މިދިޔަ މަހުގެ ހަ ވަަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފައިގެ އިތުރު އޮޕަރޭޝަނެއް ކުރަން ފަށައިފިއެވެ.

ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވިދާޅުވީ ނަޝީދުގެ ފައިގެ އޮޕަރޭޝަނެއް ޖަރުމަނުގައި ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ. މި މަހުގެ ކުރީކޮޅު ވެސް ނަޝީދުގެ ފައިގެ އޮޕަރޭޝަނެއް ޖަރުމަނުގައި ވަނީ ފުރިހަމަކޮށްފައެވެ.

ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް، ނީލޯފަރު ހިނގުމާއި މަޖީދީ މަގާ ގުޅޭ ހިސާބުން ބޮމެއް ގޮއްވައިލުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އެންމެ ފުރަތަމަ ނަޝީދަށް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓު ޓީމަކުން ވަނީ ނަޝީދުގެ ބޮޑެތި އޮޕަރޭޝަންތަކެއްކޮށްފައެވެ.

ނަޝީދު އެ ހޮސްޕިޓަލަށް ގެނައި އިރު ވެސް ހާލު ވަރަށް ބޮޑަށް ސީރިއަސްއެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުގެ 16 ގަޑިއިރުގެ އޮޕަރޭޝަނަށް ފަހު، ނަޝީދު ޖަރުމަނަށް ގެންދިޔައީ އިތުރު ފަރުވާ އަށާއި ބައެއް ތެރަޕީތައް ހެދުމަށެވެ. އެ ގައުމުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު ނަޝީދު ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ މަހުގެ 21 ގައެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރީ ވ. ތިނަދޫ ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގޮއްވައިލި ސައިކަލުގެ ވެރިފަރާތް ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދާއި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހްއެވެ. އޭގެ އިތުރުން އެހެން މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް އޭނާގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯގޯސް

    ދައުލަތް ހުލި ވަންދެން އޮޕަރޭޝަންތައް ކުރިޔައް ގެންދާތި މަޖާކަމަކީ އިތުރު މީހަކު މި ވަރުނު ވެ މީނަ މީނައައް މި ވަރު ވެގެން އުޅޭތީ ވެ ޑްރާމާ ބޮޑު ވަޒީރު

    22
    1
  2. އިންޑިއާ އެޖެންޓު

    ކޮށްފަ ބަހައްޓާ. ތިވަރު ނަޝީދަށްވިއިރު ކައިރީގައި ތިބި ބޮޑީގާޑުންނަށް ތިވަރު ނުވީ ކީއްވެ؟ ސިމްޕަތީ ހޯދަން ތިކަހަލަ ސްޓަންޓް ޖައްސަން ޖަރުމަނަށް ތި ދިޔައީ. އޭރުން ދިވެހިންނަށް ތީގެ ޙަޤީޤަތް ހޯދަން ފަސޭހަ ނުވާނެތާ!

    20
    1
  3. ލޯބި

    😄🤣 ނިޔަފަތި ކަނޑަން ވެސް އޮޕަރޭޝަން އެއް ދޯ

  4. ހަންނާނު

    ވަދެފަ ހުރި ހުރިހާ ރޭޒާފުށްތައް ނެރެވިއްޖެބާ........