ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ކައުންސިލްގެ އެހެން މެމްބަރުންނާއި ގުޅިގެން މަސައްކަތް ކުރާނެ މާހައުލެއް އުފައްދަން ބޭނުން ނުވާ ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ އިތުބާރު ގެއްލިފައިވާ ކަމަށް ކައުންސިލްގެ މެމްބަރުން މުހައްމަދު ޒަލީފް އަބްދުﷲ ވިދާޅުވުމުން އޭނާ އަށް ފިޔަވަޅު އަޅައިފިއެވެ.

އެމްޑީޕީ އަށް ނިސްބަތްވާ ސައުދު އަލީ އާއި ގުޅޭ ގޮތުން "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ޒަލީފް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޒަލީފަށް ފިޔަވަޅު އެޅިކަން ތިނަދޫ ކައުންސިލުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ތިނަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ޒަލީފް ކައުންސިލްގެ ރައީސާއި ކައުންސިލް މެމްބަރުންނާއި, އެއިދާއިރާގެ އެހެން މުވައްޒަފުން ބަދުނާމު ވާގޮތަށް, ކަންކަން ހިނގާފައިވާ ގޮތާޚިލާފަށް ނޫސްތަކަށް އިންޓަވިއު ދީފައިވާ ކަމަށެވެ.

ޒަލީފަށް އެޅި ފިޔަވަޅަކީ ރައްޔިތުން ނުތަނަވަސް ވާގޮތަށް ވާހަކަ ނުދެއްކުމަށް އަންގައި ޒަލީފަށް ނަޞޭޙަތްތެރިވުން ކަމަށް ކައުންސިލް އިދާރާ އިން ބުނެއެވެ.

ޒަލީފްގެ އިތުރުން ތިނަދޫ ކައުންސިލްގެ އެހެން މެންބަރަކު ވެސް ވަނީ ސައުދު އަލީ ކަންތައް ކުރާ ގޮތާއި ގުޅޭ ގޮތުން "ވަގުތު" އަށް މައުލޫމާތު ދީފައެވެ. އެކައުންސިލަރު މައުލޫމާތު ދިނީ ނަން ހާމަނުކޮށް ކަމަށްވާތީ އެކައުންސިލަރަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ތިނަދޫ ކައުންސިލުގެ އެހެން މެމްބަރަކު ވިދާޅުވީ، ސައުދު ކަންތައް ކުރައްވަނީ ސައުދު ބޭނުންފުޅުވާ ގޮތަށް ކަމަށާއި މެމްބަރުންނާއި އެއްވެސް ގޮތަކަށް މަޝްވާރާ ކުރެއްވުމެއް ނޯންނަ ކަމަށެވެ.

ތިނަދޫ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ ހަތަރު މެންބަރުންނާއި ޕީޕީއެމްގެ ތިން މެންބަރުންނެވެ. ޒަލީފަކީ ޕީޕީއެމް މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރާރާ

    ތިއެމްޑީޕީ މީހުންނަކައް އެމީހުންނާދެކޮޅައް މީހަކު އެއްޗެއް ބުނެފިއްޔާ ހަޖަމެއްނުވާނެ

  2. ސޮއި

    ތި ރައީސަކީ މާކަ ކަމުދާ މީހެެއްނޫން.
    މާސްކްއަޅަން މަޖްބޫރު ފުރތަމަ ފަހަރަށް ކުރިއިރުވެސް މުޅި ރަށުތެރޭގައި އުޅުނީ މާސްކް ނާޅައި.

    • އުކުޑި ބުކުޑި

      ދެން ކޮބާ އޭނާހޮވި ރައްޔިތުން

  3. ވުޑީ

    ސަ އުދު އަކީ ކުޑަ އިރު އެކުގަ އި ކުޅެން އުޅުނު. ޢިރުވެސް ލީޑަރޝިޕު ރަގަނޅު، އެކުވެރި މީހެ އް. ސުކޫލު ދަ އުރު ނިންމާލީ ތިނަދޫ ފަޙްވެރިވާ ކުޅިވަރު ޝަޙްޝި އްޔަތަކަށް ވެގެން. ސަ އުދު އަކީ ފުޓުބޯޅަ، ވޮލީ، ބާސްކެޓް ބޯޅަ މޮޅަށް ކުޅޭ ކުޅުންތެރި އެ އް. ޙިތްހެޔޮ އެންމެންނާ ގުޅޭ މީހެ އް. ސިޔާސީ ގޮތުން އެކްޓިވިސްޓަކުން، ކަ އުންސިލަރުގެ މަގާމަށް އައ އުމަށްފަހުވެސް ފޮނިގޮތެ އް ނުހުންނަކަން ފާހަގަ ކުރެވޭ. ޢޭގެ ހެ އްކެ އް ތިނަދޫ ރަ އްޔިތުން ސަ އުދު އަށް ދެވަނަ ފަހަރަށް ކަ އުންސިލަށް ހޮ އްވަވަ އި ދެ އްވަކީ.. އިދިކޮޅު ކަ އުންސިލަރުން ދަ އްކަވާ ވާހަކަތަ އް ގަބޫލުކުރަން އުނދަގޫ.. ޢެހެންނަމަވެސް ހާލަކީ ބަދަލުވެދާނެ. އެއ އްޗެ އް. ސަ އުދު އަށް ސިޔާސީ ގޮތުން އުޖާލާ ދުވަސްތަކަކަށް އެދެން....

    2
    7
    • މައިނާ

      ކައުންސިލްގެ ރައީސްކަން ދިނީ ކުޅިވަރުކުޅެންތޯ؟ ސައުދަކީ ކަޑަމީހެއް އޭނާއަށް ފެންނަގޮތަކީ އަބަދުވެސް ފަހުގޮތް. މިހާރު މާބޮޑަށް އެކަން ފާހަގަކުރެވޭ. މަގޭލީ ވޯޓް އަނބުރާ ގެނެސްފިން..؟

      • ޙަނާ

        ސައުދު އުޅެނީ އަމިއްލައަށް އަމިއްލަ މީހާ ފެނިގެން. ތަންކޮޅެއް ބޮޑުވަރު ކަންނޭނގެ މީ. ސައުދަކީ
        ބައެއް ފަހަރު ވަރަށް އަން ޕޮރޮފެޝަނަލްކޮށް ކަންތައް ކުރާ މީހެއް. ހަޖަމް ކުރަން ދަސްކުރަން އެބަ ޖެހޭ. ސިޔާސީ މަގާމުތަކުގައި ހުންނަ އިރު ރައްޔިތުން ވެސް ބަސް ބުނާނެ. އެކަން ކަން ބަލައި ގަނެވެން ވަާނެ. މި ދައުރު ނިންމާ ދެން ދެ ޕާރޓީ މީހުން ކޯޅި ކޯޅި. ރައްޔިތު މީހާ މިދަނީ ޑިޕްރެޝަންއަށް.

  4. ސަލްމާ

    ތިކަހަލަ ރައީސަކު ހޮވީވެސް ރަށުގެ ރައްޔިތުން.
    މޑޕ ތެރެއިންވެސް ތިކަމަށް ގާބިލް ހުނަރުވެރި މީހުން ކުރިމަތިލި. ނަމަވެސް ފުރުސަތު މިލިބެނީ މިފަދަ "ބޭފުޅުންނަށް"
    ތިނަދޫއަކީ ބައިވަރު ކިޔަވައިގެން ތިއްބެވި ރަނގަޅު މީހުން އުޅޭތަނެއް. ކީއްވެ މިކަހަލަ މީހަކަށް ރައްޔިތުން ފުރުސަތު ދިނީ ؟

    10
  5. ނަޝީދު

    ކެނެރީގޭ ނަޝީދު ކައިރިން ތަރުބިއްޔަތު ލިބިފަ ހުރި މީހަކަށް ވާނީ އެފަދަ ގޮތެއް ފޮެއް ނެތި ހުދު މުޚުތާރުކަމާއެކު ކަންތައް ކުރާނީ އޭނާގެ އައުވާނުން......

    10
    1