އައްޑޫސިޓީން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ ހަވީރު 18:00 އާއި ހަމައަށް އެސިޓީން ފައްސިވެފައިވާ ހަތް މީހުންނަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ.

މިއާއި އެކީ އައްޑޫން ފައްސިވި މީހުންގެ އަދަދު ވަނީ 389 އަށް އަރާފައެވެ. އައްޑޫން ގިނަ އަދަދެއްގެ ބަޔަކު ފައްސިވި ނަމަވެސް، މިވަގުތު މި ބައްޔަށް ފައްސިވެފައި ތިބީ 86 މީހަކު ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައްޑޫގެ އަވަށްތަކަށް ބަލާއިރު، ހިތަދޫން މިހާތަނަށް 83 މީހަކު ފައްސިވެފައިވާއިރު، މަރަދޫން ދެ މީހަކު އަދި ފޭދޫން އެކަކު ހިމެނެއެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 301 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލި ޖެހުނު އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އައްޑޫން ކޮވިޑް ޖެހިގެން މިހާތަނަށް ދެ މީހަކު ވަނީ ނިޔާވެފައެވެ.

ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެސިޓީން ވަނީ 7،758 މީހެއްގެ ސުންކު ނަގާފައެވެ. އޭގެ ތެރެއިން 282 ސުންކު އަކީ އަލަށް ނަގާފައިވާ ސުންކަށްވާއިރު، މި ސުންކުތަކުގެ ތެރެއިން 459 ސުންކަކީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާ ވެގެން ނަގާފައިވާ ސުންކުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްޗޭ

    އައްޑޫ އެއްނޫން. ހިތަދޫއިން. އެހެން ރައްރައް އާންމުހާލަތުގަ. ފައްސި ނުވާތާ 2 ހަފްތާ ވަނީ. ނަމަވެސް ނަޒީރުގެ އެންގުމައް އެއްވެސް ލުޔެއްނުދީ ރައްޔަތުން ހަނާވަނީ.