ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމަކީ "އިނބިލީހެއް" ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ސިފަ ކުރައްވައިފިއެވެ.

އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ކަމަށް ބުނެ ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ބިލެއް ހުށަހެޅީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ވެސް މަޝްވަރާކޮށްފައި ކަމަށް މަޖިލީހުގެ އެމްޑީޕީގެ މެމްބަރަކު ވިދާޅުވުމުން އެ ޕާޓީން ވަނީ އެކަން ދޮގުކޮށްފައެވެ.

މިކަމާ ގުޅިގެން ބޮންޑޭ ކުރި ޓްވީޓެއްގައި ވަނީ ރައްޔިތުން މަޖިލީހުގައި މާމިގިލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު، ގާސިމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"އިސްލާމުންނާ ދިމާލަށް ކާފަރަށް ގޮވުން މަނާކުރުމަށްޓަކައި ޓަނުން ޓަނުން ރާއްޖެއަށް ބަނގުރާ އޫރުމަސް އެތެރެކުރަމުންދާ ފަރާތަކާ ނުވަތަ އިބިލީހާ ރައްޔިތުން ގެ ވޯޓުން އިންތިހާބުކޮށްފައިވާ އިސްލާމީ ދައުލަތެއްގެ ވެރިޔަކު މަޝްވަރާކުރާކަށް ނުޖެހޭނެއެވެ" ގާސިމަށް ނިސްބަތްކޮށް ބޮންޑޭ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލަކީ ލާދީނިއްޔަތު ފަތުރަން ޖާގަ ލިބޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ކޯލިޝަން ސަރުކާރުގެ ތެރޭގައި ހިމެނޭ ދެ ޕާޓީއެއް މިވަނީ މި ބިލާ ދެކޮޅުކަން ހާމަކުރައްވާފައެވެ. އެއީ ޖޭޕީއިންނާއި އަދާލުޕާޓީ އިންނެވެ. އެމްއާރުއެމްގެ ސްޓޭންޑްއެއް އަދި ހާމަނުކުރެއެވެ.

މީގެ ކުރިން ޖޭޕީން ވަނީ މި ބިލާ އެޕާޓީގެ މެމްބަރުން ދެކޮޅުކަން ހާމަކޮށްފައެވެ.

މި ބިލަކީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް މަޖިލީހަސް ހުށަަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ ޖޭޕީ މެންބަރު އަލީ ހުސައިން ވަނީ ބިލާ ދެކޮޅަށް އެތައް ވާހަކައެއް ދައްކަވާފައެވެ. ގާސިމްވެސް ވަނީ މި ބިލް އަނބުރާ ގެންދިއުމަށް ގޮވާލައްވއަިފައެވެ.

މަޖިލިހުގެ 38 މެންބަރުންގެ ވޯޓުން އެ އެ ބިލު މަޖިލީހަށް ބަލައިގެންފައިވާ އިރު، އެ ބިލް ބޭރުކޮށްލަން 17 މެމްބަރުން ވޯޓު ދެއްވިއެވެ. މި ވޯޓުގައި ޖޭޕީގެ ދެ މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އިރު އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވަނީ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ނާޒިމް ވަނީ ބިލާއި އެއްކޮޅަށް ވޯޓު ދެއްވައިފިއެވެ.

ބިލާ ދެކޮޅަށް އެމްޑީޕީގެ ހަތަރު މެންބަރަކު ވެސް ވޯޓު ދެއްވިއެވެ. އެއީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުއާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ.

މި ބިލުގައި ލާދީނިއްޔަތު ފެތުރުމުގެ ޖާގަ އޮތް ކަމުގައި ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ ބިލަށް އަމާޒުވެފައެވެ.

އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ ބިލު އޮތީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. ޚިޔާލު ފާޅު ކުރުމަށާއި ދީނީ ނަސޭހަތް ދިނުމަށް ހުރަސް އެޅޭނެ އެއްވެސް މާއްދާއެއް ބިލުގައި ނެތް ކަމަށް އޭނާ ވިދާޅުވެއެވެ. އެ ކަން ބަޔަކު އޮޅުވާލަން މަސައްކަތް ކުރާ ކަމަށްވެސް ވިދާޅުވެއެވެ.

ހިސާން ވިދާޅުވާ ގޮތުން މި ބިލް ހުށަހެޅުމުގެ މަގްސަދަކީ ނަފްރަތު އުފެއްދުން އާންމު ކުރުން ހުއްޓުވުމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމެވެ.

ނަމަވެސް މި ބިލާއި ދެކޮޅުކަން ހާމަކުރައްވާ، އެމްޑީޕީ މެމްބަރުން ޝާމިލްވާ ގޮތަށް ގިނަ ރަށްރަށުގެ ކައުންސިލް މެމްބަރުން ވެސްް އަންނަނީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ.

މި ބިލަށް އާންމުންގެ ޚިޔާލު ހުށަހަޅަން ވެސް ކޮމިޓީން ހުޅުވާލާފައިވެއެވެ. އަންގާރަ ދުވަހުގެ ނިޔަލަށް އާންމުންނަށް ޚިޔާލު ހުށަހަޅަން ހުޅުވާލިއިރު، އިސްލާމިކް މިނިސްޓްރީ އާއި އެޗްއާރުސީއެމް އާއި ޕީޖީ އޮފީހުގެ ޚިޔާލު ހޯދަން ވެސް ކޮމިޓީން ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ކޮވިޑް

    އިބިލީހެއްވެސް ނޫން ލައިކަ ފިރުއައުނު.

    24
    15
    • ނުދަންނަމީހާ

      ފިރު އައުނަކީ ގާސިމަށް އިބިލީހަށް ގޮވިމީހާ. ޢިސްލާމް ދީނާ ދެކޮޅަށް ހަންފަތުރާ ތިމާހާ މީހަކު ނެތިގެން އުޅުނީ ފިރުއައުނު . ފިރުއައުނު ބޮންޑާ ، ޕެޑް ހަސަނު . . .މިކަހަލަ ކިތައްމެ ނަމެއް އަ ދި އުފެ ދޭނެ .

      34
      1
    • ނަފުރަތު

      މީހަކާ ދިމާއަށް އިބިލީހޭ ބުނުމާ ލާދީނީއޭ ބުނުމާ ހުރި ތަފާތަކީ ކޮބާ؟ ލާދީނީއޭ ބުނީމާ ނަފުރަތަށްވެފައި އިބިލީހޭ ބުނީމާ ނަފުރަތު ނުވޭތަ!

  2. ހުސޭނުބޭ

    ވީމާ އިބިލީހުގެ ބާރުގައެއްނު ވެރިކަމަށް އާދެވުނީ!~

    33
    1
  3. މާމި

    2 އަހަރު ބައެވީ އަވަހައް ބޭރު ކުރޭ ދުވަސް ހަމަވީ

    23
    2
  4. މާމިގިލީ މީހާ

    އިބިލީހައް ވުރެވެސް މި ގާސިމްގެ ނުބައިކަން ބޮޑު. ރާއްޖޭގަ މީހަކަ ވެރިކަން ކުރިޔަކު ނުދޭ، މި ބުރުމާގެ ނުބައިކަމުން. މީހުންނައް ބަގާވާތް ކުރާނެ ގޮތް ދަސްކޮއްދިނީ މި ބުރުމާ. ބަގާވާތުގެ ބައްޕައި މީ.

    12
    15
    • ދިނަށަ

      ޙިނދުކޮޅު އއަ ިއސްގެން ވާނުވާ ނޭނގި އިސްތި އުފާ ދިނީމަ ގާސިމް ކުރާނީ ކީ އްބާ! ޥެރިކަން ހޯދަންވީމަ ކޮންމެ ގޮލަޔަކު ދުވާނީ ގާސިމް ފަހަތުން . ގާސިމާ ދިމާ ކުރަން ލަދުހަޔާތްކޮބާ ތިޔަމީހުންގެ

  5. ރަދީފް

    ''ޓަނުން ޓަނުން ރާއްޖެއަށް ބަނގުރާ އޫރުމަސް އެތެރެކުރަމުންދާ ފަރާތަކާ ނުވަތަ އިބިލީހާ ރައްޔިތުން ގެ ވޯޓުން އިންތިހާބުކޮށްފައިވާ އިސްލާމީ ދައުލަތެއްގެ ވެރިޔަކު މަޝްވަރާކުރާކަށް ނުޖެހޭނެއެވެ" މިކަން ކުރަން ހުއްދަދިން ދައުލަތުގެ ވެރިންނަށް ވުރެ ބޮޑު އިބްލީސްތަކެއް އުޅޭނެތަ؟ ދައުލަތުގެ ނިޝާން ޖަހާފަ ލިޔުން މިދެނީ މާތްﷲ ހުއްދަކުރެއްވި އެއްޗެއް %100 މުސްލިމް ގައުމަށް އެތެރަ ކުރަން.އަތުގަ ހޭކެންޏާ ދަތުގަ ވެސް ހޭކޭނެއޭ ބުނާ ބީދައިން ދިވެހި ދަތުގަ ތިތަކެތި ނުހޭކި ހުންނާނެއޭ ބުނަން ވަރަށް ދަތި.އެހެންވީމަ ބޮންޑޭ ކަލޭގެ ލަދު ކޮބާ؟؟ ވެރިކަން ހޯދަންވީމަ ގާސިމްވެސް ކަލެއަށް އޯކޭވޭ.އެހެންވީމަ ބޮންޑޭ އެއީ މުނާފިގެއް.ވ.ވެދުން

    22
    2
    • ޙަސަނާ

      ލަދުހަޔާތްކޮބާ ވެރިކަންހޯދަން ގާސީމް އައްތައުރީފުކިއް ގާސިމްގެ އަބިގޮއްޔެއާ ދަރިފުޅާ ގޮވައިގެން މުޅިރާއްޖެކުދަކުރިހަދާންކޮބާ ބަލަބޮނޤޑޭ ތިޔައުފައްދަނީ ނަފުރަތެއްނޫންދޯ ކެރޭބަމަ މަޖިލިސް އިސްތިއުފާދީފަ މިހާރު ވެސް ވެރިކަމުގަ އޮވެ 25 ގޮޑިވެސް ހޯދަބަލަ ރައްޔިތުންމިތިބީ ތިމީހުންރަގަޅައްދަނެގެން އިޏްޑިއާއިންނަގާލޯނުތަކުގެ ރަހުނަކީ އިސްލާމްދީންބާ...

  6. ދަރަނި ދަންތުރަ

    ބޮންޑޭ މެން ، ރީނދޫ ގުރޫޕުގެ އަސްލު ސިފަ ތިޔަފާޅުވަނީ ، ކިތަށްމެވަރެއްކުރިޔަސް ހަމަ ލާދީނީ ލާދީނީ ލާދީނީ ކިޔާނަން ކެނެރީ އަށް

    34
    2
  7. Anonymous

    އާނ އިބިލީހު ފެންނާނެ ވޯޓް ލާންވީމަ.
    ތާހިރު ވެއްޖެ. އެމްޑީޕީ އާއި ގުޅިގަނެގެން އަދިވެސް އުޅޭ. ކޯލިޝަނާ ޤާސިމާ ފެންނެ އިންތިޚާބެއް ކުރިމަތިވީމަ. ލަދުން ބޯހަލާކު

    28
    1
  8. މިތުރާ

    🤔😅🤣😂

    3
    1
  9. ގުދޯގުދޯ

    ތިޔަލާދީނީ ކަލޭގެ ތިޔަ ގޮވަނީ ގުދޯގުދޯއޭ ތިމާގެ ބުރަކަށީގަ އޮތް ގުދު ނުފެނޭ އެކަމަކު އަހަރުމެނަށް އެބަ ފެނޭ ތިޔަ އެމްޑީޕީއަކުނޫޅޭނެ މަދު މީހަކުނޫނީ ސަހަލު އެކަކުވެސް މުޅިންވެސް ލާދީނީ އެޖެންޓުން އުޅެނީ ކުރާނީ ދީނަށް ފުރައްސާރަ އިސްލާމްދީން ނައްތާލުމަށްކުރެވުނު މަސައްކަތެއް އެދަނީކުރަމުން މަގު ކޮށަމުން ދެން އެހެން މީހުނާދިމާޔަށް އިބިލީހަށްގޮވަން މިގައިގަނޑު ލަދުނުގަންނާތީ ހައިރާންވޭ

    28
    1
  10. ޜަނާ

    ޢިސްލާމީ ގައުމެއްގެ ވެރިއަކަށް ވީމަ ވަރިހަމަ ދޯ އިސްލާމް ދީނާ ބެހޭ ގޮތުން އ، ބ ނޭނގުނަސް. ނަމާ ދު ކޮށްފަ ހިނައިގަންނަން އެނގުނަކަސް އެއީ އިސްލާމް ދީނާ ބެހޭގޮތުން އެއްޗެއް އެނގެނީކީ ނޫން ބޯގަޅި. ގަމާރު ވިޔަސް ބޮޑުވަރު . އަމިއްލައަށް ތިމާއަކީ ޖާހިލެއްކަން ތިޔަ ސިފަ ކޮށް ދެވެނީ

    25
    1
  11. ހެޔޮ

    ދެން މިކަމަށްވެސް ދައުލަތުން ޤާނޫނެއް ހަދަންވީތޯ؟ ޢެކަކަށް އަނެކަކާ ދިމާލަށް "އިބިލީސް" ކިޔޭނެތޯ؟ މަޖިލީހުގެ ރައްޔަތުންދޭ ފައިސާ ނަގާގެން ތިއްބެވި ބޭފުޅުން ރައްޔަތުންނަށްޓަކައި ފައިދާއެއްހުރި ކަމެެއް ކޮށްދިނިއްޔާ ކީއްވާނި. ހަމަ ކަމަކަށް ނުވާ ކަންތައްތަކުގައި ވަޤުތު އިސްރާފުކުރުނުފިޔަވާ.

    18
  12. ރާއްޖެތެރެ

    ޖޭޕީން ޤައުމީޔަތު ލިބަހެ ލައިގެން އެތެރެފުއް އޮތީ މުޑުދާރުކޮއް

    11
    4
    • ކަނަމަނަ

      އެންމެ ބޮޑު އިބިލީހަ ކީ ނަމާދު ވަގުތަށް ޖަލްސާ މެދު ކަނޑާ ނުލާ ކުރިއަށް ގެންދާ މީހާ ، އެއީ ބޮޑު އިބިލީސް . ބޮންޑާ މެން ކަހަލަ ރޮގާލިންނަ ކީ ބޮޑުއިބިލީހުގެ އައުވާ ނުން ދޮތަ .

  13. ނުވިސްނޭމީހާ

    ޖޭޕީޔަ ވޯޓްދިނުން ނިމުނީ

    11
    6
  14. ފާފު އަތޮޅު

    ހަގީގަތަކީ ޖޭޕީން ޑޮލަރު ބޮޑިއަކަ ޤައުމު ވިއްކާލީ

    14
    3
  15. ލޮލް

    އިބިލީސް މިހާރު ހުރީ ބޭސްފަރުވާއަށޭ ކިޔާފައި ބިރުންގޮސް ޖަރުމަނުގައި.

    32
    2
    • ކަހުރަބު

      ޞަޙީޙް

      2
      1
  16. ލޮލް

    އިބިލިސް އޮތީ ބަނޑުކައްކާތީ ޖަލުން ގެއަށް ބަދަލުކޮށްފަ

    2
    30
  17. ހަސަދު

    ގާސިމް އަދިވެސް އެބަ އުޅުއްވާތޯ!!!. ޚަބަރެއްނުވާތީ އަހާލެވުނީ.

    6
    1
  18. ޜަނާ

    ރައްޔިތުން ގެ ވޯޓުން އިންތިހާބު ކޮށްފައިވާ އިސްލާމީ ދައުލަތެއްގެ ވެރި އެއްވީމަ ހެޔޮދޯ ދީނާ ބެހޭ ގޮތުން އުޑެއްބުޑެއް ނޭނގުނަ ކަސް.

  19. ސޭޓުމަރީ

    ބޮންޑޭތީ ބޮޑު އިބިލީސް

  20. ޝިރޯ

    ޔާމީން ވަރެއްނެތް ގަދަ ބޭފުޅެއް ދެން ތިބީ ހުސްފުޅި މީދާކެއި ހުސް އޮނބު ޔާމީން ސަޅި އެހެރަ ހީލުމެއް އެވަރެއް ދެން އަތްފުނާ އެޅިޔަސް ރާއްޖެއަކަށް ނުލިބޭނެ ހަބޭސް މޮޔަވާނެ.

    10
    2
  21. ހަމަދަނިފު

    ނަފުރަތުގެ ބިލައްދެކޮލހު

  22. Anonymous

    ބޮންޑާ ބުންޏަސް އެއއ އީ ތެދެ އް