ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ހަށިފާރަވެރިން ކަރަންޓީނުގައި ތިބި ގެއަކަށް ބަޔަކު ވަން މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަހީދުގެ ހަށިފާރަވެރިން ކަރަންޓީނުގައި ތިބީ ހަނިމާދޫގައި ހުންނަ ނޫވިލު ނަމަކަށް ކިޔާ ގެސްޓްހައުސްއެއްގައެވެ.

ހަނިމާދޫ ކައުންސިލްގެ މެމްބަރު އަލީ އިބްރާހިމް "ވަގުތު" އަށް ވިދާޅުވީ، އެރަށުގައި ކަރަންޓީނު ކޮށްފައި ހުރި ގެއަކަށް ދެ މީހަކު ވަން މަންޒަރު އޭނާއަށް ފެނުނު ކަމަށާއި އެހެން ނަމަވެސް އެއީ ސިފައިންގެ ބޭފުޅުން ކަމެއް ނުވަތަ ހަށިފާރަވެރިން ކަމެއް އެނގި ނުލައްވާ ކަމަށެވެ.

އެ މީހުން އެގެއަށް ވަދެފައި ނިކުތް ގަޑީ ފުލުހުން އައިސް އެ މީހުންގެ ނަން ނޯޓުކޮށް، ޖޫރިމަނާ ކުރާނެ ކަމުގެ ވާހަކަ ދެއްކި ކަމަށް އަލީ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ޖޫރިމަނާ ކޮށްފައިވާ ކަމެއް އެނގި ނުލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ޑރ. ވަހީދުގެ ބޮޑީގާޑުން ކަރަންޓީނުގައި ތިބި ގެއަށް ވަން ދެ ބޭފުޅުން ޖޫރިމަނާ ކުރަން ނަމާއި އެއްޗެހި ނޯޓު ކުރި. އެގަޑީ ފުލުހުން ބުނީ ޖޫރިމަނާ ކުރާނެ ކަމަށް ބުނި." އަލީ ވިދާޅުވިއެވެ.

އެގޮތަށް އެ މީހުން އަމަލު ކޮށްފައިވާއިރު، އުސޫލުތަކާއި ހިލާފަށް އެއަތޮޅު ބާރަށަށް ދިޔަ ބަޔަކު ވެސް ފުލުހުން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެހެން ކަމުން އަލީ ވިދާޅުވީ، އެއީ އެ މީހުން ކަމަށް ވެސް ވެދާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަނިމާދޫން ބަޔަކު މީހުން ޖޫރިމަނާ ނުކުރާ ކަމަށާއި އެހެން ނަމަވެސް އުސޫލުތަކާއި ހިލާފަށް ބާރަށަށް ދިޔަ މީހަކު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެ މީހުން ޖޫރިމަނާ ކޮށްފައި ނުވާއިރު، އަލީ ވިދާޅުވީ، ރަށުގެ އެހެން ރައްޔިތުންނެކޭ އެއްގޮތަށް ކަރަންޓީނު ކޮށްފައިވާ ގެއަކަށް ނުވަތަ އުސޫލުތަކާއި ހިލާފުވާ ފަރާތްތަކުން ޖޫރިމަނާ ކުރާނެ ކަމަށް ނުވަތަ ކަރަންޓީނު ކުރާނެ ކަމަށް އިދާރާތަކުން ބުނި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ......

    ތިހެންވީނައޭ އިސްލާނީ ޝާރީއަތް ގެންނަންވީ....ތަފާތު ފެންނާނެ....އަދުލު އިންސާފު އެހެން ގޮތަކުން ލިބޭނެ ކަމަށް ހީކުރުމަކީވެސް އިލްމާއި ފުށުއަރާ ކަމެއް

    3
    1
  2. ކޮރަލް

    ވަހީދުގެ ގަނޑުވަރެއް ހުންނާނެ އެވެ.

    2
    1