21:57

20:03

އަތޮޅު ތެރޭގެ ރަށަކުން އެންމެ ގިނަބަޔަކު ކޮވިޑް-19އަށް ފައްސި ޅ. ނައިފަރުގައި އެ ބައްޔާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް، މޮނީޓަރިންގ ހާލަތު އަދި އުވާލެވެން ނެތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ

19:01

ހއ. ފިއްލަދޫ ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

19:00

ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވެއްޖެ

17:33

ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަަސައްކަތް ކުރާ މީހުންނަށް ދޭން ނިންމި އެލަވަންސްގެ ގޮތުގައި މިހާތަނަށް 160،26 މިލިއަން ރުފިޔާ ދޫކޮށްފި

16:58

ރާއްޖޭގެ އަތޮޅު ތެރެއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރުނު ރަށްކަމުގައިވާ ޅ. އަތޮޅު ނައިފަރު މޮނީޓަރިންގ ހާލަތުން މިއަދު ނަގަން ނިންމާފައިވާ ކަަމަށް އެ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ.

15:53

އެންމެ ފުރަތަމަ އިންޑިއާއިން ފެނިފައިވާ ބީ1.617.2 ވޭރިއެންޓް ނުވަތަ ޑެލްޓާ ވޭރިއެންޓް ފުރަތަމަ ފަހަރަށް ސްރީލަންކާގެ ކޮލަމްބޯއިން ފެނިއްޖެ

15:46

ކޮވިޑް-19 އާ ގުޅިގެން ބ. އަތޮޅު އޭދަފުށި 12 ގަޑިިއިރަށް ކާފިއު އިއުލާނު ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ން ހުއްދަ ދީފި

12:09

11:13

އާތުރައިޓިސް ބޭސް ދިނުމުން ކޮވިޑްގައި މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ!

09:56

ކޮވިޑް-19: އޮކްސިޖަން ނުލިބިގެން އެފްރިކާގައި އެތައް ބަޔަކު މަރުވަނީ!

ކޮވިޑް-19 ކޮންޓްރޯލް މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތަކުގެ ރަހަ މިހާރު ދަނީ ފެންނަމުންނެވެ. ކުރިން މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު، ފާއިތުވި 24 ގަޑިއިރަށް ބަލާއިރު، މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ދަށްވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު މާލެ ސަރަހައްދުން ކޮވިޑަށް ފަައްސިވެފައި ވަނީ 90 މީހެކެވެ.

މިއީ ޔަގީނުންވެސް އުފާވެރި މަންޒަރެކެވެ. މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ދަށްވުމަކީ ރަނގަޅު ފާލެކެވެ.

މިއީ މާލެ ސަރަހައްްދުގައި ނުރައްކާ މިންވަރަކަށް ކޮވިޑް ފެތުރެން ފެށި ފަހުން މިހާ މަދު ބަޔަކު ކޮވިޑަށް ފައްސިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު