މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ. ހޮސްޓޮކްގައި ކަމަށާއި ރޯވެފައިވަނީ އެގޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 16:04 އެހާކަންހާއިރު ކަމަށާއި ރިޕޯޓް ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފަޔަރު ޓީމުން އެތަނަށް ހާޒިރުވެ އަލިފާން ނިވާލާފައިވާ ކަމަށް އެމްއެމްޑީއެފުން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާގެ މަންޒަރު ދުށް މީހަކު "ވަގުތު" އަށް ބުނީ، އަލިފާން ރޯވެފައިވަނީ އެ އިމާރާރުގެ ފަސް ވަނަ ފަންގިފިލާގެ ޓެރެސްގައި ހުރި ލަކުޑި ތަކެއް ގައި ކަމަށެވެ. އަދި އެ ލަކުނޑިތައް އެއްކޮށް އަނދާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.