މުސްލިމަކު ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ދީނާއި ފުށު އަރާ ބައެއް ކަންކަން ހުރި ކަމަށް ފަތުވާ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ފޮނުވި އެ ބިލާ ގުޅިގެން، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެންގެވުމަށްކައި ފަތުވާ މަޖިލީހުން ވަނީ އެ ބިލްގައި ދީނަށް ފުށު އަރާ ކަންކަން ހުރިތޯ ބައްލަވާފައެވެ.

 

އެގޮތުން ޑރ. ޒާހިރު "ވަގުތު" އާ ވާހަކަ ދައްކަވަމުން ވަނީ އެ ބިލުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ނުވަތަ އެހެން އެއްވެސް ގާނޫނަކަށް ފުށު އަރާ ކަމެއް ހިމެނޭތޯ ފަތުވާ މަޖިލީހުން ބަލާނެ ކަމަށް ވިދާޅުވެފައެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން ޑރ. ޒާހިރު މިއަދު ވިދާޅުވީ، ނަފްރަތުގެ ބިލް އޮތީ ދީނަށް ފުށު އަރާ ގޮތަށް ކަން ފަތުވާ މަޖިލީހުން ލަފާ ދެެއްވުމަށްފަހު ސިޓީއެއް އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ސިޓީގައި ވަނީ އެއީ ދީނީ އެއްބައިވަންތަ ގާނޫނާވެސް ހިލާފު ކަމެއްކަމަށްވެސް ފާހަގަކޮށްފައި ކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.

އަދި މިނިސްޓަރ ވަނީ ރައްޔިތުންގެ މަޖިލީހުން އެ މިނިސްޓްރީގެ ލަފަޔަކަށް އެދިފައިވާކަމަށް ވިދާޅުވެފައެވެ. އަދި މާދަމާ ލީގަލް ޓީމާއި ބައްދަލު ކުރައްވާ ލަފާ އަރުވާނެ ވާހަކަވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ޑރ ޒާހިރު ވަނީ ބިލް ހުށަހެޅީ މިނިސްޓްރީގެ ލަފާ ހޯއްދެވުމެއް ނެތިކަން ފާހަގަކުރައްވާފައެވެ.

އެ ބިލާއި ގުޅިގެން އޭގައި ލާދީނިއްޔަތު ފެތުރުމުގެ ޖާގަ އޮތް ކަމުގައި ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

ފަތުވާ މަޖިލީހަކީ ފަސް އިލްމުވެރިންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. ފަތުވާ މަޖިލީހުގެ ރައީސަކީ ޑރ. މުހައްމަދު ރަޝީދު އިބްރާހިމްއެވެ. ދެން ތިއްބަވަނީ ޑރ. މުސާ އަންވަރު، ޝޭހް ހަސަން ތައުފީގް އަދި ޝޭހް އިބްރާހިމް އަހްމަދު އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާ ޝޭހް އިސްހާގު މުހައްމަދުފުޅުއެވެ. މި ބިލާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ސަރުކާރުން އެ ބިލު ހުށަހެޅީ ވަކި ފަޅިއަކަށް ބުރަވެގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެ ބިލުގެ ސަބަބުން ދީނަށް ފުރައްސާރަ ކުރުން އާންމު ވާނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބޭޗާރާ

    ހަކުރާގޭގައި އުޅޭ މީހުންނަށް އަޑު އިވިއްޖެތޯ. ހަދީސް ބަލާފައޭ ކިޔާފައި ހެދި ދޮގު ފަޅާއެރިލެއް ލަސްތޯ. މީހަކާ ދިމާލަށް ލާދީނީއޭ ބުނުމަކީ ދީން ހުއްދަކުރާ ކަމެއް. މީހަކާ ދިމާލަށް މުނާފިގެކޭ ބުނުމަކީ ދީން ހުއްދަ ކަމެއް. މީހަކާ ދިމާލަށް ފާސިގެކޭ ބުނުމަކީ ދީން ހުއްދަކުރާ ކަމެއް. ލިވާޠުކުރާ މީހަކާ ދިމާލަށް ލިވާޠުކުރާ މީހެކޭ ބުނުމަކީ ދީން ހުއްދަ ކުރާ ކަމެއް. ޒިނޭކުރާ މީހަކާ ދިމާލަށް ޒިނޭކުރާ މީހެކޭ ބުނުމަކީ ހުއްދަ ކަމެއް. ރާބޯ މީހަކާ ދިމާލަށް ރާބޯ މީހެކޭ މަސްތުވާ މީހެކޭ ބުނުމަކީ ދީން ހުއްދަ ކުރާ ކަމެއް. މިކަންކަން ކިތަންމެ ވަރަކަށް މަނާކުރަން އުޅުނަސް ނުވާނެ. މާ ޑިމޮކްރެޓިކް ބަޔަކަށްވެގެން އުޅެފައި، ސީދާ ދިވެހިންގެ އަނގަމަތީގައި މަލަންގަނޑެއް އަޅަންވެގެން ހަދާ ގާނޫނެއް.

    30
  2. ޔާސިރު

    الحمد لله

    18
  3. ފަތުވާ

    މާދަމާ އަވަހަށް ފަތުވާ މަޖިލިސް އުވާލަން ބިލެއް ހުށަހަޅާ. އަވަހަށް ބުނޭ އެއީ ތަނެއް ދޮރެއް ނުދަންނަ ބައެކޭ. ދީން ނުދަންނަ ބައެކޭ. އަނިޔާވެރި ބައެކޭ. ހަރުކަށި ފިކުރު ފަތުރާ ބައެކޭ. ޖަރުމަނުގައޭ ދީން ދަންނަ މީހުން ތިބީ.

    26
  4. ......

    ދީނީ ކަންކަން ދީނީ އިލްމުވެރިނަށްވުރެ ބޮޑަށް ރަނގަޅަށް އެނގޭ ކަމަށް ދައުވާ ކޮށް ދީނީ އިލްމުވެރިންނާ ދެކޮޅަށް ހާއްސަކޮށް ދީނީ ކަންކަމުގައި ވާހަކަ ދެއްކުމަށްވުރެ ބޮޑުފިތުނައެއް ނަފުރަތު އުފެއްދުމެއް ކޮބައިތޯ....

    23
  5. ކަނބާލި

    މާދަމާ ތިޔަބަޔަކާ ބައްދަލުކުރަން ވަޑައިގަންނަވާއިރު ފޮށިތަންމަތި ބަދެފަދުރުވާތި

    16
  6. ާަެެައބދ

    ތިބިލަކީ ގޯސް އެއްޗެއް!!!!!!ފަތުވާ މަޖިލިސް ގަެުމުގެ މާލިއްޔަތު ކައިހުސްކުރާއިރު އަޅާނުލާތިބެނީ ތިމާމެންނައްވެސް ބޮޑުމުސާރައެއް ލިބޭތީ ކަމުވުން ވަރައް ލަފާކުރެވޭ ދީނުގަ ޗެކު އެންޑުބެލެންސް އައް ބާރުއަޅާފަ ނެތީބާ !!!!!! ނާއިންސާފު ކޮރެޕްސަން ބަދަލުގެ ނަމުގަ ޚަޒނާ ލޫޓުވުން މިވަރައް އާއްމުވެފައިވާއިރުވެސް އަނގައިން ނުބުނެ މިޖަރީމާތަކުގަ ބައިވެރިންގެ ގޮތުގަ ދިރިއުޅެމުން ދާތަން ފެނިގެންދަނީ ވަރަށް ހިތާމަކުރަން .......!!!!!!

    9
    2
  7. ތިބިލް

    ތި ބިލު އަދި ފުރިހަމަވީސް ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް ހެދުން އެޅުމަކީ މުޑުދާރު ކަމެކޭ ބުނާ މީހާއާ ދިމާލަށް އޭނާ އެ ބުނީ މުރުތައްދު ވާހަކައެކޭ ބުނާ މީހާއަކީ ޖިނާއީ ބޮޑު ކުށަކަށް އަރައިގަނެފައިވާ މުޖުރިމެއް ކަމުގައި ކަނޑައެޅި އަދަބު ދެވޭނެ ކަމާއި އާންމު ޕޯޑިއަމްތަކާއި ބައިނަލްއަގުވާމީ ޕޯޑިއަމް ތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމް ދީނުގެ ހުކުމްތަކަށް ޖޯކު ޖަހައި އަމިއްލައަށް ކިޔޭ ނުކިޔޭ ނޭނގޭ ހާލު މުރުތައްދުވުމަކީ ޤައުމީ އެވޯރޑް ވެދުން ކުރެވޭނެ އަދި ކުދިން ކިޔަވައި ފޮތްތަކުގައި ރަން އަކުރުން ފަވާލެވޭނެ ކަންތައްތއް ކަމުގައި ބަޔާން ކޮށްފައި އޮތްނަމަ.

  8. ރެފްރީ

    ސުބުހާނަﷲ ފަތުވާމަޖިލީހުގެދުވަސް ތިޔަދިޔަ އީހެންހީވަނީ ؟

    17
  9. އަހުމަދު

    އަލްމުވެރިންނައްވުރެ ހިސާން އައް މާ އިނގެޔޯލަ

    17
  10. ޙހހހ

    ދެން ހިސާން މިކިޔަނީ ކީކޭބާ ؟ ކޮންދީނެއްގެ ބަޔަކާއޭ މަސްވަރާކުރީ ބިލް އެކުލަވާލަން

    18
    • އަހުމަދު

      ލާ ދީނީ މީހުނާ ކަމައްވާނީ

      15
      2
    • ޜަނާ

      ލާދީނީ މީހުނާ ހިސާން މަޝްވަރާ ކުރީ

    • ޑެޑުއހފޯސް

      ޙުސޭނުބޭ ކަމުގައި ވެދާނެ

  11. ފަޓާސްދޮންބެ

    މިއީ ސީދާ ލާދީނީ ސަރުކާރު އަޑީގައި އޮވެގެން ލާދީނީ މީހުންލައްވާ ކުރުވާ ކަމެއް. ލާދީނީ ބިލާހެދި ގިނަބަޔަކު ކަންބޮޑުވެގެން އުޅޭއިރު ލާދީނީ އެމްޑީޕީ އާއި ލާދީނީ ފިކުރުގެ މަދުބަޔަކު މި ބިލަށްތާއީދު ކުރަނީ އެމީހުންގެ ސެކިއުލަރ ވިސްނުން މިރާއްޖޭގައި ފަތުރަން. މިއީ ހިތާމަހުރި ކަމެއް. ލާދީނީ އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެފަހަރަކު ދީނާ ކުޅެ ފުރައްސާރަކޮށް ހަޖޫ ޖެހުން މިއީ އެންމެން ދަންނަ ބޮޑު ސިއްރެއް..

    23
  12. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    ހީވެއްޖެ ކަމެއްހެން! މިއީ އަލިރަސްގެފާނާއި، ދޮންބަންޑާރައިންނާއީ، މުހައްމަދު ތަކުރުފާނާއި، ޝަހީދު ހުސައިން އާދަމުވެސް އުފަންވި ބިން، ބިލްހަދައިގެން ބަޔަކު ކާފަރުވެގެން އުޅުނަސް ގައުމު އަލުން އަނބުރާ އިސްލާމްކަމަށް ގެންނާނެބަޔަކު ތިބޭނޭކަމާމެދަކު ޝައްކެއްނެތް. މިތާތިބެގެން އިސްލާމްދީންނޫން ދީނަކަށް އުޅޭނެ ކަމެއްނެތް. އަދި އިސްލާމް ދީނަކީ ޕާކިސްތާނާއި، އަޣާނިސްތާނާއި އިރާގާއި ސީރިޔާގައި އެއުޅޭމީހުން އުޅޭގޮތަށް އުޅުންކަމަށް ދެކޭމީހުންވެސް އަވަހަށް މިތަން ދޫކޮށްފަ އެތަންތަނަށް ދޭ، މިއީ ދޮންމޮހަނާއި، ހަސަންކޮޔާއި، އާމިނާދީގެ ގައުމަށް ވީފަދައިން މަގޭވެސް ގައުމު. މިތަން ދިރުވައެއްނުލެވޭނެ. އަޅުވެތިވެސް ދެނެއްނުކުރެވޭނެ. ޑިމޮކްރަސީ އަކީ މިހާރު އުފައްދައިގެން އުޅޭއެއްޗެއް. އެއީ ދީންދަންނަ އެއްޗެއްނޫން. ރައްބުނަށް ރަޙްމާނު ބާވައިލެއްވީ ކީރެތި ޤުރުއާން، ޑިމޮކްރެސީއެއްނޫން. ޤުރުއާނުގައި ނެތް އަމިއްލަޔަށް މީހުންކާފަރު ކޮށް ލޭހުއްދަކޮށް ކަތިލާކަށްވެސް. ޢެކަމެއް ނުކުރެވޭނެ. މިތާގައި މަދީ އެގްޒެކިއުޝަން. އިސްލާމީ ޝަރީއަތް ފުރިހަމައަށް ޢަދުލަށް ހިންގީމަ ނިމުނީ. އެކަންދަންނަކަމަށް ހެދިގެން އުޅޭމީހުން ދެކޮޅުންކަނީ.

  13. އަބްދޫ

    ރާވަމުންދާ ބިރަކާނުލާ މަޖާ ޕްރޮގްރާމް ގަ ރޭވިފަ ހުރީ މުޅުންވެސް އެކަމެ އް ކުރުމުން ފާފަ ވެރިވެ ދީނުން ބޭރުވާ ކަންކަމަށް ވެ އްޖެ ނަމަ އެމީހުން ވާހުށީ ތަ އުބާ ސޫރަތުގެ 65،66 މިދެ އާޔަތުގަ ވަާ ފަދަ މީހުނަށް.

  14. މުހައްމަދު

    ދީނީ ޢިލްމު ވެރިންގެ ބަސް ދޫކޮށް ޢާޒިމެއް ކަމުގަ ވިއަސް ތިމަ ތިމާވަރެއް ނެތިގެން އުޅުން ވަރަށް ހަޑި ތިޔަ ބިލަކީ އިސްލާން ދީނުގެ ކަންތަށް ތަކާއި ގުޅުވައިގެން ހުށަހަޅައިގެން އުޅޭ ބިލެއް ނޫންބާ ދީނީ ޢިލްމު ވެރިންގެ ނިންމުން ތިކަމުގައި މަޖިލިހަށްވުރެ މުހިއްމުވާނެ

  15. މަސީޙު

    ފަތުވާ މަޖިލިސްއަކީ މަޖިލީހިހެއޮތުމެނަމުގައި އޮންނަމަޖިލީހެއްނޫން އެއީ ދީނީ އިލްމުވިރިން
    ތިއްބަވާ އެކަމަށް އެކަށީގެންވާ ބޭފުޅުން ތިއްބަވާ މަޖިލީހެއް ވީމާ، ކަމަށްގާބިލްބޭފުޅުން ،،،،،