އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް އޮތީ "އިންޑިއާ އައުޓް" ފަދަ ޝިއާރުތަކުގެ ވެސް އަޑު ކެނޑިގެންދާ ގޮތަށް ކަމަށް ބެލެވެން އެބަ އޮތެވެ.

ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ މި އިސްލާހުގެ 124 ވަނަ މާއްދާގެ 3 ވަނަ ބައިގެ 3 ވަނަ ނުކުތާގައި ވަނީ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލައަށް ބަލާ، އެމީހަކާއި މެދު ތަފާތުކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިއްވަރު ދިނުމަކީ ކުށެއް ކަމަށެވެ.

ގާނޫނުގައި މިހާރު އޮންނަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުން ނުވަތަ އިސްލާމީ އަގީދާއާއި ގުޅުވައި މުޖްތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައެވެ.

ސަރުކާރުން މިހަރު މަޖިލީހަށް ފޮނުވާފައިވާ ބިލުގައި ވަނީ، އަގީދާއާ ގުޅުވައި މުޖުތަމައުގައި ވަކި މީހަކާ މެދު ނަފްރަތު އުފެއްދުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަ ކުރުމުގެ ބައިވެރިވުމާއި، އާންމު ތަނެއްގައި މުސްލިމަކީ ކާފަރެއްގެ ގޮތުގައި ސިފަ ކުރުމަކީ ވެސް ކުށެއް ގޮތުގައި ކަނޑައަޅުމަށް ހިމަނާފައެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ. މިހާރު އޮންނަ ގޮތުން އެއީ މިހާ ބޮޑު ކުށެއް ނޫނެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. އެހެންކަމުން އެ ކުށް ސާބިތުވާ މީހެއްގެ މައްޗަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމާ ދެކޮޅަށް "ސޭވް އައްޑޫ، އިންޑިއާ އައުޓް" ގެ ޝިޔާރާއެކު މީސް މީޑިއާ ކެމްޕޭނެއް ވެސް ވަނީ ފަށައިފައެވެ. މިއީ ވަކި ގައުމަކާ ދެކޮޅަށް ހިންގާ ކެމްޕޭނަަކަށް ވާތީވެ ބިލުގައި މިހާރު އޮތް އިބާރާތުން އެ ކަން ވެސް ހުއްޓުމުގެ ބާރެއް އެބަ އާދެއެވެ.

މި ބިލާ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ދެކޮޅެވެ. މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ހަތަރު މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދެއްވިއިރު، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގާއި އެހެން ބައެއް ރަށްރަށުގެ އެމްޑީޕީ ކައުންސިލަރުން ވެސް އަންނަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

މި އެންމެންގެ ކަންބޮޑުވުމުގައި ވެސް ފާހަގަކުރަނީ މި ކަމެވެ. ބިލު މިހާރު އޮތީ ޚިޔާލު ފާޅު ކުރުމާއި ބަސް ބުނުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ކަމުގައެވެ. ބިލުގެ ބޭނުން ސިޔާސީ ގޮތެއްގައި ހިފައި ބަޔަކު ހައްޔަރު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

މި ބިލަކީ "ލާދީނިއްޔަތު" ފަތުރަން އާންމުކުރުމަށް ހުށަހެޅި ބިލެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ.

އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވެފައިވަނީ ބިލު ފަރުމާކުރީ އިސްލާމީ ޝަރީއަތަށެވެ. އަދި އެ ބިލުން ޚިޔާލު ފާޅު ކުރުމަށާއި ދީނީ ނަސޭހަތް ދިނުމަށް ހުރަސް އެޅިގެން ނުދާ ކަމަށް ހިސާން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޖާބެ

    ތުޅާދޫ ކައުންސިލުން މިކަމައް ތާއީދު ކުރަންތޯ؟
    ކޮބާތޯ ތުޅާދޫގެ ދުރުވިސްނޭ ރައްޔިތުންގެ ބަސް މިކަމުގަ؟
    ތިޔަ ރައްޔިތުންގެ ޒިންމާ މައަދު އަމަލީގޮތުން އެބަޖެހޭ ދައްކަން؟
    ނޫނީ މިަކމުން މިޤައުމައް ދިމާވާ ގެއްލުމުގެ ބޮޑު ޒިންމާއެއް އުފުލަންޖެހޭ ބަޔެއް ކަމްވާނެ؟
    މިސްތަޤްބަލް ގެއްލުވާނުލާ މިޔަދުގެ އަމިއްލަ އެދުމައް...

    38
    2
  2. ހީލައްތެރިން

    މަކަރާ އި ހީލަތުން ރަށްޔަތުންގެ ހަތަރެސް ފަ އި ބަދެލަނީ.

    68
    3
    • ބަބޫ

      ކީއްކުރެވޭނީ. ބޭނުން އެއްޗެއް ހަދާލާނީ. ކަލޭމެން ދެންވެސް ލާރިކޮޅެއް ދޭއިރަށް ވޯޓް ވިއްކާނެ. ބޭނުންގޮތެއް ބޭނުން އެއްވެއް ހަދާނީ.

      32
      9
  3. ކޮވިޑް

    އެދުވަހުން ކިޔާނީ އިންޑިއާ ބޭރުކުރޭ އޭރަށް އޯކޭނު؟ ކޮންމެ ބިލެއް ފާސްކުރިޔަސް ކިޔާބީ ކިޔަން ބޭނުން އެއްޗެއް ލާދީނީ ބައިގަނޑާ ދިމާއަށް.

    42
  4. ލޫޓުވާ

    އަމިއްލައަށް ކަރަށް ފައްތާނެ މަޅިއަކާއި އަނގަމަތީ އަޅާ ޓޭޕް އަމިއްލައަށް ތި ތައްޔާރުކުރީ. ދެން އަންނަ ވެރިކަމެއްގަ ޗައިނާ ގެނެސް ލާދީނީ މީހުން ހިފާ ހައްޔަރުކުރާނަށް.

    34
  5. ކަހުރަބު

    ފްރީ ޕަލެސްޓަ އިން / ކަޝްމީރް ކިޔޭނެބާ

    27
  6. ލލ

    ޔަހޫދީން އަޑީގައި ތިބެގެން ދިވެހިން ފަލަސްތީނަށް ތާޢީދު ކިރާތީ އެކަން ހުއްޓުވަން ކުރާ ކަމެއް !

    33
    1
  7. އުގުރި

    އަޑު ހަރުކޮށް ބަންގިގޮވުމާ، އަޑު ހަރުކޮށް ﷲ އަކުބަރު، ކިޔުއް ވެސް ނަފުރަތަކައް ވެދާނެ.

    35
    2
  8. ނާދު

    ދެން މިކަމުން ސަލާމަތްވާނީ ރައްޔިތުން މަގުމައްޗައް ނުކުމެގެން

    37
    1
  9. އިންޑިއާ އައުޓް!

    ތިއޭ ތިބިލުގެ އަސްލު ބޭނުމަކީ!

    32
  10. Anonymous

    2023 އައް ތައްޔާރުތޯ ސުވާލަކީ.

    32
    1
  11. އަހުން

    ހިސާން ހީކުރަނީ ޢޭނާ އެކަންޏަން ކަން ލިޔަން ކިޔަން އިނގެނީ، އިސްލާމް ދީނޭ ކިޔާގެން އަގަ ފުޅާ ކުރާއިރު ކީއްވެ އިސްލާމީ ޝާރީއާގެ ވާހަކަ ދައްކަން ބިރުގަންނަނީ. ތި މާއްދާ ވާނީ އުފެދުނަސް ވޮއިޑް މާއްދާއަކަށް. ސަބަބަކީ ގާނޫނު އަސާސީގެ މަސްދަރަކީ އިސްލާމް ދީނާ ގުރުއާނާ ސުންނަތް ކަމަށް ވާތީވެ. ހިސާނު މެންނަން ހީވާ ކަހަލަ ބޭނުންހާ ކަމެއް ކުރެވޭނެއޭ. ތިޔައް ކިޔަނީ ހިޔަންޏަށް މުޑިނެގުން.

    34
    2
  12. ކޮރަލް

    ޑިމޮކްރަސީގެ މާނަ އޮޅުވާލައިފި އެވެ. ދެންކިޔަންވީ އެހެން ނަމެކެވެ.

    33
  13. މަބޭ

    ތިބިލް ފާސްވަންދެން ރައްޔިތުން މަގުމައްޗައްނުކުމެ މުޒާހަރާކޮެްފާނެތީ ކާފިއު އުވާނުލާނެ

    29
  14. މުހައްމަދު ޝާހް، ރ.ވާދޫ

    ރީތިކޮށްފަ ކޮން ނަފްރަތު ބިލެކޭ ކިޔާކަށް! ހަމަ ލާދީނީބިލް ތީ!

    31
    1
  15. އޮޅުވާލި ވޯޓު

    ލަާދީނީ ބައިގަދުން ރައްޔިތުންގެ އަތާފަޔާ ދޫވެސް ބަދެލަނީ މިގަުމުގަ އިންޑިއާ މީހުން ވަޒަންވެރިވެގެން ތިބ3ންމް އިންޑިއާ އައުޓު ކިޔޭނެ ލާދީނީ މީހަލައް ލާދީނީ ނުކިއޭންމަ މުސްލިމްކައް މުސްލިމެކޭ ވެސްކީގެން ނުވާނެތާ

  16. Anonymous

    މި ސަރުކާރުގެ މަތި ފަޑީގައި މިވަގުތު ތިބީ ބަންގިއަށް ވަރަށްބޮޑަށް ނަފުރަތު ކުރާ ބައެެއް. ހުކުރު ޚުތުބާ އާއި ނަމާދާއި ރޯދަހިފުމާއި ޒަކާތްދިނުމާއި ހައްޖުވުމާއި ޖިހާދު ކުރުމަށް މަލާމާތްކޮށް ޖޯކުޖަހާ ބައެއް

  17. އަލީ

    މިފެންނަނީ އަނެއް ދިވެހިރާއްޖެ. އެތަނަށްދާން ތާއީދު ކުރެއްވީމެއްނުންތޯ؟

  18. ޙަސަނާ

    ކިތައްމެ ރުޅިއަޔަސް މުސްލިމުންނަށް ކާފަރަށް ގޮވުމާ ފުރައްސާރަކުރުން މަނާކުރެއްވީﷲ އާއި މިއުއްމަތުގެ ރަސޫލާ. ބާރަށް ކާފަރުގޮވާބަހައްޓާ. ޤިޔާމަތްދުވަހު ޖަވާބުދާރީވާން ތައްޔާރަށް ތިބޭ...

    1
    2
  19. އަހުމަދު ނީޒް

    ޚިޔާލް ފާޅު ކުރެވޭނެ ނުކުރެވޭނެ. ކޮބަ އި ޚިޔާލް ފާޅު ކުރުމުގެ ފުރުސަތު ދެވިފަ. ބަޔަކު އަހަރެމެމެންގެ ގެޔަށް ވަނީ ނުރުހުމުގަ ވި އްޔާ ނިކުންނަން ނުބުނެވެންޏާ އަމަ އޭ ތަ ކިޔަންވީ. މިތާ ހެދޭ ޤާނޫނު ތަ އް ހުންނަނީ އަމި އްލަ ރަ އްޔިތު މީހާ ހަލާކު ކޮށްލާފަ ބޭރު މީހުންނަށް ކަންކަން ފަހިވާ ގޮތަ އް. މި ހަދާ މީހުން ހީކުރާ ކަހަލަ އަބަދު ބާރުގަ ތިބެވޭނޭ. މާދަން މިޤާނޫނުގެ އުނދަގޫ ތިބާ އަަށް ޖެހުނީމަ އިނގޭނީ ރަ އްޔިތު މީހާ ކުރާ ހިތާމަ. 2023

  20. މަރީ

    އަމައްޔާތް. ކުރާ ހުރިހާ ނުބައި ކަމެއްގެ ވާހަކަ ގޮވާނަން😲