ޚިޔާނާތުގެ 42 ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑް ހައުސިން، އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ނިންމުން ނިންމުން ހައިކޯޓުގައި އިސްތިއުފާނު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)ން ނިންމަައިފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި މެދު އެ އޮފީހުން ހިތްހަމަނުޖެހޭތީ، އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބޮޑު ޚިޔާނާތުގެ ތުހުމަތެއް ކުރެވުނުއިރުލަންކާގައި ހުރި އައްމަޓީގެ ބަންދަށް އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން ދިނީ އަށް ދުވަހުގެ މުއްދަތެކެވެ. އޭގެ ފަހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ދައުލަތުން އެދުނެވެ. އެކަމަކު އޭނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އޭރު ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ.

މިއަދުގެ އަޑުއެހުން ފެށިއިރު އެ މުއްދަތު ވެސް ހަމަވެފައިވާތީ ދައުލަތުން ވަނީ އަނެއްކާ ވެސް އޭނާގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދިފައެވެ. ސަބަބަކަށް ދައުލަތުން ފާހަގަކުރީ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމާއި މުޖުތަމައަށް ނުރައްކާވާ ކަމުގެ އިހުމާލު އޮތުމެވެ.

ނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ ވަނީ އައްމަޓީ ދޫކޮށްލަން އަމުރުކޮށްފައެވެ.

މިގޮތަށް އަމުރުކޮށްފައި ވަނީ މިއަދުގެ އަޑުއެހުމުގައި އައްމަޓީގެ ގާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން އާއި އައްމަޓީގެ ވާހަކަތަކަށް ބިނާކޮށެވެ.

އެގޮތުން މުހުތާޒް ވިދާޅުވި ގޮތުގައި އައްމަޓީއަކީ ފިލައިގެން އުޅުނު މީހެއް ނޫނެވެ. އަދި މައްސަލާގައި ހިމެނެނީ ކީތާބީ ހެކި އެކަނި ކަމުން ހެއްކަށް ނުފޫޒު ނުފޯރުވުމުގެ ޖާގައެއް ނެތް ކަމަށް ވަކީލް ވިދާޅުވިއެވެ.

އައްމަޓީ ވެސް ބުނެފައިވަނީ އޭނާ ލަންކާގައި އުޅުނީ ފިލައިގެން ނޫން ކަމަށެވެ. ލަންކާގައި ދިރިއުޅެމުން ދިޔައީ އެ ގައުމުގެ މީހަކާ ކައިވެނިކޮށްގެން ކަމަށް އައްމަޓީ ބުންޏެވެ.

އައްމަޓީ ހައްޔަރު ކުރީ ވެސް ރެޑް ނޯޓިސް ނެރެގެން ލަންކާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަނީމަނީ

    ވެދާނެ އެއްނޫ ފަނޑިޔާރު މަނިކުފާނުގެ ކާރު ހަދާދިނީކަމަށްވެސް މިވެސް ކުށުން ރެކެވޭނެ ގޮތެއް

  2. ގައުމީ ލޯބި

    ރައްޔަތުންގެ ފައިސާ އޮޅުވާލައިގެން ނަގާ މީހުން ދޫކޮށްލެވޭ.. ދީނާއި އެއްކޮޅަށް ބަހެއް ބުނެފިނަމަ ގާނޫނު ހަދައިގެންވެސް އެމީހަކު ޖަލަށް ލެވޭ.. ވައްކަން އާން ދީން ނިކަމެތި މީ އެމްޑީޕީގެ އަސްލު ބޭނުން

    އެވަރުން ވެސް އެމީހުންގެ ފަހަތުން ދުވަނީ..!

  3. ......

    ބަލަން މިތިބީ....

  4. ައަހުމަދު

    މީ ކޮންކަހަލަ އިންސާފެއް އޮންނަ %100 އިސްލާމީ ޤައުމެއްބާ؟؟ އަދުލުއިންސާފް ޤާއިމް ކުރުމުގައި މިޤައުމުއުޅެނީ ކާފަރުންވެރިކަން ކުރާ ޤައުމުތަކަށްވުރެ ފަހަތުގައި މީ ބޮޑުޖޯކެއް.

  5. މާހިދު

    ބަލަމުން މިގެންދަނީ ތިހުރިހާ ޑްރާމާތަކެ އްވެސް...ކުޅޭކުޅިވަރު...އެޖެންޑާ19