ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ނުކުންނަވައި ވާހަކަ ދައްކަވައިފިއެވެ.

މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމަށް ތައުރީފް ކުރައްވައި ޝަރީފް ވާހަކަ ދައްކާވަފައިމިވަނީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ޓްވީޓެއް ކުރައްވައި ގާސިމަކީ "އިބިލީހެއް" ކަމުގައި ވިދާޅުވެފައިވަނިކޮށެވެ.

ބޮންޑެ މިހެން ވިދާޅުވީ، ނަފުރަތުގެ ބަސް އާންމުކުރުން ހުއްޓުމުގެ މަގްސަދުގައި ކަމަށް ބުނެ ސަރުކާރުން ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް ޖޭޕީން ތާއީދު ނުކުރާތީ ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުންނެވެ.

މި ދަނޑިވަޅުގައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާސިމަކީ ރާއްޖެއަށް އެކި ރޮނގުތަކުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. މި ގޮތުން އިގްތިސާދީ ރޮނގުންނާއި، ތައުލީމީ ރޮނގުންނާއި އިޖްތިމާއީ ރޮނގުން ކޮށްދެއްވި ޚިދުމަތް އޭނާ ފާހަގަކުރެއްވިއެވެ.

"އެމަނިކުފާނަށް (ގާސިމަށް) ބައެއް މީހުން އެއްވެސް ހައްގަކާ ނުލައި ބަދު ބަސް ބުނުން [އެއީ] ދެރަވަރު [ކަމެއް]،" ޝަރީފް ލިޔުއްވާފައިވެއެވެ.

ނަފްރަތު ހުއްޓުވުމުގެ ބިލަށް ގާސިމް ތާއީދެއް ނުކުރައްވައެވެ. އަދި އެ ބިލު ބަލައިގަންނަން ވޯޓު ނެގިއިރު ގާސިމް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ޝަރީފް ވެސް އެ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ގާސިމްގެ ދިފާއުގައި ޝަރީފް މިއަދު ވާހަކަ ދެއްކެވިއިރު، އެމްޑީޕީގެ ގިނަ މެންބަރުންގެ އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވާ ބޭފުޅަކީ ގާސިމެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ގާސިމަށް ފާޑުވިދާޅުވާ ފަހަރު ގިނައެވެ.

ނަފުރަތު ހުއްޓުވުމުގެ ބިލަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ ވެސް ދެކޮޅެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް އެމްޑީޕީގެ ހަތަރު މެންބަރަކު ވެސް ވޯޓު ދެއްވިއެވެ.

މި ބިލު ދަނީ ޖުޑިޝަރީ ކޮމިޓީގައި ދިރާސާ ކުރަމުންނެވެ. ފާޑުކިއުންތައް އަމާޒުވެފައިވާ މި ބިލަށް އާންމުންގެ ޚިޔާލު ހުށަހަޅަން ވެސް ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ. އިސްލާމިކް މިނިސްޓްރީއާއި، ޕީޖީ އޮފީހާއި، އެޗްއާރުސީއެމްގެ ލަފާ ހޯދަން ވެސް ކޮމިޓީން ނިންމައިފައެވެ.

މި ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ ޖާގަ ދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ބިލެއް ކަމުގައި ދެކި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޚިޔާލު ފާޅު ކުރުމުގެ ފުރުސަތު ހަނިވާ ކަމުގައި ވެސް ގިނަ ބަޔަކު އެބަ ދެކެއެވެ.

ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް އަމާޒުވެފައިވާ މި ބިލުގައި ދީނުގެ އުސޫލުތަކާ ފުށު އެރުން ހުރި ބައެއް ކަންކަން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީގެ ފަތުވާ މަޖިލީހުން ވެސް ވިދާޅުވެފައިވެއެވެ.

އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވެފައިވަނީ ބިލު އޮތީ އިސްލާމީ ޝަރީއަތަށެވެ. އަދި އެ ބިލުން ދީނީ ނަސޭހަތް ދިނުމަށް ވެސް އެއްވެސް ހުރަހެއް އެޅޭނެ އިބާރާތެއް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވިދާޅުވެފައިވަނީ އެއީ ނަފުރަތު އާންމު ކުރުން ހުއްޓުމަށާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުމަށް ހުށަހެޅި ބިލެއް ކަމަށެވެ. އެއީ ވަކި ބަޔެއްގެ ޚިޔާލަށް ހުރަސް އަޅަން ހުށަހެޅި ބިލެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ......

    ލާދީނީ އޭ ގޮވީމަ ކަޑަ...އިބިލީހޭ ހަމަ ކިޔަންވީ...މަޖާ

  2. ކޮވިޑް

    ބަލަ މަވޯޓާ ގާސިމްކީ އެއްހަރުން އެތައް މިލިޔަން ފަހަރު ކަށިޖަޔާ ފޫގޮސްފައިވާ ފުރޭންޏެއް ކެކެކެކެ. މޮޔަފުޅު ވެގެން ނޭ ތި އުޅެނީ މަށޭ ގެންގޮސް ޖަލަށް ގަޅާލީ ޕަކާސް.

    4
    1
  3. Hassan

    ހާދަހާ ވަރުގަދަ ޚަބަރެކޭދޯ.
    ރައްޔިތުންވަނީ ތިމީހުންމަތިންފޫހިވެފަ. ރާއްޖޭގެ ރައްޔިތުން އަވާމެންދުރަކަށްލާފަ ގައުމު ފުނޑަނީ.

  4. ތިރިބެ

    ރައްއިތުންގެ ކިތައްބިންތޯ ރިސްވަތުދީގެން ކާލާފަހުރީ ބަލަބަލަ

  5. ކާފަބޭ2020

    ޝަރީފޫ ތިޔަޗިޗަންޑާ19އަކީ ކޮވިޑު19ގައި ނިޔާވެދިޔަހުރިހާ މީހުނަށްވުރެ އެކެއްގެކަންތަކާއުޅޭޗިޗަންޑާތަކެކެވެ. ތިޔަޗިޗަންޑާ19ގައުޅޭ އެއްވެސްމީހަކު އަނެއް19އަށްކަންބޮޑުވެ އެ19އާގުޅުންހުރިކަންތައްއިސްލާހުކުރަން ތިޔަ19އަށްއެއްވެސް ކަމެއްނުކުރާކަންއެއީ ޗިޗަންޑާ19 މާމުހިިންމުކަންނޫންތޯ؟

  6. Anonymous

    އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާގަނޑަށް ވޯޓްވިއްކައި ވޯޓްގަނެހެދި ޖަރީމާ ހިންގި ވާހަކަ މުޅިން ހުއްޓުނީތޯ؟؟؟މިގައުމުގެ މުހިއްމު ސަރަހައްދުތައް އިންޑިއާގެ މޯދީގުންޑާއިންނަށް ވިއްކާ ސަރުކާރުގެ އިސްމީހުން ޖަރީމާ ހިންގަމުންދާވާހަކަ ހުއްޓުވިއްޖެތޯ؟؟؟ކުރިންވެސްއިނގޭ ލާދީނީ ބިލޭ ހަރުކަށި ފިކުރުބިލޭ ނަފުރަތު ބިލޭ ކިޔައޮ މަޖިލިސްތެރޭގައި ތިޔަޔައްސާ ވެންވައްތަރަކީ ކޮންމެވެސް ސްޓެޓެއް ޖައްސައިގެން ޖަރީމާގެ ވާހަކަ އޮއްބާނެކަމ
    ޜައްޔިތުންގެ ދުލުގައި ޖަސްތަޅު އަޅުވަން އުޅެނީކަން،
    އެމްއެމްޕީއާރސީގެ ޚިތާނާތް ޝަރީއަތްކުރިއަށްގެންނަން މިސަރުކާރުގެ ގުންޑާއިންނަށް ހަޖަމުނުވާނެކަންވެސް އިނގޭ، ދެން ދައުރު ނިމެންދެން ތިޖަންގަލީގައިތިބެ މީރުކާނާއާއި ބޮޑުމުސާއައިން ބަނޑުފުރާއިގެން ތިލާދީނީ ބިލާއިގެން ފެލިފެލިތިބެ ދައުރު ނިންމާލާ