އައްޑޫ ސިޓީ މަރަދޫގައި ޒުވާން އަންހެނަކަށް ގެއިން ބޭރަށް ނުދެވޭ ގޮތައް ގަދަމުން ގޭގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް ބުނާ މައްސަލަ ފުލުހުން ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން ބަލަން ފަށައިފިއެވެ.
ފުލުހުން ދެންމެ ވިދާޅުވީ އަންހެނަކު ބޭރަށް ނުދެވޭ ގޮތައް ގަދަމުން ގެއެއްގައި ގެންގުޅޭ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތައް ބުނާ ގޮތުގައި 26 އަހަރުގެ އަންހެން މީހާ ގޭގައި ބަންދުކޮށްގެން ގެންގުޅެނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ ވަނީ "ކޮންމެވެސް ގޮތަކުން ހޯދި ފޯނަކުން" ފޭސްބުކްގައި އޭނާގެ ހާލަތު ބަޔާންކޮށް ލިޔުންތަކެއް ލިޔެފައެވެ.
އެއިން އެއް ޕޯސްޓެއްގައި ބުނެފައި ވަނީ 2016 ވަނަ އަހަރު އޭނާ ފިލައިގެން މާލެއަށް ދިޔައީވެސް އޭނާގެ މައިންބަފައިންނާއި އާއިލާ މީހުން އެގޮތަށް އަމަލު ކުރަމުންދާތީ ކަމަށެވެ. އޭރު އޭނާ ދިޔައީ ސީރިއާއަށް ދާން ކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާ ބުނެފައިވާ ގޮތުގައި މައިންބަފައިންނާއި ވަކިން އޭނާ އަށް ގެއިން ބޭރަކަށް ނުނިކުމެވެއެވެ. އިންޓަނެޓް ބޭނުން ކުރުމާއި ފޯން ބޭނުން ކުރުން ވެސް އޭނާ އަށް މަނާކޮށްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.
ޒުވާނާ ބުނެފައިވާ ގޮތުގައި އޭނާގެ ގެ ވަނީ ޖަލަށް ހަދާފައެވެ. ގޭގައި އިލެކްޓްރޯނިކް ތަޅެއް ހަރުކޮށްފައި ހުންނައިރު އެދޮރުގެ ތަޅުދަނޑި އޭނާއަކަށް ނުދެއެވެ. އޭނާ ބުނާ ގޮތުން މުޅި ގޭގައި ހުންނަނީ ސެކިއުރިޓީ ކެމެރާ ވެސް ހަރުކޮށްފައެވެ.
އޭނާ ބުނާ ގޮތުން އާއިލާ އިން އޭނާ ބަންދުކޮށްގެން ގެންގުޅެނީ އޭނާ "ހަރުކަށި ފިކުރު ގަބޫލުކުރާކަމަށް" ބުނެއެވެ. ނަމަވެސް އެކަން އޭނާ ވަނީ ދޮގުކޮށްފައެވެ.
އަންހެން މީހާގެ ސަލާމަތާއި ރައްކާތެރިކަމާއިމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ٱلْحَمْدُ لِلَّٰهِ . إِنْ شَاءَ ٱللَّٰهُ މިނިވަންވާނެ ވަރައް އަވަހައް.
އަންހެނުންނަށް މިނިވަންކަމަށްވުރެ ހެޔޮކަންބޮޑީ ގޭގަ ފަރުދާވެތިބުން. ފިރންޚިޔާރުކުރުމުގައި ނިރުބައާއިލާއަށް ނިސްބަތްނުވާ ސުންނީ މުސްލިމަކު އަތުލަފިކޮށް ކައިވެނި ކުރަންވީ
މައިންބަފައިން ދަރިން ބަލާބޮޑުކުރަނީ ނުހަނުލޯބިންނެވެ. ޢެކުދިންނަށް ރަނގަޅުތައުލީމަކާއި ތަރުބިއްޔަތު ދެނީ އުންމީދީ ދިރިއުޅުމެއް އާރާސްތުކުރުމުގެ މަގްސަދުގައެވެ. ޥަކިހިސާބަކުން ފެނިގެންދަނީ އެދަރިން އަމާބޮލުގައަޅާ ކޮއްޕާލަމުން ވަކި ޖަމަޢަތްތަކާގުޅި ފުރަފުރައިގެންދާ މަންޒަރެވެ. ސީރިޔާގެ ބަޝާރަތަށް އެނބުރިއާއިލާދޫކޮށްދާ މަންޒަރެވެ. މިފަދަ ޖަމާއަތްތަކާގުޅޭ ހިސާބުން ހުންނަނީ ފިރިހެނަކުވެސް ހޯދާކައިވެނި ރަންވެސް ކިޔާފައެވެ. ބަފާގެ ވަލީ އަކީ ބޭނުން އެއްޗެއްކަމަކަށް ނުދެކި ކައިވެނިވެސް ކުރަމުންދަނީއެވެ. މިކަން ހުއްދަކުރާ ގްރޫޕެއްވެސް އުޅޭނެއެވެ. ޢެބައިމީހުންނަކީ ސުންނަތް ފަރުޟުކަމަށްހީކޮށް ފަރުޟު ސުންނަތަށްވެސް ހަދަމުންދާ އިސްލާމްދީން ގެނެސްދީފައިވާ އަމާންކަން ނަގާ ލޭ އޮހޮރުން ހުއްދަކޮށްގެން ތިބި ބައިގަނޑެކެވެ. މިފަދަ ބައެއްގެ އަތްމައްޗަށް ދަރިންދޫކޮށްލާނީ ކޮންބައެއްތޯއެވެ. މިކަމުގައި އަންހެން ކުއްޖާއަށް ބޭނުންވެގެން އުޅޭ މިނިވަންކަމަކީ އެ ޖަމާއަތާއި އެކަނި ގުޅުން ބޭއްވުމުގެ މިނިވަންކަމެވެ.ކައިވެނި ކުރަންޖެހެނީވެސް ޓެރޮރިޒަމް ކުށުގައި ތިބިމީހުންނެވެ. ތެދެކެވެ. ދިރިއުޅުމާއި ދިރިހުރުމުގެ ހައްގު ކޮންމެމީހަކަށްވެސް ލިބިގެންވެއެވެ.
ހަރުކަޝި ވިޔަސް ސީރިއާއަށް ދާން އުޅުނަސް އިންސާނީހައްޤުން މަޙްރޫމްކޮށްގެން ނުވާނެ، ހަރުކަށީ ޢާއިލާ
މިހާރުވެސް ލާދީނީ އަންހެނަކު ތިހެން ބަންދު ކޮށްބަލަ؟
ހައްގު ތައް އުތުރި އަރާ އެކްޓިވިސްޓުން ކެކި އަރާނެ އެމީހާގެ ހައްގު ހޯދަން
އަންހެނަކު އެކަނިތޯގޭގަ ބަންދުކޮށްގެން އުޅެނީ !! ފިރިހެނުންވެސް މިތިބީގޭގަބަންދުވެފަ ނޫންތޯ؟؟؟؟
ހޯމް ކަރަންޓީން އޯކޭ؟
އެބުނާ ޕޯސްޓެއ އް ކިޔާލުމުގެ ފުރުސަތު ލިބުނު
މީހެ އްގެ ގޮތުން ބުނެވޭނީ ސީރިޔާ އަށް ދިޔަ ކަމަށްބުނެ އާއ އިލާ އިން ފުލުހުންނަށް ހުށަ އެޅިކަމަށް ބުނޭ. އަދި ތަކުރާރުކޮށް ކަ އިވެނި ކުރަން ހުރަސް އަޅަ އި ގޭގަަ އި ބަންދު ކޮށް، މު އާސަލާތީ ހިދުމަތްތަކުން މަހްރޫމް ވެފަ އިވާ ކަމަށް ބުނެފަ އިވޭ. ތިޔަމަ އްސަލަ ބަލަ އި އަންހެން ކު އްޖާ ބޭނުންވާ މިނިވަންކަން އަންހެން ކު އްޖާ އަށް ދީ ފަހުން ބޮނޑި އެއ އް ލިބުމުން މަ އިންބަފަ އިން ހޯދަން އއަންނާނެ..