ކޮވިޑް-19 ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އުމުރުން 70 އަހަރުގެ ދިވެބި ފިރިހެނަކު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު 5:44 ގައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 201 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް މިހާރު ވަނީ ވަރަށް ބޮޑަށް މައްޗަށް އަރާފައެވެ. އެގޮތުން ފާއިތުވެދިޔަ މެއި މަސް ތެރޭގައި ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދުތައް ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިލިއެވެ. އަދި އެ ބައްޔަށް ފައްސިވާ އަދަދުތައްވެސް ވަރަށް ބޮޑަށް މައްޗަށް ޖެހުނެވެ.

އެގޮތުން މެއި މަހު ރާއްޖެއިން ކޮވިޑް ބަލީގައި 88 މީހަކު ވަނީ ނިޔާވެފައެވެ. އަދި މި މަހު މިހާތަނަށް އެ ބަލީގައި 40 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެެއިން ކޮވިޑްގައި ނިޔާވަމުންދާ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުން ނަމަވެސް މި މަސް ތެރޭގައި ރާއްޖެއިން ކޮވިޑްގައި ޒުވާނުންވެސް ނިޔާވަމުންދާތަން ދަނީ ފެންނަމުންނެވެ. އެގޮތުން އެ ބަލީގައި 10 އަހަރުގެ ކުއްޖަކުވެސް ވަނީ މި މަސް ތެރޭގައި ނިޔާވެފައެވެ. އަދި އުމުރުން 25 އަހަރުގެ އަންހެނަކާއި، 27 އަހަރުގެ ފިރިހެނަކުވެސް އެ ބަލީގައި ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު