އިސްލާމް ދީން ބުނެދެނީ ލިބިފައިވާ އިލްމުގެ ބޭނުން ހިފުމަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ އެހެން ވިދާޅުވީ، އޯއައިސީގެ ސައިންސް އެންޑް ޓެކްނޯލޮޖީގެ ދެވަނަ ސަމިޓުގައި ތަގްރީރުކުރައްވަމުންނެވެ.

ޝައުނާ ވިދާޅުވީ ގައުމުތަކުގައި ހުރި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ދަތިތަކުން އަރައިގަތުމަށް އިލްމާއި، ފަންނީ ލަފަ އާއި ވަސީލަތްތައް ގައުމުތަކުގެ މެދުގައި ފޯރުކޮށް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޝައުނާގެ ތަގްރީރުގައި އޭނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަކީ މުހިއްމު ކަމަކަށްވާތީ ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްދާނެއެވެ.

އަދި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަޕްޑޭޓެޑް އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ހިމަނާފައިވާނެ ކަމަށާއި ބޭނުންވާ ވަރަށް ޓެކްނޮލޮޖިކަލް އަދި ފައިސާގެ އެހީ ލިބިއްޖެ ނަމަ 2030 ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާ، އެއް ފަރާ، އެއް ކަނޑޫފާ ހިމެނޭގޮތަށް ހިމާޔަތްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

އަތޮޅުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް މުޅި އަތޮޅު ބަޔޯސްފިއަފް ރިޒާވެއް ގޮތުގައި ކަނޑައަޅާނެ ކަމަށް ވިދާޅުވިއެވެ.

އަދި މީހުންގެ ސިއްހަތާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް، ރާއްޖެއަށް ވަކި ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުމާއި، އުފެއްދުމާއި ބޭނުންކުރުން މަނާކޮށް، ތިމާވެއްޓާއި ރައްޓެހި ތަކެތި ޕްރޮމޯޓް ކުރުމުގެ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ތަންފީޒު ކުރަން ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޝައުނާ ވިދާޅުވީ، ރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ނެޝަނަލް ރިޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގައިވާ ގޮތަށް، ގަވާމެންޓް ޓެކްނޮލޮޖީ އޭޖެންސީއެއް ގާއިމުކުރެވޭނެ ކަމަށެވެ. އަދި ޑިޖިޓަލް ނޭޝަނަލް އައިޑެންޓިޓީ ވެސް ތައާރަފުކުރެވިގެން ދާނެކަމަށާއި އެކަމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ކުރިއަށް އޮތް ދެ އަހަރުގެ އަމާޒަކީ ސަރުކާރުން ދޭ ހިދުމަތްތަކާއި، ސިއްހީ ގިނަ ހިދުމަތުމްތައް އޮންލައިންކޮށް ލިބިގަނެވޭނެ ގޮތްތައް ހަމަޖެއްސުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ކުރަފި

    އެހެންވެ ދޯ ކަލޭ ހުކުރު ހުތުބާއަށް "ހޮޓްބާ' ކިޔާގެ ފޭސްބުކްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ނަފުރަތު އުފެދޭގޮތަށް ފާޑުފާޑު ލިޔުންތައް ތި ތިލިޔަނީ

    75
    2
    • އާކިފް

      އެގްރީދް

      14
      2
    • މަގޭ ޚިޔާލު

      ދީނުގެ އިލްމު ނެތް މީހުން ދީނޭ ކިޔައިގެން އަނގަފުޅާ ނުކުރިއްޔާ ރަނގަޅުވާނީ.

      10
      1
  2. ށައުނާ

    ދީންބުނެދެނީ އަންޙެނުން ނިވައިވެ ތިބުމަށް

    71
    3
  3. Anonymous

    ކޮންދީނެއްގެ ވާހަކަބާ ތިދައްކަނީ. ލާދީނީ އެމްޑީއެން އާއި އުތެމާ އަކީތޯ ތިބުނާ ދީނަކީ. ޝައުނާ ކަލެޔަކީ ލާދީނީ މީހެއްކަން އެންމެ ފުރަތަމަ ލާދީނީ އެމްޑީޕީ އުފެދިގެން މިނިވަން ނޫހުގަ ކަލޭ މަސައްކަތް ކުރި ހިސާބުންވެސް އެނގޭ. ކަލޭމެންގެ ލާދީނީ ބައިގަނޑު ނޭގިގެން އަހަރެމެން ނޫޅެން. މި ލާދީނީ ސަރުކާރުގެ މަތީފަޑީގައި ތިބީ މުޅިހެން ތިކަހަލަ ލާދީނީ މީހުން.

    56
    2
  4. ހުސެން

    މީނަ ވެސްް ދީނީ އިލްމް ވެރިއަކަށް ވީތަ؟ ފުރަތަމަ އައުރަނިވާ ކޮށްލަބަ.

    39
    1
  5. ކެހިވެރި ލޯބި

    ދުޢާ ދެއްވި ވެރިއެކޯ މިހާރުގެ ރައީސަކީ އެއި ތެ ދެއްތޯ.

    29
  6. ޖަޒީރާ ވަންތަ ކެހެރިނުފަޅާ ޖަނަވާރު

    އިސްލާމް ދީނުގައި އިވޭތޯ ޢައުރަ ނިވާ ކުރުމަށް މިއަށް ކަމަނާ އެއްޗެއް އިތުރު ކޮއްލާ ދެއްވަފާނަންތޯ..

    28
    1
  7. ޑަރޭ

    މީނާ ޝޭހަކަށް ވަނީބާ؟ މިގައުމުގެ މިނިވަންކަން ގެއްލޭގޮތަށް މަސައްކިތް ކުރާ ވެރިންނާ އިސްލާމް ދީނަށް ފުރައްސާރަ ކުރާ ވެރިންގެ ކިބައިން މިލޮބްވެތި ދިވެހިރާއްޖެ ސަލާމަތް ކޮށް ދެއްވާށި. އާމީން

    29
  8. އަޕްތީ

    ކަލޭ ދީނޭ ކިޔައިގެން ފަޅޮލޭ ނުކިޔާ މަޑުން ހުރޭ!

    31
  9. Anonymous

    މިސަރުކާރު ހިންގަން ތިއްބެވި ހުރިހާ ބޭފުޅުންވެސް ދީން އެންގެވި ގޮތައް ހުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ، އެކަމަކު އަޅުގަނޑު ބޭނުމެއްނޫން މޑޕ ގެ ވެރިކަމެއް މިގައުމުގަ ހިނގާކައް.

    22
  10. ޢަޒު

    އިސްލާމް ދީން ބުނެ ދެނީ އެ ދީނުގެ ހުރިހާ ޙުކުމް ތަކަށް ތަބާާން އޭގެ ތެރޭގަ ޢައުރަ ނިވާކުރުންވެސް ހިމެނޭ ނަމާ ދކޮށް ރޯ ދަހިފުމާއި ޒަކާތްދިނުން ކީރިތި ރަސޫލާ ސޢވ ގެ ސުންނަތަށް ފުިހަމައަށް ތަބާވުން ހުޅަނގުގެ ޑިމޮކްރަސީ އާއި އޭގެ ފަލްސަފާ ނުހިމެނޭ

    30
    1
  11. Anonymous

    ދޮންކަނބުލޯ.
    ﷲގެ ޙަޟްރަތުގައި ދީނަކީ ހަމައެކަނި އިސްލާމްދީން.
    އެއީ ހުރިހައި އެންމެންގެ ވެސް ޙައްޤަުތަކާއި ޙިމާޔަތާއި ރައްކާތެރިކަން ވެސް ހަމަހަމަ ގޮތެއްގައި ތަފާތު ކުރުމެއްނެތި ލުއިފަސޭހަކަމާއެކު އުޅެލަން ލިބޭ ހަމައެކަނި ދީން. އަޚްވަންތަކަމުގެ ދީން. ފިތުނައަށް މަގުފަހިވާ އެއްވެސް ކަމެއް ކުރުމެއް އިސްލާމް ދީނުގައި ހުއްދަ ނުވެ. އެކަމަކު ދޮންކަނބުލޯ މެންގެ ޣައިރު މުސްލިމުންގެ ދީންތަކުގައި އޮތް ޑިމޮކްރަސީ އޭކިޔާއެތި ފައްކާކޮށް މުޅި މިދިވެހި ބިން ފިތުނަ ކޮށްފީމެއްނު. ޢާއިލާތައް ބައިބައި ވެއްޖެ .ކުދިކުދި އެކުވެރި ރަށްތައް ފިތުނައިގެ ހާލި ތަކަކަށް ބަދަލުވެއްޖެ. ދޮންކަނބުލޯ ވެސް އެދީން ރަނގަޅަށް އެނގިއްޖެއްޔާ އަންހެނާގެ ޢަވްރަ އަކީ ކޮބައިކަންވެސް އެނގޭނެ.

    30
  12. މުރާދު

    ހަމައެކަނި ދީންބުނެދިނުމަކުން ފުރިހަމައެއްނުވާނެ ދީންބުނެދޭނީ ނުފިލާކަމެއްފިލުވައިދިނުމަށް
    ވީމާ، ކަމެއްއޮޅުންފިލުވައުދޭ ފަރާތަކީ އެކަމާގުޅުންހުންނަ ކަންކަންރަގަޅަށް
    ސާފުވެލައްވާ އަދި ހަމަޖެހިފައިވާ ކަންކަމަށް ރަގަޅަށް ޢަމަލުކުރައްވާ ފަރާތަކަށްވުމީ މުހިއްމު
    ކަމެއް މާތްރަސޫލާ ކަމެއްހަދީސްކުރައްވަނީ އެކަމެއްގައި ފުރިހަމައަށް ސާބިތުވެލައްވާފައި،،،

    13
  13. ހުސެންދީ

    ދީނަށް ޖޯކްޖަހާ ހަޖޫޖަހާ ދީނުގަ އޮތްގޮތަށް އަމަލްތައް ނުހުންނަ މީހުން މި އަނގަ ފުޅާކުރަނީ.

  14. ވައިކިންގ

    ކަލޭ ދީނޭ ނުކިޔަބަލަ! އިސްލާމްދީނޭ ނުކިޔަބަލަ. ހެޔޮނުވާނެ.

    4
    1
  15. ފޯއްވަޅި އަލީ

    މިނަ މީ ރަސޫލާ ސ.އ.ވ ގެ ސުންނަތެއް ކަމުގައި ވާ ހުތުބާ އަށް ހޮޓްބާ ކިޔާ ފުރައްސާރަ ކުރި އިރު ލަދެއް ނުގަނޭ! ރައްޔިތުން ނަށް އެބަ ސާފު ވާން ޖެހޭ ބޭރު ފުށުން މާ ހެޔޮ ކަމަށް ދެކިގެން ސަރުކާރު ގެ މަގާމު ތަކަށް އަރާ ތިބޭ މިކަހަލަ މީހުން ނަކީ ކޮބައި ކަން..!
    ހުތުބާ އަށް ހޮޓް ބާ ކީ މީހުން ނަކީ ދިވެހިން އެ ދީނަކަށް ތަބާ ވެގެން ތިބި އިސްލާމް ދީނުގެ ށިއާރު ތަކަށް ޖޯކު ޖެހި މީހުން، މި އަންހެން ކަނބުޅޭގެ އަކީ ވެސް އޭގެ އެކެއް!

    10
  16. ދުންމާރި

    މީ ކޮންތާކުން ފޭބި ދީނީ ޢިލްމުވެރިއެއްބާ؟ މީ ލާދީނީ ޢިލްމުވެރިއެއް އެހެންވެ އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހަނީ މީތާ މިވާ ގޮތަކީ

    12
  17. ލަދީނީ

    ހުކުރު ހުތުބާއައް ޖޯކުޖަހާ މިލާދީނީ ދައިތައާ ދިމާލައް ފާޑުކިޔާމީހާ ޖަލުގޮޅިއައް ދާންޖެހެނީ މި ލާދީނީ އަނިޔާވެރި ސަރުކާރުގައި.

  18. ދޮގެއްތަ

    ކަލޭ ނުބުންޏަސް އަހަރެމެން ނައް އެނގޭ އިސްލާމްދީން ގޮވާލަނީ ޢިލްމް ލިބިގަނެ އެޢިލްމް އެހެންމީހުންނައް އުނގަންނައިދީ އިލްމްގެ ފައިދާފޯރުކޮއްދިނުމައްކަން ހިތާމަޔަކީ ބަޔަކައް މިކަން އޮޅިގެން އުޅޭކަން

    8
    1
  19. ޒިލޭބި

    ދީން ބުނެދޭތީ ދޯ ހޮޓުބާރ ކިޔާފަ، ދީނަށް ހަޖޫޖެހަޖޫޖެހީ

  20. Anonymous

    ކަލޭކަހަލަމީހުން ފަހުޒަމާނުގަ ދުނިޔެ ފަސާ ދަކުރަން އަންނާނެ ވާހަކަ ދީނުގައި އެބަޮތް

  21. ކިހިލިފަތް

    ކަމަނާ ލާލީމަވެސް އިގޭ ވަރަށް ދީން ވެރިޔެއް ހިން

  22. ބުރުގާ

    ޝައުނާ ދީނޭ ކިޔައިގެން ވާހަކަ ނުދައްކާ