ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ނިންމި ހައުސިން ޔުނިޓްތައް ހަދަން ހަވާލު ކުރީ އެންމެ ބޮޑު އަގެއް ހުށަހެޅި ޕާޓީއަށް ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ޓަވަރުތަކަށް ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ ޗައިނާގެ އެހެން ކުންފުނިތައް ހިމެނޭހެން ފަސް ޕާޓީއަކުން ކަމަށެވެ.

މަބްރޫކު ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެންމެ ބޮޑުކޮށް ހުށަހެޅި ޕާޓީން ކަމަށާއި އެއީ ޔުނިޓަކަށް 62،000 ޑޮލަރު މަގުން ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔަ ޕާޓީ ނޫން އެހެން ޕާޓީތަކުން ޕްރޮޕޯޒަލް އަގު ކޮށްފައި ވަނީ ޔުނިޓަކަށް 50،000 އާއި 52،000 ޑޮލަރާ ދެމެދުގެ އަގެއްގައި ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އެއަގުގައި އެ މަސައްކަތް ހަވާލު ކުރިއިރު، އެއްވެސް ގޮތަކަށް ފިނިޝިންގެ މަސައްކަތެއް ނެތް ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

"އެންމެ ބޮޑު އަގެއް ކީ ޕާޓީއަށް މަޝްރޫއު ހަވާލުކުރީ، އިތުރަށް އެ ފައިސާ ދޭން ނިންމީ ކޮން ގޮތަކަށް ބަލާފަ ކަމެއް ނޭނގޭ." މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ޔުނިޓްތަކަކީ އަގުބޮޑުކޮށް އަޅާއިރު އެއްވެސް ކަހަލަ ފިނިޝިން މަސައްކަތެއް ނިމިފައި ނުވާ ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގައި 3 ކޮޓަރީގެ 900 އަކަފޫޓުގެ ފްލެޓެއް ފިނިޝިންގެ މަސައްކަތާއި އެކީ ގާތްގަނޑަކަށް 62،000 އާއި 65،000 ޑޮލަރަށް ނިންމާލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ސސ

    އަގު ކުޑަނުކުރަން ވެގެން ބަހަނާ ދައްކަނީ ، ހައުސިން އެޕާރޓް މަންޓުގެ އަގު ހުންނަންވާނީ އަސާސީ ޕެންޝަން ލިބޭ މީހާޔަށްވެސް އުޅެވޭވަރަށް .

    26
    4
  2. ކޮތަރު

    ކަލޯ މަބޫ. އަބަދު އެކައްޗެކޭ ތިޔާ ކިޔެނީ. ދެއަހަރު ބައިވެގެން ފާއިރުވެސް ހަމަ ހޮވެލިފަތި ގޮވުމުގަ. ހަވާލުވި ބަޔަކު ޖެހޭނީ ކަންކަން ނިންމަން. ކުރީސަރުކާރު ކުރީސަރުކާރު ކީޔަކިޔާތިބޭ ތިޔަތަން ހައްގުވެރިންނަށް ނުދީ. ލަދުކޮބާ. އަދިވެސް ރައްޔިތުން ގުނބޯ ހައްދަން އުޅޭތި. މީހަކު ތަނެއްހަދާފަ ދިނީމާ ދައުރުނިމޭއިރުވެސް ތިޔަތަން ހަވާލުނުކުރރވުނު ބޔަކަށް ކުރިއަށް އޮތް ދެއއަހަރު ކޮންބޯހިޔާ ަހިކަމެއްހޯދައިދޭނީ. ލަދެއްނުގަނޭތަ ކޮންމެފުވަހަކުއަރާ އެކައްޗެއް ކިޔާކަށް. ޔާﷲ މިމުނާފިގުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންގެ ކިބައިން މިގައުމު ތައްކާތެރި ކުރައްވާނދޭވެ. އާމީން.

    36
    3
    • ހުކުމް

      މަބޫ އަށް ވާގޮތަކީ އައ އްޕަގެ ބިޒުނަސް ހިމާޔަތް ކުރަން ސަރުކާރު ބުނާ ކޮންމެ އެ އްޗެ އްވެސް ކިޔަނީ.

  3. ސެންޗޯ

    ދެން ކުރާނެ ކަމެއްނެތް ފުލެޓު ލިބުނު އެންމެން ތިތިބީ ޔާންބެގެ ގުއިރޯނުގައި ޖެހިފަ

    6
    40
  4. ހަސަނު

    އަބދުވެސް މަމެން މޮޅުކޮށް މަބްރުކުމެނަށްވެސް ތިޔަވާހަކަދެއެްކެނީ. ބަލަގަ ތިޔައަގުހެޔޮބަޔަކު 10 އަހަރުދުވަހުން އަލާގޮތަކަށް ޔާމީން ސަރުކާރަކުން ގަބޫލެއްނުވާނެ.

    26
    3
  5. ޢަޒު

    ރޫކް އަބަދު ދޮގު ނަހަދާ

    29
    4
  6. މުސްތަފާ

    ތިކަހަލަގެ މޮޅުވާހަކަނުދައްކާ ކޮބާއަވުބޮޑުދަރުމަވަންތަ މިހާރު މުސާރަތިދެނީ އެތަންރަހުނުކޮއްގެން ލިބޭއެއްޗަކުން ބަލައަގުބޮޑުވީމަ 30 އަހަރުދުވަހުން ހުޅުމާލޭގަ އަޅާފައެހެރީ ފުލެޓުތަ އެއީ ކޮތަރުނިދާ ގެތަކެއް އެތަންތައްތަން ތަޅާފަ ޔާމިނުސުޕީޑު ގަ50 ބުރިޔައް ފުލެޓުއޅާބަލަ ކޮންކަމެއްތަތިކުރަނީ ދޭބަލަ ގުއިތަފާލީގަދަނޑިން ތަޅަން އެވެސްދާނީސޯލިހުގޮވައިގެން އޭރުން ވަރައްވަސް ދުވާނެ މިހާތުވާހަތައް ނުވިކޭނެ ހައްހާ

    23
    1
  7. ނާދިރާ

    މި ސަރުކާރުން ހަދާނީ ނަތަންޔާހޫ ހަދާކަހަލަ ދޮގު

    30
    3
  8. ޙހހހ

    މިދިޔަ ސަރުކާރުން ކަލޭމެން ރުހޭގޮތަށް ކުރިކަމެއް އެބައޮތްތަ ، ހަމަ ދޮގަކަށްފަހު ދޮގެއް ހަދަމުންދާންވީ ، މަރުވީމަ އިހްސާސްވަނީ ދޮގުހެދީމަ ލިބޭ އަޒާބް ، މިސަރުކާރަށް ކޮށްދެވުނު ހެޔޮކަމަކީ ތިޔަފާސްނުކުރެވިގެން އުޅޭ ލާދީނީބިލް

  9. ސެންޗޯ

    އަންނަ ރިޔާސީ އިންތި ހާބަށް މަމެންވެސް އަސާސީ ޕެންސަނު ދެބައިކުޅަ އެއްބައިން ފުލެޓު ތަކުގެ ކުލި ދެއްކޭވަރު މެނިފެސްޓޯގައި ހިމަނާނަން ހުރިހާ ކުދިން މަމެންގެ އޮޑިޔަށް އަރަން ކެހޭނެ މިއީ ވަރަށް ވާހަކަ

    • ވިސްނާލުމަށް އެދެމޭ

      ތިވާހަކަގަވަނީ އަމި އްލަ އެދުން....ތީ މާނުރަ އްކާ ކަމެ އް....2023ރޔާމީން އިންޝާﷲ......ބީވެ މިދާތަން އާބާރަކުން އަތުލާހޯދުމަށް
      ގަދަހި އްވަރާ ނުގުޑާނެ އަޒުމެހުރިކަން ސާބިތުވާތީ ތަރަ އްގީގެ އުފާ އެ އްމެންނަ ކަށަވަރުވާނެތީ އު އްމީދުވާތަނެ އްގަ ދިރުމެ އްވާނެ.

  10. ތިއްތި

    ޔާމީނު ރައްޔިތުނަށް ކޮށްދިން މަސައްކަތަކަށްވާތީ އޮތިއްޔާ އޮތްދޮގެއްހަދާނެ، މިމީހުން ސަރުކާރާ ޙަވާލުމަށްފަހު މިމަސައްކަތް ކުރިއަނުދީ ހުއްޓުވީ ކީކުރަން ރައްޔިތުން ގަނަތަޅުވާތަންފެންނަނީ

  11. މަބުސް

    ބަލަ ކުރީ ސަރުކާރު ކަމު ނުގޮސްގެންނޭ ކަލޭމެނާ ހަވާލުކުރީ. ކުރީ ސަރުކާރު ކަމުނުދާ ވާހަކަ ދައްކާކަށެއް ނޫނޭ ހަވާލުކުރީ. އަގުހެޔޮ ބޯހިޔާވަހިކަމުގެ ވައުދު ފުއްދާނެ ގޮތް ކިޔައިދޭންޖެހޭނީ އަހަރެމެނެއް ނޫނޭ. ކަންކަން އަގުހެޔޮކުރަން ހުރެޔޭ ފޯމިއުލާތަކެއް. ރީއްޗަށް ބުނާށޭ އަހަރެމެންނަކަށް ނޭނގެޔޭ. ކަލޭމެން އަޅާ ފްލެޓް ބޮޑު ވެފައި އަގުހެޔޮ ވާހަކަ ރައްޔިތުމީހާއަށް ކިޔައިގެން ތީ އަމިއްލައަށް ލިބޭ ހުތުރެކޭ. ކަލޭމެން ބިންގާ އެޅި ސޯސަލް ފްލެޓްތައް ޔާމީނު ދިނީ އަގުހެޔޮކޮށޭ.

  12. ސަލާމް

    ފިނިޝިންގ ނިންމަން ކުރީ ސަރުކާރުން 43 މިލިޔަން ޑޮލަރު ލޯނެއް ނަގަން އުޅުނުކަން ސުރުހީތަކުގައި އޮތްކަން ހަނދާން އެބަހުރި. އޭގެ މާނައަކީ ފިނިޝިންގ ނިންމާފަ ދޭގޮތަށޭ އޮތީ. މިހާރުތިބީ ފިނިޝިންގ ނިންމަން ނޭނގޭބަޔެއްކަން މި އެނގުނީ 2 އަހަރުފަހުން.

  13. ޙަސަނާ

    ދެން ކީއްވެގެންތޯ 600 ވަރަކަށް އަކަފޫޓުގެ އެޕާޓްމަންޓެއް މަހަކު 7500 ރުފިޔާ 20 އަހަރު ވަންދެން (ޖުމުލަ 1.8 މިލިއަން ރުފިޔާ)ދައްކާގޮތަށް ތިޔަ ދޫކުރަނީ؟ އޭރުން އަކަފޫޓަކަށް އެ ޖެހެނީ 3000 ރުފިޔާ. ނުވެސް ނިންމާ ހުރި ތަންތަން. ލަދުހަޔާތް ކޮބާ؟

  14. ނދކ

    މޮޅެތި ވާހަކަ ނުދައްކާ. މިހާރު ކަލޭމެން ދައްކާ ފިތުނައިގެ ވާހަކަތައް އަޑުއަހަނީ ބޮލުރޮދި ކެނޑިފަތިބި މަދުބަޔެއް.

  15. ޢިއްތިހާދު

    މަޖިލީސްއައްވެދި ލާޖެހި ބިލް ފާސްވަންދެން ފުލެޓްގެ އަޑުއިވޭނީ ބަޔަކުގުދަނެެއް އެޅިއަސް އިމާރާތެއްގެ ބިންގާއެޅިއަސް އެތަނައްދުވާނެ ސަރުކާރުން ރާއްޖެޓީވީއާއެކް މިސަރުކާރުން ބިންގާއެޅި ތަނެއްނެއް މިދިވެހި ބިމުގަ ވިޔަފާރި އައް އަބަދުވެސް ކުންފުނިތަކުން ހަދާ ފުލެޓްތައް އެގޮތުން މިދިޔައަހަރު އެޗްޑީސީން ބަޔަކައްދިންތަނެެއްގަ ބައްދަލުވުމެއް ބޭއްވީ ހުޅުމާލޭގަ މިދިއަދައަރުގަ އެޅިތަންތަން ނުނިމި ހުރީ ލާރިނުދީގެން އަމީ.. ހެދިއެތައްތަނެއް ސިފައިންގެ ފުލެޓްތައް ފުލުހުންގެ ފުލެޓްތައް ސަރުކާރު ކުންފުނިއަކުންހަދަމުން ދިއަތަނެއް މިގޮތައް އެތައް ޕުރޮޖެކްޓުތަކެއް އެބަހުރި ކުރިއައްނުގެންދެވި ބޯނެއްބުރުމާއާ މައުމޫއަކާ ޝޭކަކާ ހެދިކޯލިޝަން ސަރުކާރެއްގެސަބަބުން ދިންދެޑޯޒް އިންހޭލާނީ 2023ގަ ހޭލާގޮތައް ރޯންފަށާނީ މިކަމުން ސަލާމަތް ވެވީނީ ވެސް ބަދަލުތަކެެއް ގެނަސްގެން ކޮއްވެސްނިޒާމެއް އެއީ މިމީހުނައް މަޖިލީސް ގޮނޑިތަކެެއް ނުލިބޭނެ ސަރުކާރު ތެރެއައް ވަނުމައް ކޮއްމެފަހަރަކު ރިޔާސީވެރިކަން ފަނިކުރަނީ މިމީހުން .

  16. ެައަބްދޫ

    ޔުނިޓެ އް 62000 ޑޮލަރު އެއ އީ ފްލެޓެއ އް 956040 ރ މަގުން 7000 ފްލެޓްމި .އަގުން 25 އަހަރަށް ބެހުމުން މަހަކަށް ޖެހެނީ 3186 ރުފިޔާ މަސަ އްކަތް ހު އްޓުވުމުން މުއްދަތު އިތުރުވެގެނ ް ބޮޑުވި ބަ އި ޒިންމާވާން ޖެހޭނީ ހު އްޓުވި މީ ހަކު ގާނޫނު ބުނަނީ އެމީހެ އްގެ އިހުމާލުން ލިބޭ ގެ އްލުން އުފުލަން ޖެހޭނީ އެމީހަކު ކަމަށް .ޢެއ އީ އެޗްޑީސީން ނުވަތަ ރަ އީސް އޮފީހުން ނުވަތަ ޕްލޭނިން އިން އެޒިންމާ އުފުލަން ޖެހޭނެ ފްލެޓެރއް 100% ފަ އިދާ އާ އެކު 6500 އަށް ނުދެވެންވީ ކީ އްވެ.

  17. އެމްޑީޕީގެ ޖެއްސުން

    އެންމެ ކުރިންވެސް އިނގޭ ހިޔާ ފުލެޓްތައް އަގުބޮޑުކުރަނީ ޔާމީން އަޅާފަ ހުރި ތަންތަންވީމަ ސިޔާސީ ބޭނުމަކައްކަން. ރައްޔިތުންނައް ބޭނުންވާ މިކަހަލަ ކަންތަކުގައި ސިޔާސީ ގޭމްނުކުޅެ ރައްޔިތުންނައް ޖެއްސުން ނުކުރޭ.

  18. ޢަސްލް

    ބިޑް ވިން ކުރަން ކުޑަ އަގު ހުށަ އަޅަ އިގެން އުޅޭމީހުން އެއުޅެނީ މަސައްކަތް ނިންމާފަ ހަވާލުނުކުރެވިގެން އުޅޭ ތަ އް ފެނުން. ފްލެޓްތަ އް ނިންމާފަ އެހުރީ. ބްރިޖްގެ އަގު ބޮޑުވެގެންވެސް އުޅުނު. ޢެކަމު ތިމާމެނަން ބްރިޖް އެޅޭ އަގު ދެގުނަ ބޮޑުކޮށް ދީފަ އޮތީ😀

  19. ލލ

    އަގު ބޮޑު ކުރީ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ޖީބަށް އެތިކޮޅެއް ލާން ކަން ދުވާލުގެ އިރުފަދައިން ފެނޭ ނުންތޯ ؟

    4
    2
  20. ވަހީދުބެ

    މިސަރުކާރުގައި ތިބިބޮޑުން ކުރީސަރުކާރޭކިޔައިގެން ހާސަރުތަކެއް ނުދަމާ ހަމައެންމެ ދުވަހެއްވެސް ނުދޭ. ތިމާމެންނަށް ކަމެއްނުވާވާހަކަ ރައްޔިތުން ދައްކަނެފެށުމުން ކުރީސަރުކާރުން ކޮންމެވެސްކަމެއް ކޮށްފައޮތްގޮތް ކަމުނުދާވާހަކަދެއްކުމަކީ މިސަރުކާރުގެ ބޮޑުންނަށް ޖެހިފަތިބި ބައްޔެއްކަން މިހާރު އެންމެންދަނޭ. މިހާރު އަގުހެޔޮ ކުންފުނިތައް ހޯދައިގެން ކުރާކަމެއްނުފެނޭ. ސަރުކާރަށް އާމްދަނީ ހޯދުމުގެ އެންމެފުރަތަމަ މަގަކީ ރައްޔިތުން ޖޫރިމަނާކޮށްގެން ފައިސާހޯދުން. ބަދަލުދޭފައިސާއޭކިޔައިގެން ދައުލަތުގެ ބައިތުލްމާލު ޖީބުތަކަށްއަޅާ ފުރައިފި. ދެންވެސް ތަސްބީޙައެއް ކިޔާހެން ކުރީސަރުކާރު ކިޔުންނޫން އެއްކަމެއްނުކުރޭ.

  21. މާމީ

    މަބޭ ތިޔަކަހަލަ މުރުތައްދު ދޮގުތައް ނަހަދާ ފުލެޓުތައް ލިބުނު މީހިނައް ހަވާލުކުރޭ ފުރަތަމަ ވެސް މޯދީ ބުނީ ކޮތަރު ކޮއްޓޭ އިންސާނުން ދިރިއުޅެން ހެޔޮނުވާނޭ މިހާރު ރަންކޮއްޓައް ވެގެން ތިއުޅެނީ. މަބޭ އައް ދޮގުވާހަކަ ދެއްކުމުމުގެ ލަގަބު މޯދީ ދޭނެ.

  22. ޢަހާ

    ދިއުޅުނި ނުދަމާ ކަންކޮށްފައި ތިބި މީހުން ގެ މައްސަލަތައް ބަލާބަލަ. ކޮރަޕްޝަން ހިންގާ މީހުން ގެ މައްސަލަ ބެލުމަކީ މިގައުމުގައި އޮންނަކަމެއްނޫންތަ. ކާމީހުންކައިގެން ފިލަންވީތަ

  23. ސުވޭސް

    ނުނިމޭ އެޕާރޓްމަންޓް ގެ އަކަފޫޓަކަށްޖެހޭވަރު އެންގޭ ބޭފުޅަކު ބުނެލަދިނުން އެދެން

  24. އާދަމުގެދަރި

    ފާޑުފާޑުގެ ވާހަކަނުދައްކާ. ޕާޓީކުދިންނަށް ބަދަލުގެ ނަމުގައި ފައިސާ ދެވެންޏާ ރައްޔިތުންނަށް އަގުހެޔޮކޮށްފައި ފްލެޓް ނުދެވޭންވީ ސަބަބެއް ނެތް.

  25. ޓިނު ދޮންބެ

    ތިތަން ހެދީ މިދިޔަސަރުކާރުން އެމީހުން އެބުނަނީ 6500އަށޤ ދެވޭނެއޭ. އިބޫ މިތަނަށް ކޮން ޚަރަދެއް ކުރީ؟ ދެން ކ