ކޮވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 68 އަަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ.

މިއީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑްގައި ނިޔާވި ދެ ވަނަ މީހާއެވެ. އިއްޔެ ހަވީރު 5:00 ޖެހިހާއިރު އުމުރުން 70 އަހަރުގެ ފިރިހެނަކު ވަނީ ނިޔާވެފައެވެ.

މިރޭ ނިޔާވި މީހާއެކު މިހާރު ރާއްޖެެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 202 އަށް އާރާފައެވެ. އަދި މިމަހު މިހާތަނަށް ނިޔާވި އަދަދު ވަނީ 41 އަށް އަރާފައެވެ.

ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ރާއްޖެއިން ކޮވިޑަށް ފައްސިވާ އަދަދުތަކާއި ހޮސްޕިޓަލްގަައި ފަރުވާދޭ މީހުންގެ އަދަދުތައް ދަށްވި ނަމަވެސް އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ދަށެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު