މާލެ ގެއެއްގެ ތިން ވަނަ ބުރިން އަންހެނަކު ވެއްޓިއްޖެ އެވެ.

އޭނާ ވެއްޓިފައި ވަނީ މިރޭ 12:10 ހާއިރުއެވެ.

އޭނާ ވެއްޓިފައި ވަނީ ހެންވޭރުގައި ހުރި ގެެއެއްގެ ތިންވަނަ ބުރިން ކަމަށް މައުލޫމާތު ލިބެއެވެ. މަންޒަރު ދުށް މީހަކު ބުނިގޮތުގައި، އޭނާ ވެއްޓިފައި ވަނީ ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށެވެ.

މައުލޫމާތު ލިބޭގޮތުގައި، މިހާރު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އަދި އެ އަންހެން މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުންގެ މީޑިިއާ އޮފިޝަލް ވިދާޅުވީ، އިމާރާތުން ވެއްޓުނު މީހާއަށް ފަރުވާދެމުން ދަނީ އޭޑިކޭ ހޮސްޕިޓަލްގައި ކަމަށެވެ. މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 12:39 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާގެ ހާލަތާއި ގުޅޭ ގޮތުން އޭޑީކޭ ހޮސްޕިޓަލްގެ ބަހެއް އަދި ނުލިބެއެވެ.

މިހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ މަހު ވެސް މާލޭގެ ގެއަކުން އަދި ހުޅުމާލޭގެ ފްލެޓަކުން މީހަކު ވެއްޓުނު ހާދިސާއެއް ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުވޭސް

    މާލޭ ސިޓީ ކައުންސިލުން ކޮންމެވެސް އެއްމެންބަރަކު ހުންނަންވާނެ ތިގޭގެ ބެލްކަނީ ބަލަހައްޓަން

    1
    1