ދިވެހިރާއްޖެ އާއި އިސްރާއީލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހެން ވިދާޅުވީ އަންނަ ސެޕްޓެމްބަރ މަހު ސީޝެލްގެ ގައުމީ އެއާލައިނުން އިސްރާއީލާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފަށާނެކަން އިއުލާންކޮށް ޓިކެޓް ވެސް ވިއްކަމުންދާކަމަށް އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެ އާއި އިސްރާއީލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވި އަދި ދަތުރު ކުރުމަށް އެއްވެސް އެއަރލައިނަކަށް ހުއްދަ ދެވިފައިނުވާއިރު، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރެވިފައި ވެސް ނުވާކަމަށެވެ.

ދިވެހި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައި ނުވާކަމަށާއި އަދި އިސްރާއީލާއި ދެމެދު ވައިގެ ދަތުރު ފަތުރު ކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައިނުވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ކެމިނޯސް އިން މިހާރު ގެންދަނީ ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ އިސްރާއީލްގެ ފަތުރުވެރިންނަށް ޓިކެޓް ވިއްކަމުންނެވެ. އަދި ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުމަށް ޕެކޭޖްތަކެއް ވެސް އެކުންފުނިން އަންނަނީ ވިއްކަމުންނެވެ.

އިސްރާއީލްގެ ނޫހެއް ކަމަށްވާ "ހެޔޯމް" ގައި ބުނެފައި ވަނީ ރާއްޖެއަށް އިސްރާއީލުން ދަތުރުތައް ފަށާނީ އަންނަ ސެޕްޓެމްބަރ މަހުގެ 06 ވަނަ ދުވަހުއެވެ. ދަތުރުތައް ކުރިއަށް ގެންދަން އަދި ޝެޑިއުލް ކޮށްފައި އޮތީ އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހާއި ހަމައަށެވެ. ދަތުރުތައް ކުރާނީ ކޮންމެ ހޯމަ ދުވަހަކުއެވެ.

އިސްރާއީލުން ރާއްޖެއަށް ކުރާ ދަތުތައް އަށް ގަޑިއިރު ހޭދަވާނެ ކަމަށް އިސްރާއީލްގެ މީޑިއާގައި ބުނެފައި ވެއެވެ. މި ދަތުރުގެ ޓިކެޓެއް ވިއްކަނީ 995 އެމެރިކާ ޑޮލަރަށެވެ. އަދި އިތުރު ޕެކޭޖްތަކެއް ކެމިނޯސް އިން ވިއްކަމުން ދާއިރު ޕެކޭޖްތަކުގެ އަގު ފެށެނީ 1750 އެމެރިކާ ޑޮލަރުންނެވެ. އެންމެ އަގުބޮޑު ޕެކޭޖް ވިއްކަނީ 2750 ޑޮލަރަށެވެ. މިޕެކޭޖްތަކުގައި ޓިކެޓްގެ އަގުގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުން ހިމެނެއެވެ.

އިސްރާއީލުން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވަމުންދާކަމަށް އިސްރާއީލްގެ މީޑިއާ އިން ރިޕޯޓް ކުރުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރަބަރޭ

    ރާއްޖެއަށް އިޒުރޭލު ދަތުރު ކުރިއަސް ކުރެވޭނެ
    މާބޮޑު ކަމެއްނެތް ސަރުކާރަކަށް އިންޑިޔާގެ
    ބާރުގެ ދަށަށް އެއާޕޯޓް ދިޔައީމާ

    31
    1
    • ޜާމީޔާ

      ޥަގުންގެ އަތްދަށައްތޯ ދާންވީ.

      5
      6
  2. ކައްވާރަ

    އަދި މިވަރަކުން ނުފުދޭ!! ޓޫރިޒަމް މިނިސްޓްރީންވެސް ތިޔަބުނާ ކެމިނޯސްއަކަށް ވާގި ނުދޭކަމަށް ބުނެ ބަޔާނެއް ނެރެން ޖެހޭނެ!!

    26
    • މީނަގެ

      ޥަގުންނަކަށް ދުވަހަކުވެސް ނުފުދޭނެ.

      3
      8
  3. ޓ

    ޢެހެން ގަ އުމެ އް ގަ އި ޖަ އްސާފަ އަންނާނީ. ޥަރަށް މަކަރުވެރި ގޮތަކަށް ތިކަން ކުރާނީ

    35
    2
    • ޜާމީ

      ބަލަ ވަގު ޔާނު އިރުވެސް އެހެންގައުމުތަކުކަ ޓްރާންސިޓް ކޮއްފަ އިޒްރޭލުމީހުންއާދޭ. ޙިތުން ވަރަށްމޮޅުވާހަކައެއްދޯ ތިބުނީ.

      4
      22
  4. ؟؟

    އިޒްރޭލުގެ މީޑިއާއިން ދޮގު ހަބަރު ފަތުރަނީތޯ.

    16
    2
  5. އަހުމަދު

    ރާއްޖޭގެ ދާހިލި ކަންކަން ވެސް މިހާރު ނިންމަނީ އެހެން ގައުމުތަކުން!! ލޮލް
    އަވަހައް މިތަން ދޫކޮށް ފިލަމާ! ކަންކަން މިދަނީ ގޯހުން ގޯހައް

    16
    2
  6. ޖޯކަރު ސަރުކާރު

    އަށްޑޫ ރައްޔިތުން ނަށް ޓްއަރިޒަމުން ފޮނުވާނީ ޕައުންޑު ބަސް ދާ ހަހަހަ

    15
  7. މީނަގެ

    ޥަގުންނަކަށް ދުވަހަކުވެސް ނުފުދޭނެ.

    3
    8
  8. ނޭގޭހާލަތު

    މިގައުމުގެ ވެރިންނަކަށް ނޭނގޭނެ މިގައުމުގެ ގިނަ ކަންކަން ހިނގާއިރު. އިންޑިއާއިން ބުނާހާ އެއްޗެއް ގަބޫލުކޮށްލައިގެން ތިބެންޖެހޭނީ.

    15
  9. ނަސީ

    ޢިޒްރޭލް ޕްރޮޑަކްޓް މަނަލީ އެކަމަކު އިޒްރޭލް ފަތުރުވެރިން އޯކޭ ދޯ މިރާއްޖޭގައި އެބަތިބި އިޒްރާއިލް ފަތުރުވެރިން

    6
    3
  10. ދޮންއައިޝަ

    ރަންގަޅު ވާހަކައެއް. ސީދާ އިޒުރޭލަކުން ނާދޭ. ޝީޝޭލްސް މަގުން އިޒުރޭލު މީހުން އަންނަނީ. މިހާރުވެސް އާދެ. ނާންނަކަމަށް ބުނުމަކީ އޮޅުވާލުމެއް.

    14
  11. ސަމްކުޅިބޭ

    އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އައުމަށް އިސްރާއީލުގެ ސަރުކާރަކުން އަދި އިސްރާއީލުގެ އެއަރލައިން ތަކުންވެސް ރާއްޖެއަށް ދަތުރުކުރަން ހުއްދައަށްއެދޭކަށްނުޖެހޭ. ޝީޝެލް އެއަރލައިން ރާއްޖެއަށް ދަތުރުކުރުމަށް ރާއްޖެއިންވަނީ ހުއްދަ ދީފާ. އެ އެއަރލައިން ރާއްޖެ އަންނަ އިރު އިޒްރޭލުގައި މަޑުކޮށްފައި އައުމަކީ ކުރެވޭނެކަމެއް. ހިންޏަށް ހަކުރުއޮޅުވާލަން އުޅޭނެކަމެއްނެތް.

    15
    • ޔަހޫދީ

      ތިޔަ ދީންވެރި ޔާމީނު އިރުވެސް ޔަހޫދީ ބިންފޭރޭ މީހުން އާދޭ

  12. ރިޔާޒުބެ

    އިޒްރޭލު ކުކުޅުތައްވެސް ރާއްޖެ އައިސް އަޅާނީ ރަންބިސް ކޮބާ މައްސަލައަކީ .

    3
    8
  13. ލާހި

    ވޯމްއަޕް ޖައްސާ ރައްޔިތުން ކެކޭވަރު ބަލާ ރައްޔިތުންގެ އުދާސް ތަކާއި ރިއެކްޝަން ހުރިގޮތްބަލާލަން ނޫސްތަކުގައި ސުރުހީ އަޅާލީ !

  14. ޚަނީރު

    މީ މިއަދު އަލަށްކުރާ ކަމެއްބާ؟ ނުވަތަ އިސްރާއީލްގެ ޓޫރިސްޓަކު ރާއްޖެ އަލަށް އަންނަނީބާ؟

  15. ދުންމާރި

    ތިޔަހެނ ބުނެފިއްޔާ ތިޔަކަށް ވަރަށް އަވަހަށް ފަށާނެ މި ލާދީނީ ސަރުކާރުން ދައްކާ ވާހަކަ އަޑުއަހާކަށްނުވާނެ

  16. ރައްޔިތުން

    ބަލަ ރައްޔަތުން މީ ކޮން ބައެއް. މީ ރައްޔަތުން ގެ ވެރިކަ މެއް ނޫން. މީ އިންޑިޔާގެ ސަރުކާރެއް ެ