"ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ މަގާމަށް ސަބްރާ އިބްރާހީމް ނޫރައްދީން، މިއަދު އައްޔަނުކުރައްވައިފިއެވެ.

އެ މަގާމަަށް ސަބްރާ އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. އޭނާ މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.

ސަބްރާއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލަންޑަންގެ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްއިން މާސްޓަރސް އޮފް ސައިންސް އިން ސްޓޭޓް، ސޮސައިޓީ އެންޑް ޑިވެލޮޕްމަންޓް ޙާޞިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

އޭނާ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް މަގާމަށް އައްޔަނުކުރެއްވުމާއި ހަމައަށް މަސައްކަތްކުރައްވާފައިވަނީ ރަައީސް އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސްގެ މަޤާމުގައެވެ. އަދި ސަބްރާ އަކީ މީގެކުރިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޮލަމްބޯގެ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސްގައިވެސް މަސައްކަތްކުރައްވާފައިވާ ބޭކަނބަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަށަހެދި

    އެކަމު އެ ފަޒުނާ ބުނި އޭނަ ފިރިމީހާ ރައީސްކަމައް ހޮވިގެން ތިމަންނަގެ އެއްވެސް ރައްޓެއްސަކުވެސް ތިމަންގާތު ނުބުނައްޗޭ ވަޒީފާ ހޯދަން. ޢެކަމު މިައަދު މީނަގަ ތިމާގެ މީހުން ބޮޑެތިމާގާމުތަކުގަ މުޅިން. މައުމޫނު މިރައީސް ކައިރީ މިކަމުގަނުވޭ އެކައްޗަކައް.

    13
    1
  2. މާމީ

    މިސަރުކާރައް ނޫޝިން އާއި ސަބުރާ ނޫނީ ވަޒީފާ އަކަށް ކުފޫ ހަމަވާ އަންހެން ބަޔަކު ނުތިބޭނެ ކިހާ ހެއްވާކަމެއް މިއޮތީ.

    16
  3. ގާނިމް

    އެންވާރަމަންޓް ޑްރާމާ ކުޅެންލީ މިނިސްޓަރު ޝައުނާ އާ އެކު ދިވެހި ރައްޔިތުންގެ ފައިސާއިން ޔޫރަޕަށް މަޖާނަގަންދާން ހަމަޖައްސާދިން ވަޒީފާއެއްކަން އެނގޭ. ދެމީހުން ރައްޔިތުންގެ ލާރީގައި އަވަހަށް ދަތުރުފަށާ. ސްކޫލް ހޮލިޑޭއަށް ސޯލިހަކު ދިން ޕްރެޒެންޓެއް. ހިތުން އަންނި ދޫބަންދުކުރަން އެޖެންޓުން އޮންބޯޑް ކުރަނީ.

  4. ދިވެހި

    ލ ދީނީ ލ ދީނީ

  5. މޯޑު

    ސާބަސް ޞޯލިހޫ

  6. ތެދު

    އެމްޑީއެން ބޭފުލުން އުދުހެނީދޯ...!؟ ވައިޔާޒްބިﷲ ގައުމެއްނެތް.

  7. Anonymous

    ދައުލަތުގަ ބަޖެޓް ނެއްވާހަކަ ގަބޫލެއް ނުކުރައްވާނަން އަޅުގަނޑެއް.

  8. ސަންތިމަރީ

    މިކަހަލަ މީހުން ލައިގެން ސަރުކާރު ހިންގަން މިއުޅެނީ. މުޅިންވެސް މީގެ އެއްޗިސް ފެންނަނީ. ކަމެއް ދަމެއް އުޑެއް ބުޑެއް ނުދަންނަ މީހުން. އަދި އުޅޭނެ ހޮޓްބާ ޝައުނާއަކާ ދެން މި މީސްމީހުން އުޅޭނީ. މިއީ ކޮންބައެއް. އެއްވެސް އުރައްޕެއް ތަޖުރިބާއެއް ނޯންނާނެ.

    14
  9. ޑރ. ރާމީ ހަސަން ވައިނުޖެހޭގެއަގެ

    (1) އިބޫ ގެ ކަންތައް މިހާރު ލިމިޓުން ނެއްޓިގެން ތިޔަ ދިޔައީ. ހޭހަން ހުރި މީހުން އިބޫ އަށް މިގޮތަށް ކަންތައް ނުކުރުމަށް ނަސޭހަތްތެރިވެ، ބުނެދޭން އެބަޖެހޭ. (2) ސަބްރާ އަކީ އިބޫ އަންހެނުން ފަޒުނާ ގެ އެއްބަނޑު އެއްބަފާ ދައްތަ ޙަދީޖާ އަޙްމަދު ގެ ދަރިއެއް. މިއީ ވަރަށް ބޮޑަށް ބޭއިންސާފުން އިބޫ ކުރި ކަމެއް. (3) ކިތައް ކުދިން ތަ މާސްޓާރސް ޑިގްރީ ނަގައިގެން ވަޒީފާ ނުލިބި ގޭގައި ތިބެ، މައިން ބަފައިން ކާންދިނީމަ ބޯންދިނީމަ އުޅެނީ ؟ އިބޫ އަށް މިކަން ނޭންގެނީ ތަ ؟ (4) ނޭންގޭ ނަމަ، އިތުރަށް އިބޫ ގެ ޢާއިލާ މީހަކަށް ވަޒީފާ ނުދެނީސް މިކަން ހުއްޓަން ބުނެދޭން އެބަޖެހޭ. (5) ވަޒީފާ ގަނޑެއް މީހުންނަށް ނުލިބި، ޑަސްބިން ހޮވާ ކާއިރު އަދިވެސް އިބޫ އަންހެނުން ގެ އެއްބަނޑު އެއްބަފާ ދަރިއަށް-ތަ ވަޒީފާ ދޭންވީ؟ (6) އިބޫ ގެ ބޭއިންސާފު ވެރިކަން ހައްދުން ނައްޓައިފި. (7) އިބޫ ވެރިކަމުން ބޭލޭނެ ގޮތެއް ހޯދަން މަޖުބޫރު ވެއްޖެ.

  10. ބަރިތަ

    ސިއްކަ މޮހޮރީ އޭ ކިޔައިގެން ޓްވިޓައައް އަރާ އެފް ވަރޑް ނުލާ އެއްޗެއް ނުބުނެވޭ އަންހެނެއް. މިހާ އަޚްލާގް ފެންވަރުދައް، އިގިރޭސި ވިލާތައް ގޮސް ކިޔެވީ ފިލްތް ގޮވަން. އަގަހަޑިވި ވަރަކައް މިޒަމާނުގަ ރުއްގިނަވާނެ.