ނަފްރަތުގެ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އިމްމުވެރިންގެ ގުޅުމުން މިފަދަ ޕެޓިޝަނެއް ރައީސަށް ހުށަހަޅާފައި މިވަނީ އެބިލާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ ޖަމިއްޔާގެ ފޮނުވާފައިވާ ޕެޓިޝަންގައި ބުނެފައިވަނީ ޤާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާއަށް އިތުރު އިތުރު ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރައިތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް ހުރަސް އެޅި ބަންދުވެގެން ދާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ސެކިއުލަރ ހަރަކާތްތައް މި ގައުމުގައި ވަރުގަދަ ކުރުމަށް މިވީހާތަނަށް ބައިނަލް އަގުވާމީ ޖަމާއަތްތަކާ ގުޅިގެން އެކި ޖަމާއަތްތަކުން ހިންގާ ޖަރީމާތަކާއި ގުޅިގެން ދިވެހި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް އެކި ބަހަނާތަކުގެ ތެރޭގައި ހައްޔަރުވެ ކުރިއަށް ނުގޮސް އޮންނަކަމީ ހަގީގަތްކަން ދިވެހި މުޖުތަމައުގެ ކޮންމެ ފަރުދަކަށް ވެސް މިހާރު ފެންނަން އެބަ އޮތެވެ." އެ ޖަމްއިއްޔާއިން ބުންޏެވެ.

އެޖަމްއިއްޔާއިން ބުނީ، އެފަދަ ހާލަތުގައި ވެސް ދީނާ ދެކޮޅަށް ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް އިލްމުވެރިންނާއި ދީނަށް ޢީރަތްތެރިކަން ހުންނަ އާއްމުންގެ ފަރާތުން ބުނާ ބަހަކާ ގުޅިގެން ދީނުގެ ދިފާއުގައި ތެދުވާ މީހުންނަށް ދައުވާ އުފުލޭނެ ގޮތަށް އޮތުމަކީ މި ވަތަނުގެ ދީނާއި ގައުމިއްޔަތާ ހިލާފު ކަމެއް ކަމަށެވެ.

އަދި މި ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ދެއްވި ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެ ކަމުގެ ޔަގީންކަން ރައީސަށް ވެސް ދެވެން ނޯންނެ ކަމަށާއި އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގެއް ތަނަވަސްކޮށް ނުދެއްވުމަށް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

"ވީމާ ދިވެހި އިސްލާމީ އުންމަތުގެ ވަލިއްޔުލް އަމްރުގެ ގޮތުގައި މިހާރު ހުންނެވި ފަރާތުގެ ހައިސިއްޔަތުން މިހާރު ހިނގާ މިފަދަ އެންމެހައި ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވެ ވަޑައިގަންނަވާނެ ފަރާތަކީ މަނިކުފާނާއި މަނިކުފާނުގެ ރައްޔިތުން ކަމަށްވާތީ، ނަފްރަތުގެ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސް ކުރަން" އެޖަމްއިއްޔާއިން ރައީސަށް ފޮނުވި ޕެޓިޝަނުގައި ބުނެފައިވެއެވެ.

އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހުންނަށް ބޭނުން ގޮތަކަށް އުޅެން ފަހިވެގެން ދާނެ ފުރުސަތެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ތަންޑާ

    ދިވެހިރާއްޖޭގައި ސެކިއުލަރިޒަމަށް އުޅެން ބޭނުންވާ މީހުންނަށް ބުނެލަން އޮތީ ނެތޭ މިގައުމުގަ އެފަދަ މީހުންނަށް ޖާގައެއް. ދިވެހި ފަސްގަނޑުގަ އުޅޭހާ. ދުވަހަކު އެފަދަ މީހުން ތިބެންޖެހޭނީ ދިވެހިންގެ ދީނަށް ހުރުމަތްތެރިކޮށް ހިތައިގެންނޭ. ސެކިއުލަރިޒަމަށް ގާނޫނީ ހައިސިއްޔަތެއްވެސް ނުދެވޭނެ.

    15
    2
  2. އަލްޖިބްރާ

    މި އޮށް ކަމެ އްދޯ. ޢިބޫ މިފަހަރު ތި ބިލް ފާސްކުރަންވާނެ

    9
    59
    • ރައްޔިތުންގެ ވެރިޔެއް ކޮބާ؟

      ރައްޔިތުންގެ ވެރިޔެއް ވެއްޖިއްޔާ ރައްޔިތުންގެ ބަސްއަހާނެ،
      އިސްލާމްދީނުގެ ދުޝްމަނުންގެ ވެރިޔެއް ވެއްޖިއްޔާ އިސްލާމްދީނުގެ ދުޝްމަނުންގެ ބަސްއަހާނެ! މިބިލު ފާސްކުރުމަށްވުރެ ބޯހިޔާވަހިކަން ހޯދާދިނިއްޔާ މާރަނގަޅުވާނެ! ހިންދީންގެ ޖަޒީރާވެރިޔަކަށްވުރެ މިގައުމަށް ބޭނުމީ ﷲ سبحانه وتعالى އާއި ރަސޫލާ محمد صلى الله عليه وسلم އަދި އާޚިރަތްދުވަހަށް އީމާންވާ ވެރިޔެއް.

      18
      2
    • އަހުމަދު

      ކަމެއްވީމަ ދޯ 101 އަލްމުވެރިން މިކަމާ އެ އުޅުއްވަނީ. ނަމަކަށް އަލްޖިބްރާ ކިޔަސް ހިސާާބަށް ދައްވީމަ ކަން ކަން މިން ކުރަން ނޭނގެނީ

      13
      5
  3. އަޒީޡް

    އިލްމުވެރިންތައް އެބަޖެހޭ މިސަރުކާރަކީ ލާދީނީ ކަންކަމައް ހިތްވަރުދޭބަޔެއްތޯ ނޫންތޯ ސަރުކާރުގެ ނިންމުންތަކާއި ޢަމަލުތަކައް ބަލައި ފަތުވާއެއް ނެރެން. އަދި މިއީ ހައްގުން އެއްކިބާވާން އުޅޭ ސަރުކާރެއްތޯނޫންތޯވެސް ރައްޔިތުންނައް ސާފުކޮއްދޭން.

    12
    1
  4. ކޮއިފުޅު

    ތިކަހަލަ މީހުންމިގައުމުތިބީހުރިހާވެސް ޢިލްމުވެރިންނޯކިޔާފަށް

    3
    1
  5. ޖާނޭ

    އިބޫ! ޚަލޭ ތިހުރީ ބުއްދި ފަސްވެފައިތަ؟ އިސްލާމްދީނާ ދެކ ކޮޅު މީހުން ހިމާޔަތް ކުރަން މަސަ އް ކަތް ކުރާއިރު ބަހެއް ނުބުނެ ތިހުރީ ހަމަ މަކަރުވެރި ކަމުން.

    17
    1
  6. ޝަހިންދާ

    ޞޯލިހު. ޞޯޓުބާލަން ޖެހިދާނެ އި ގޭ

    13
    1
  7. Almaash

    މި އޮއ އް ކަމެ އްދޯ!
    ނިކަން ތިބިލު ފާސްކޮ އްބަލަ!

    2
    13
  8. އަހުމަދު

    ތި ބިލު ހިލާ ފާސްވިޔަ ދީގެން ނުވާނެ. މިހާރު ތާއީދު ނެތް ސަރުކާރެއް ވޯޓުގެ ކުރިން ގަނޑު ގަނެވޭތޯ އެއުޅެނީ

    14
    3
  9. ކައްބެ

    އިބޫ މިގައުމުން ބޭރުކުރޭ އެއީ ވެރިކަންކުރެވޭނެ ގާބިލުކަން ހުރި މީހެއްނޫން އަންނި ހުރިނަމަވެސް މިހާރު އިސްތިއުފާދިނީސް ޔަގީން......

    15
    1
  10. ނާޅި

    އެމްޑީޕީގެ ލީޑާޝިޕް އުފެދުނީ 30 އަހަރުގެ ނަފުރަތުގެ ތެރެއިން އިގިރޭސިންގެ ވާގިވެރިކަމާއި އެކު ދިވެހިން ބައިބައިކުރަން އިންޑިޔާގައި ހިންދޫންގެ ވެރިކަން އުފައްދާދީ ޕާކިސްތާނު އުފެއްދި ގޮތަށް ނުންތޯ ! މިތާގައިވެސަ ލާދީނީ މީހުނަށް ދައުލަތެއް ހަދާދޭން ހުޅަގުން ބޭނުންވޭ ! އެދައުލަތް ހިމާޔަތް ކުރަން ހަދާ ޤާނޫނު!

    16
    2
  11. އޮޅުވާލި ވޯޓު

    ދީނުގަ ކަޑައެޅިފައިވާ ކަމަކައް އިންސާނަކައް އެޔައް އުނިއިތުރުގެނެސްގެން ގާނޫނެ ނެހެދޭނެ ހަދާފިއްޔާއެވާނީ ބާދިލުގާނޫނަކައް ކަމެކުރާންމަ ރައްޔްތުންނިކުމެ ލާދީނީ ބައިގަޑު މަގާމުތަކުން ދުރުކުރަންޖެހެނީ

    7
    1