އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށް އެމްޑީޕީގެ ފަރާތުން 860 މައްސަލައެއް ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށް މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ވައިސް ޗެއަރޕާސަން އަލީ ނިޔާޒު ވިދާޅުވީ، ވޯޓާސް ލިސްޓުން ފާހަގަކުރެވިފައިވާ މައްސަލަތައް މިއަދު އިލެކްޝަންސް އަށް ހުށަހަޅާފައިވާ ކަމަށާއި، ހުރިހައި މައްސަލައެއް އެ ކޮމިޝަނުން ބަލައިގަނެފައިވާ ކަމަށެވެ.

އަލީ ނިޔާޒު ވިދާޅުވީ މި ލިސްޓުގައި، 18 އަހަރު ނުފުރޭ ކުރިންގެ ނަން ލިސްޓުގައި ހިމެނޭ 711 މައްސަލައަކާއި މަރުވެފައިވާ 10 މީހެއްގެ ނަން ހިމެނޭ މައްސަލައެއްގެ އިތުރުން ތަކުރާރުކޮށް ނަން އޮތް 38 މީހެއްގެ މައްސަލަ މިއަދު ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން އެޑްރެސް ދިމާނުވާ ތިން ފަރާތެއްގެ މައްސަލަވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ނިޔާޒު ވިދާޅުވީ މި މައްސަލަތަކުގެ އިތުރުންވެސް، އިތުރު މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ މިރޭ 10:00 ގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަވުމުގެ ކުރިން އިލެކްޝަންސް އަށް އެކަން ހުށަހަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅާލާ

    ކޯއްޗެއްތޭ. ވޯޓާސް ލިސްޓަށް 800 އަށް ވުރެ ގިނަ ޝަކުވާ އެމްޑީޕީން ހުށަހަޅައިފިއޭ އެހެންތޭ ކޯއްޗެއްތޭ ކޮން 800 ޝަކުވާއެއްތޭ ބޮޑު އެއް 800 ޝަކުވާ އޮންނާނީ އިނގޭތޭ ތަމެން ތިޔާ 800 އޮޅާލަބަލަ ދެން އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ

  2. ހެވެނީ

    ދެން.