މިސަރުކާރުގެ ރައީސަކަށް ހުންނެވީ ކާފަރަކުތޯ ތި ކައުންސިލރުންގެ ތެރެއިން ޖަވާބެއް ދެއްވަ ބައްލަވާ. ތިފަދަ ބޭފުޅުން ބުނެފާނެ ބިލް ހުށްހެޅުއްވި ޙިސާނު އަކީވވެސް ކާފަރެކޭ. ތަންކޮޅެއް ބޮޑުވަރު މީ.