ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއު ނިންމައި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންގޮސްފައި ވަނީ ރާއްޖޭގައި މިފަދަ މަޝްރޫއުތައް ހަލުވި މިނެއްގައި ކުރިއަށްގެންދާ އެމްޓީސީސީންނެވެ.

އެމްޓީސީސީއާ ހަވާލުކޮށްއެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާއިރު، މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެރަށު ބިން ހިއްކުމުގެ މަޝްރޫއު ނިންމާލާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ

މި މަޝްރޫއުގެ ދަށުން، އެރަށުގެ 22.2 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

އޭގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.

މިއީ 143.11 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ހިމާޔަތް ކުރުމުގެ ނަމުގައި ހަލާކު ކުރުން !