މުސްލިމަކު ކާފަރު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަ ބިލުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ގިނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ނަފްރަތުގެ ބިލުގައި އިސްލާމްދީނަށް ފުށުއަރާ ކަންތައްތަކެއް ހުރިތޯ ބަލައި ދިނުމަށް މިނިސްޓަރު، ފަތުވާ މަޖިލީހުގެ ހުށައެޅުއްވިއެވެ.

ރާއްޖޭގެ ފުންނާބު އުސް އިލްމުވެރިން ހިމެނިވަޑައިގަންނަވާ ފަތުވާ މަޖިލީހުން ނިންމި ގޮތުގެ ސިޓީއެއް މިނިސްޓަރަށް ލިބިވަޑައިގެންފައެވެ. ފަތުވާ މަޖިލީހުން ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އިސްލާމް ދީނަށާއި، ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ބިލުގައި ހުރި ކަމަށެވެ.

ބިލާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު "ވަގުތަށް" ވިދާޅުވީ ބިލްގައި އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް އޭނާ ނުދެއްވައެވެ.

މަޖިލީހަށް ބިލް ފޮނުވާފައިވަނީ މިނިސްޓްރީގެ މަޝްވަރާ ނުހޯދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިނިސްޓްރީގެ ލަފާއަކަށް އެދިފައިވާ ކަމަށާއި، ލަފާ ހިމެނޭ ލިޔުން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ބިލަށް އާއްމުންގެ ހިޔާލު ހޯދަން ވެސް މިހާރު މަޖިލިހުން ވަނީ ހުޅުވާލައިފައެވެ.

އެ ބިލާ ގުޅިގެން އޭގައި ލާދީނިއްޔަތު ފެތުރުމުގެ ޖާގަ އޮތް ކަމުގައި ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ ބިލަށް އަމާޒުވެފައެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް ބިލާއި ދެކޮޅު ކަން ވަނީ ހާމަކޮށްފައެވެ.

މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅެވެ. ހަތަރު މެންބަރަކު ވަނީ ބިލު ބަލައިގަތުމާ ދެކޮޅަށް ވެސް ވޯޓު ދެއްވައިފައެވެ.

ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ސަރުކާރުން ވަނީ ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް ހުށަހަޅައިފައެވެ. އެ ބިލު ހުށަހެޅުއްވީ ވެސް ހިސާނެވެ. ބިލުގެ ފުރަތަމަ ކިއުން ވަނީ މިިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި އިއްވައިފައެވެ.

އަމާޒުވެފައިވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވީ ބިލު އޮތީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. އެކަމަކު ހަގީގަތް ބަޔަކު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވެއެވެ. އެކަމަކު ބިލުގެ ހަމައެކަނި މަގްސަދަކީ ނަފްރަތު އާންމުކޮށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުން ކަމަށް އޭނާ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު

    ބިލު ބޭރުކޮއްލުން އެކަނި ފުދޭނީ.

  2. ޖާބެ

    ޢިސްލާހޭ އެއުވާލަން ޖެހޭނީ ... ހުސް ކޮސްގޮވާ މީހުން

  3. ކާފަބޭ2020

    ޑޮކްޓަރުންގެ އިމާމުހިސާނުހުސައިންއާޚިލާފަށް ބަސްވިދާޅުވީމަ ހަޖަމުގެމައްސަލަކުރިމަތިވެދާނެ! ޗިޗަންޑާ19ތަފާތުވާނެދޯ؟

    9
    1
  4. Anonymous

    ޒާހިރު ރަގަޅީ މެންދުރު އިރުދއްކާފަ މިސަރުކަަާރުން ހަދޭ ބުން ޏަސް އާދެ މަސާހިބު ބުނަން ހުރުން

  5. ޖާނޭ

    ހިސާނަކީ މާމޮޅުމީހެއް. ތިޔައީ ނަޝީދު ހުތްދީގެން ކުރުވާ ކަމެއް. ތިބިލް މަޖިލީހުގެ ހަގުރާމަ ނިމޭއިރަށް ހުރިހާ ދަތް ދައްކާލާފައި އަންނާނެ. އޭރުން ނަޝީދު ކުރި ކަމަށް ނުވާނެ ނުން. އެއީ ހިސާން ކުރި ކަމެއްނުން. މީނާ ދުރުގައި ހުރެގެން ތިޔަހުރިހާ ދީނާ ޚިލާފު ކަމެއް މިކުރުވަނީ. އިންޑިޢާ މީހުންގެ ގޭސްގަނޑު އޮއްބާލުންވެސް އޮންނާނެ. ހުރިހާ ގޭހެއް އަބުރާނީ ނަޝީދު (އެލެކްސް އަހުމަދު). އިސްލާމް ދީނަށް ހެޔޮ ބަހެއް މިބޭ ނުބުނާނެ ކަން ކަށަވަރު.

  6. ކަލޯގަޔާ

    ކޮންއިސްލާހެ ކޭ ތިޔާ ކިޔާނޫ އެބިލާ ކެންސަލް ކުރުމަށް އަންގާ އޭލާދީނީބިލާ އެ ކޭ!!!ޑރ. ކިޔެވީ ކޯޗެއްބާ؟؟