އިދިކޮޅު އިންތިޒާމުކޮށްގެން ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ކެއުމަށް ގެނައީ ކުނިވެފައި ހުރި ތަކެތި ކަމަށް ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

މިހެން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން ނެރުއްވި ނޫސްބަޔާނެއްގައެވެ. މިނޫސްބަޔާނުގައި ބުނެފައިވަނީ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ ބޭފުޅުންނާމެދު ފުލުހުން ޢަމަލުކުރަމުންދާ ގޮތާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށެވެ. އަދި މިބަޔާނުގައި ބުނެފައިވަނީ ހައްޔަރު ކުރެވިފައިވާ ފަރާތްތަކަށް ކާންގެސްފައިވަނީ ކުނިިވެފައިވާ ތަކެތި ކަމަށެވެ.

"އަންގާރަ ދުވަހުގެ ހެނދުނުގެ ކައުމަށް ކުނިވެފައިވާ މަސްހުނި ދިންކަމަށާއި އަދި މެންދުރު މުއްދަތު ހަމަވެފައިވާ ދަޅުގައި ބަންދުުކުރި އަލަނާސި ދިނުމުން އެއިން އެއްވެސް އެއްޗެއް އެއްވެެސް ބޭފުޅަކު ބޭނުންނުކުރައްވާކަން އެނގިފައިވެއެވެ." މިބަޔާނުގައިވެއެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ސާފު ބޯފެން ނުލިބޭ ކަމަށާއި، ފާޚާނާ ތަށިގަނޑު ކައިރީ ހުންނަ އިސްކޫރަކުން ފެން ބޯން ޖެހޭ ކަމަށް އެނގިފައިވާކަމަށެވެ.

ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާޏުގައި ބުނީ އެއްވެސް މީހަކަށް، ރަހުމްކުޑަ، ލާއިންސާނީ، އިހާނެތިކަމެއްކޮށްގެން ނުވާނެކަމަށާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއްދީ އަނިޔާކޮށްގެން ނުވާނެ ކަމަށެވެ. ބަންދުކޮށްފައިވާ މީހުންނާމެދު ޢަަމަލުކުރަންވާނީ އިޙްތިރާމާއެކު ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެ އުސޫލުން ބަންދުކޮށްފައިވާ ފަރާްތްތަކާ މެދު ޢަމަލުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލާފައެވެ. އަދި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށްވެސް ވަނީ ގޮވާލާފައެވެ.

މިގޮތަށް އިދިކޮޅު ފަރާތްތަކުން ބަޔާނެއް ނެރެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އާއި، އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވު މިޒާހަރާތަކުން ޖުމްލަ 13 މީހުން ޤާނޫނީގޮތުން ފުލުހުންނަށް ލިބިދީފައިވާާ ބާރުން ހައްޔަރުކޮށް ދޫކޮށްލާފައިވާ ދަޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަބީޙާ / ހުޅުމާލެ

    ބަރާބަރު ! އިންސާނީ ގިންތިން ނުކުމެ ޖަނަވާރުންުގެ ގިންތިޔަށް ފޭބީމާ ދޭންވާނީ ޖަނަވާރުންގެ ކާނާ! މަނަމަ ދިނީހީ ހިރުނދުގަހު ފަތާ ، ފަޅޯހޮޅު!

  2. ރަބީޙާ / ހުޅުމާލެ

    މިތާ މިހިރަ ލަދުކުޑަ އަންހެނާޔަށް ކެރޭނެބާ އެގޮތަށް އޭނަގެ ދަރިޔެއްގެ ދޮޅިދަށަށް އަތްގަޅަން؟ ލަދުކުޑަކަމާ ޙަޔާތެއް ނެތްކަން!

  3. ގަޅި ރާއްޖެ

    ތިހެން ވާނީ ގޮސް ކާއްޓާ ނާއްޓާ ދޭތެރެއަށް ވަންނަން ޔާ!!

  4. ސޯދިގު

    ކާކު ގަބޫލުކުރަނީ އިދިކޮޅޭމެން ހަދާ ދޮގު؟

  5. ޏަލަ

    ދެންކިހިނެއް އިންސާފައް ކަމެއް ކުރެވޭނީ ކަލޭމެންގެމީހުން ވީމަ މިނަރަލްވޯޓާ އެހެންމީހުންނަށް ފާހާނާ ކައިރީ ހުންނަ އިސްކުރުން ބަލަ މުންސަނދިން ނާއި ފަގީރުން ސިޔާސީ ކަންކަމުގެ ތެރެއިން ޖިނާއީ ކުއްކުރާ މީހުންނާއި އެނޫން ގޮތަކައް ޖިނާއީ ކުއްކުރާ މީހުންންވެސް އެތަނުގަ ހަމަހަމަ ވާންޖެހޭނެ. ތިބުނާ މީހުން މޮޅީއާ ނިކަން މަހުސަރު ދުވަހުން ވެސް އެމީހުން ތިބޭނީ ގޮޑީގަ ކަންކަމުގަ ވަކާލާތު ކޮއް މޮޅެތި ގޮތްގޮތައް އެކްޓް ކުަރަންދޯ........

  6. ބެއްޔާ

    ދައްކާނެ ވާހަކައެއް ނޭންގިގެން ކިޔާއެއްޗެހި. މިހާރު ތިމީހުން ދައްކާ ވާހަކަ ގަބޫލެއް ނުކުރެވޭ