މާލޭ ފަޅުތެރޭގައި އޮތް ލޯންޗްތަކެއްގައި އަލިފާން ރޯވެ، އެލޯންޗްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފް އިން ފުރަތަމަ ވިދާޅުވީ އަލިފާން ރޯވީ ތިން ލޯންޗެއްގައި ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ހަތަރު ލޯންޗަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މޭރީބްރައުން ރެސްޓޯރެންޓާއި ދިމާއިން ފަޅުތެރޭގައި އޮތް ލޯންޗްތަކެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 06:13 ގައިކަމަށެވެ.

ލޯންޗްތަކުގައި ރޯވި އަލިފާން ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ. ނަމަވެސް މިހާދިސާގައި ދެލޯންޗަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

ލޯންޗްތަކުގައި އަލިފާން ރޯވި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ލޯންޗްތަކުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ރަސްމީ އިދާރާއަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް ހާދިސާ ހިނގިއިރު އެސަރަހައްދުގައި ހުރި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފުރަތަމަ ލޯންޗްގައި އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެލޯންޗްގައި އަލިފާން ރޯވީ ބާރު އަޑެއް އިވިފައި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން އެތައް ލައްކަ ރުފިޔާއަކަށް އަރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށުވޭސ

    ޓްރާންސް ޕޯރޓް އޮތޯރިޓީ ގެ ޤާނޫނަށް މާއްދާއެއް އިތުރު ކުރަންވީ ، އަލިފާން މިސުރުހީގައި ( ރޯވެގެންނުވާނެ )