70،000 ރުފިޔާގެ އުޖޫރައަކާއި އެކު، ހެލްތު ސާވިސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ގޮތުން މި މަގާމަށް މުސާރައިގެ ގޮތުގައި މަހަކު 54،430 ރުފިޔާ ލިބޭނެއެވެ. އަދި އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530 ރުފިޔާގެ ރޭޓުން ލިބޭނެއެވެ.
މި މަގާމަކީ ސިވިލް ސާވިސްގެ މަގާމްތަކަށް ބަލާއިރު އެންމެ މުސާރަ ބޮޑު އެއް މަގާމެވެ. އަދި ބޮޑު ޒިންމާއެއް ކަނޑައެޅިފައިވާ އެއް މަގާމުވެސް މެއެވެ.
މި އިއުލާނުގައި ވާގޮތުން މި މަގާމަށް ކުރިމަތިލާ މީހާއަކީ ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ މެޑިކަލް ޑިގްރީއެއް އޮންނަ މީހަކަށް ވާންޖެހޭނެއެވެ. އަދި އެމީހަކީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކޮށްފައިވާ މީހެއްކަށް ވުމުގެ އިތުރުން ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮންނަ މީހަކަށް ވާން ޖެހެއެވެ.
މިމަގާމުގެ ޝަރުތުތަކުގައި ވަނީ ސިއްހީ ދާއިރާއިން އަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވުމުގެ އިތުރުން ސިއްހީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައި ވުމެވެ.
މި މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ޑރ.ޝީޒާ އަލީގެ ޓާމް ފުރިހަމަވުމުންނެވެ. މަގާމަށް އައްޔަން ކުރަނީ 4 އަހަރަށެވެ.
މިމަގާމުގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސިއްޙީ ދާއިރާ ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި، ދާއިރާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދިނުމަށާއި އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށާއި، ބޭނުންވާ ފަންނީ ވިސްނުން މިނިސްޓަރއަށް ހިއްސާކޮށް އިރުޝާދުދިނުމެވެ.
މީގެ އިތުރުން ސިޔާސީ ގޮތުންނާއި ފަންނީގޮތުން ކަނޑައަޅާ ސިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ރާއްޖެއިން ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ ގޮތުން ޤައުމުތަކާއެކު ގުޅުންބަދަހިކުރުމަށް ބޭނުންވާ އިރުޝާދުދިނުމަކީ ވެސް މިމަގާމާއި ހަވާލުވާ ބޭފުޅެއްގެ ޒިންމާއެކެވެ.
މި މަގާމަށް މުސާރަ އާއި ސާވިސް އެލަވަންސްގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަން ވެސް ލިބޭނެއެވެ. މަގާމަށްް ކުރިމަތި ލުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރާނެއެވެ. އިންޓަވިއު ކުރާނީ ޝޯޓްލިސްޓް ކުރާ ފަރާތްތަކާއި އެކަންޏެވެ.
ކަލޯ ގަޔާ ..ތިޔަ ޝީޒާވެސް ހަރާމުން ހަރާމް ކުރިކަމެއް. ތަންކޮޅެއް ބޮޑުދޯ
ތިޔަ މިނިސްޓރ ގެ ނާގާބިލް ކަމުގެ ހެއްކެއް.
އަދިވެސް އަމީންލާފަ ތިފައިސާ އެމްބިއުލަންއެއް ހޯދަން ހަރަދުކުރުން މާރަގަޅު.
ވިސްނުން ކޮށި ސަރުކާރެއް ހުސްރޯނު އެ ދުރުން.
އަވަހައް ޖެނިފާ އައް ތިވަޒީފާ ހަމަޖައްސާ އެއިރުން ހަމަވާނީ.
އެނުންވާނީ މުސްކުޅި ގައިބާރު ދިޔައިމަ ކަމެއްކުރަން އަތްދަށަށް ގިނަމީހުނ ބޭނުންވާނެ ވިއްޔާ!
ގޭގަ މަދުކޮށް ލާފައި ވާ މީހަކަށް ދީބަލަ ހެޔޮނުވާނެ....
ފެންވަރު ހުރި ދިވެއްސަކު ނުލިބުނޭ ކިޔާފަ އިންޑިޔާ ލީހަކު ފާކުރުމުގެ މަސައްކަތް ތިޔަކުރަނީ
ޕާޓީކުއްޖާ ނެތީބާ
(1) ސްޓޭޓް މިނިސްޓަރުން އަލިފު-ބާ ނޭންގޭ ބައެއްގެ "ދަށުގައި" މުޅި ޢުމުރު ހެލްތު ދާޢިރާގައި ތަޖުރިބާ ހޯދާ، ޑޮކްޓަރުކަން އެތައް އަހަރަކު ކޮށްފައިވާ ޑޮކްޓަރު މިހުންނަން ޖެހެނީ. (2) ވީމާ މިއީ ހަމަޖެހޭ ގޮތަކަށް ވަޒީފާގެ އޮނިގަނޑުގައި ހިމެނިފައިވާ މަޤާމެއް ނޫން. (3) މި މަޤާމް އަކީ މައުމޫނު ދައުރުގައި މައުމޫނު އައްޔަނު ކުރާ މީހަކު ހަމަޖައްސަން އުފެއްދި މަޤާމެއް. (4) އެތައް އަހަރަކު ޑޮކްޓަރ ކަން ކޮށްފަހުރި ޑޮކްޓަރަކު ނުކިޔަވާ ތިބި ސްޓޭޓް މިނިސްޓަރުން ގެ ދަށުގައި ހުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން. (5) މި މަޤާމު ގެ ނަން އެންމެ ކުޑަމިނުން، "މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ސަރވިސަސް" އަށް ބަދަލު ކުރަން ފެނޭ.
ތިބޭފުޅާގެ މަގާމަށް މީހަކު ހޯދަނީތޯ..ތީދެން ކީކުރާ ބޮލު ރޮއްޖެ.
އަދި ހޯދިޔަސް ކޮންމެސް ހެލްތްދާއިރާއިން ކިޔަވައިގެންހުރި ޒުވާނަކު ނުހޯދާތި އޭރުން ހެލްތުދާއިރާއަށް ކުރިއެރުންލިބޭނީ