އާޓިފިޝަލް ބީޗުގައި އެމްޓީސީސީގެ ފަރާތުން ރޭމްޕެއް ހަދައިފިއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވި ގޮތުގައި މި ރޭމްޕަކީ މުޖުތަމައުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކުރެވިގެން ހެދިގޮނޑުދޮށުގައި ހެދި ރޭމްޕެކެވެ. މި މަސައްކަތް ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗުގައި އެމްޓީސީސީން ހެދި ރޭމްޕް --- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއަކީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީން ވިދޅާުވިއެވެ.

މަޝްރޫއުގެ ދަށުން 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި ރޭމްޕެއް ހެދުމާއި، ޗޭންޖިންގ ހޮއިސްޓެއް ހެދުމާއި، ޝޭޑިންގް ހަޓެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އާޓިފިޝަލް ބީޗް ޕާކެއްގެ ގޮތުގައި ތަރައްގީކޮށް އެ ތަން ހުޅުވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރީ އެމްޓީސީސީންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާޓިފިޝަލް ބީޗްގެ ސްޓޭޖް ތަޅާލައި އެސަރަހައްދުގެ ގަސްތައް ކެނޑިއެވެ. ނަމަވެސް ވެރިކަން ބަދަލުވިއިރު ވެސް އެކަން ފުރިހަމަވެފައެއް ނުވެއެވެ.