ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރަމުން ދަނިކޮށް މައްސަލައެއް ދިމާވެއްޖެނަމަ، އަގު ނުނަގައި އެ މަސައްކަތް ނިންމަން އިތުރު މުއްދަތެއް ދޭނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ހިޔާ ފްލެޓަށް ބަދަލުވާން އެތަނުގެ ފިނިޝިން މަސައްކަތް ކުރަމުން ދަނިކޮށް، ކަރަންޓު ފަދަ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ފިނިޝިންއަށް ދިން މުއްދަތު އިތުރުކޮށްދޭނެ ކަމަށެވެ.

"އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ދިމާވެދާނެ އެއް ދަތީގެ ގޮތުގައި އެބަ އޮތް ކަރަންޓުގެ މައްސަލައެއް ދިމާވެ، މިކަހަލަ ކަމެއް މުއްދަތަށް ނުކުރެވިއްޖެއްޔާ އެ މުއްދަތު އެކްސްޓެންޑް ވެސް ކޮށްދޭ ގޮތަށް،" މަބްރޫކް ވިދާޅުވި އެވެ.

އަދި އެ މުއްދަތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

ފްލެޓްތަކަށް މައްސަލައެއް ދިމާވެގެން އަގަކާ ނުލައި މުއްދަތު އިތުރު ކޮށްދޭނެ ކަމަށް މަބްރޫކު ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ކަރަންޓު ދިނުމުގެ މަސައްކަތް މިހާތަނަށް ނިމިފައި ނުވާ ކަން ހަމާ ކޮށްފައެވެ.

ކުރީގެ ސަރުކާރުގައި އެ ފްލެޓްތައް ދޫކުރަން އެއްބަސްވެފައިވާ ގޮތަށް ފިނިޝިން ނުނިންމައި ދޭތީ އެ މަސައްކަތް ކުރަން ޖެހޭނީ ފްލެޓް ލިބުނު މީހުންގެ އަމިއްލަ ހަރަދުގައި ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި އެ މުއްދަތުގައި ފްލެޓް ލިބުނު މީހުންގެ އަތުން އެއްވެސް ވަރަކަށް ފައިސާއެއް ނުނަގާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަގޭ ހިޔާ

    މިޓަވަރުތަށް ކޮމާޝަލް ބޭނުމަށް ކުއްޔަށް ދޫކޮއްފަ އަލުން އިންސާނުންނަށް‏ އުޅެވޭ ވަރު ރަތްޔިތުންނަށް ލިބޭ އާމުދަނީޔާ އެކަށޭނެ ތަނެއް އަޅާ ދެންވީނު ހުރިހާކަމެއް ހައްލުވީނުތޯ އޭރުން.

  2. ޙައްޓި

    ޢިބިލީހުކައިވެނި!

  3. މަގޭގައުމު

    ބަލަ އަސްލަމަކީ ހިޔާނާތެރެއެއްކަން ަޢޯޑިޓު ރިޕޯރޓުން އެގޭއިރު މިހާރުވެސް ހަދަނީވެސްދޮގު މިކަލޭގެވީވަކިކުރަން މިނާގާބިލް ސަރުކާރަކުން ރަގަޅުގޮތެއް ރައްޔަތުނަކައްނަހަދާނެ؟އަނެއްކާ ދޮގު މަބުރޫ ކޫވެސް ދޮފު ހެޔޮނުވާނެއެއްކަމެއްނުކުރިޔަސް ތިޔަކޮތަރުކޮށި ދީ އާދޭސްކޮ މާތްކަލާކޯ ހެޔޮނުވާނެ؟؟

  4. ކުރޭ

    އަސްލަންޓޭ އަށް ކުރެވޭނެ ކަމަކީ ރައްޔިތުންނަށް ޖެއްސުން ކުރުން.

  5. ސެއްޅި

    އަގު ބޮޑަސް އަގު ކުޑަޔަސް އެހެރީ އެ ކޮންޓްރެކްޓްގެ ދަށުން ނިންމަންޖެހޭ ވަރަށް ނިންމާފަ. ކަލޭ މެންނާ ޖެހުނީމަ ދެންހުރި ކަންތައް ނުކުރެވި ހުއްޓި އެ ތަންތަން އަޅަން ދިޔަ މުއްދަތަށްވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެ އެތަންތަން ހަވާލުނުކޮށް. ތި ޖެއްސުން ކުރުމުގެ ބަދަލު ރައްޔިތުން ވޯޓުން ހިފާނެ އިރާދަ ކުރެއްވިއްޔާ. 6 ހާސް އެތައް އާއިލާއެއް.

  6. ޅަވިޔަނި

    ޢިސްތިއުފާ ދީފައި ގެއަށްދޭ ރޮނޑާލިގަނޑު

  7. ދިވެހި ދަރިއެއް

    އަޅާފަ އި ހުރި ފުލެޓްތަކަކަށް ބަޔަކު ނުވެ އްދިގެން ތިޔައ އުޅެނީ.. ދެން ކޮންކަމެ އް ވާނީ.. ބަހަނާ އަކަށްފަހު ބަހަނާ އެއ އް.. ބޮޑެތި ލޯނުތަކާ އި ޕްރޮޖެކުޓްތަ އް ބޮޑެތި އަދަދު ޖަހާފަ އި އިއއ އުލާނު ކުރާ އިރު ކީ އްވެހޭ ހިޔާ ފުލެޓްގެ ފިނިޝިން އަށް ހަރަދު ނުކުރެވެންވީ.. ސީދާ ނިކަމެތި ރަ އްޔިތު މީހާ އާއ އި ގުޅުންހުރި،، ނިކަމެތި ރަ އްޔިތު މީހާ މާލޭގަ އި ކުލީގެ އަޅަކުން މިނިވަންވެދާނެތީ ޖަ އްސާ ގޭމް.. ޔާމިނު ހުރިނަމަ ތިޔަ ހިޔާ ފުލެޓްތަކުގަ އި މީހުން އުޅޭނެ. މާލޭގެ ކުލީގެ މަ އްސަލަ އަށް ބޮޑު ހަ އްލެ އް ލިބިފަ އި އޮންނާނީ.. މާލޭގެ ކު އްޔަށް ބޮޑެތި ބަދަލު އައ އިސް ރަ އްޔިތުންނަށް ހިތްހަމަ ޖެހުމެ އް ލިބިގެން އުޅެފާނެތީ ބިރުން ސިޔާސީވެރިން އުޅެނީ.. ތިޔަ ހިޔާ ފުލެޓްގެ އަޅަކަށް ދިވެހި 6500 ހާ ރަ އްޔިތުން ހަދަ އިގެން ތަޅުވާލަ ތަޅުވާލަ، ބަހަނާ އަކަށްފަހު ބަހަނާ އެއ އް ދަ އްކަމުން ދަނީ.. މިހާރުވެސް 7500 އަށް ކު އްޔަށް ދިނަސް ސަރުކާރަށް ވިހި އަހަރުން ފަ އިދާގެ ގޮތުގ އި ކޮންމެ ޔުނިޓަކުން( ފުލެޓަކުން) 800000 އެއ އްހާ ރުފިޔާ ލިބޭ.. ކީކޭ ކިޔަންތަ މަބްރޫކުމެން ތިޔަ އުޅެނީ.. ކިޔަވަ އިގެންތިބެ ސަރުކާރު ދިފާ އުގަ އި ދޮގުހަދަ އި ރަ އްޔިތުން ގުނބޯ ހެ އްދީމަ މީހާގެ އަގު ވެ އްޓޭނީ..

  8. ސުންކު

    ދެރަކަމެއް އަސްލަމަކަށް ނުވިސްނޭބާ މިތަނަށްވަންނަނީވެސް ދިވެހިރައްޔިތުން ގެދޮރުނެތް ޙަލުގައި އޫޅޭ އެތައްސަތޭކަބައެއް އަސާސީބޭނުންފުއްދޭވަރު ހަދާލަ ދެއްވައިފިނަމަ ހާދަރަނގަޅޭ