އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ކުށްވެރިކޮށް ކައުންސިލްތަކުން ބަޔާން ނެރުން ހުއްޓުވަން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ގޮވާލައިފިއެވެ.

އެމްޑީޕީގެ ނައިބު ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ޝިފާޒް އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ވިދާޅުވީ ކައުންސިލްތަކުން ނެރެމުންދާ ބަޔާންތަކަކީ "ސަލަފްގެ ބަޔާނެއް" ކަމަށެވެ.

ހަރުކަށި ފިކުރަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މާތް މަގުސަދެއްގައި ހުށަހެޅި ބިލު "ސެކިއުލާ" ބިލަކަށް ހަދައިގެން އެމްޑީޕީ އަށް އަމާޒުކޮށް ޖަމިއްޔަތުއް ސަލަފުން ކެމްޕޭނެއް ފަށާފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

"މި ގައުމީ މަޖިލީހުގެ އެންމެހާ ދާއިރާ ރައީސުންގެ ކިބައިން އެދެން ބޭނުން، އެ ދާއިރާއެއްގެ ކައުންސިލު މެދުވެރިކޮށް ސަލަފުގެ އެ ބަޔާން ނެރެމުންދާ ނެރުމަށް ތިބޭފުޅުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާށޭ އެކަން ނުކުރެވޭނެ ގޮތަކަށް" ޝިފާޒު ވިދާޅުވިއެވެ.

ނަފްރަތުގެ ބިލާ ދެކޮޅަށް ނެރޭ ބަޔާންތަކުގެ ބަދަލުގައި އިންސާފަށް އެދި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިމާވެފައިވާ ނުތަނަވަސް ހާލަތުން އެމަނިކުފާނަށް އަވަސް އިންސާފެއް ލިބުމަށް އެދި ބަޔާންތައް ނެރުމަށް މަސައްކަތް ކުރުމަށްވެސް ޝިފާޒު ވަނީ ދާއިރާތަކުގެ ރައީސުންނަށް ގޮވާލާފައެވެ.

އެމްޑީޕީގެ ކައުންސިލުތައް ނެތް ރަށްތަކުގެ ކައުންސިލުތަކުން ވެސް ބަޔާންތައް ނުނެރެ މަޑުޖައްސާލުމަށް މަސައްކަތް ކުރުމަށް ނުވަތަ އެކަމާއި ދެކޮޅަށް އެހެން ކަމެއް ކުރުމަށް މަސައްކަތް ކުރުމަށް ޝިފާޒު ވަނީ ގޮވާލާފައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ކެމްޕޭން ކުރަނީ ސަލަފް ޖަމިއްޔާ އިން ކަމަށް ޝިފާޒް ވިދާޅުވި ނަމަވެސް ސަލަފް ޖަމިއްޔާގެ އިލްމުވެރިންގެ އިތުރުން އެހެން ވަރަށް ގިނަ އިލްމުވެރިން ވެސް ވަނީ އެބިލާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އިއްޔެ ވެސް 101 އިލްމުވެރިޔަކު ސޮއި ކުރައްވާ ބިލް އަނބުރާ ގެންދިއުމަށް ގޮވާލައި ރައީސް ސޯލިހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. އިލްމުވެރިންގެ ޕެޓިޝަންގައި ވިދާޅުވެފައި ވަނީ ނަފުރަތުގެ ބިލުގެ ސަބަބުން މުޖުތަމައުގައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރައިތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެނޫން އާއްމު ރައްޔިތުންނަށް ހުރަސް އެޅި ބަންދުވެގެން ދާނެ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އިސްލާމްދީނާއި ހިލާފަށް އުޅޭ މީހަކާއި ދިމާއަށް އެއީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ މީހުންނަށް ބޭނުން ގޮތަކަށް އުޅެން ފަހިވެގެން ދާނެ ފުރުސަތެއް ކަމަށް ބުނެ ގިނަ އާއްމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

60 ކޮމެންޓް

  1. މަބޭ

    ނަފްރަތުގެ ބިލަކީ ވަރައްމަކަރުވެރި ރޭވުމެއްގެތެރެއިން ފާސްކުރަން މަސަތްކަތްކުރާބިލެއް

    190
    2
    • ޒައިކް

      ޔާނު ސަރުކާރު ނަމަ ތި ހުރިހާ ކައުންސިލެއް މިހާރު ސަސްޕެންޑުކޮށަފަ ތިބޭނި

      9
      101
  2. ޟޫސް

    ޥެބްކެމް އާއ ބެހޭބަޔާނެ އް ނެރެން އެންގިނަމަ ލޮލް

    151
    1
  3. Anonymous

    ތިޔައިންވަނީ ސަރުކާރުގެ ބަސް ދޯ.
    ކަލޭމެންގެ ފުތުނައިން މިހާރުވެސް މިތަން ހަލާކު ކޮށްފި. އިތުރަށް ހަލާކު ކުރަން ފުރުސަތު ދެވިގެން ނުވާނެ. ކަލޭމެން ދާންވީނު އިންޑިޔާ އަށް ބޮޑުވަޒީރުކޮށް ބޭނުން ދީނަކަށް ، ބޭނުން އެއްޗެއް ބޮއިގެން އުޅެވޭނެ ވިއްޔާ އެތާ. ހާދަ ލަދުޙަޔާތް ކުޑައޭ. އިސްލާމް ދީނަށާއި ނަބިއްޔާ އަށް ފުރައްސާރަ ކުރާއިރުވެސް ވެސް ތިބެންވީ ޗުއްޕުވެސް ނުބުނެ. ބަލަ ކަލެއަށް ވެސް ވާޖިބުވާނެ އިސްލާމްދީނުގެ ދިފާއުގައި ނަބިއްޔާގެ ދިފާޢުގައި ތެދުވުން. ލާދީނީ ކޮން ނޫޅުނީމާ ލާދީނީއެއް ނުކިޔާނެ ނޫންތޭ.

    161
    4
  4. ނަފުރޭތަ

    ސިފާޒުވެސް ތިޔަ އުފަ އްދަނީ ނަފުރަތު. ކޮބާ މިނިވަންކަން ؟ ކޮބާ ޑިމޮކުރަސީ މިހާރު ؟
    ހުދުމުހުތާރު ވެރިން އަ އުޓް !

    155
    3
  5. ދިރާސާ

    މިސަރުކާރުގެ އިސްލާމިކް މިނިސްޓަރާ އި ތިޔަ ބިލާ އި ދެކޮޅު އެމް. ޑީ. ޕީ މެންބަރުން ބުނާ ބުނުމަކީ ސަލަފުގެ ބަޔާންތޯ..؟ އިސްލާމްދީނަށްވުރެ ވަކި އއިންސާނަކު މުހި އްމުކަމަށް ދަ އްކަ އި ގޮވާލުންތަ އް ގޮވާލަން ފުރުސަތު އޮވޭތަ؟ ރަ އްޔިތުންގެ ބަޔަކު ކުރަމުންދާ ތުހުމަތުތަކަށް ބާރުލިބޭ ހުރިހާ ކަމެ އް ތިޔަދަނީ ކުރަމުން.. އިސްލާމްދީނާ އި ދުރު ވާހަކަތަކާ އި އަމަލުތަ އް ގިނަވާ ވަރަކަށް ވެރިކަންދާނީ ބަލިކަށިވަމުން..މިހާރު ވޯޓަކަށް ދިޔަޔަސް 15000 ހާސް ވެސް ނުލިބޭނެ.. ޝޯޝަލް މީޑިޔާ އާއ އި ގޭގޭ ސިޓިންރޫމްތަކުގަ އި ރަ އްޔުތުން ފާޅު ކުރާޝު އޫރު ތަކުން މިކަން ހެކިދޭނެ..

    132
    5
  6. ޓާޓާ

    ކަލޭތީކާކު އަހަރެމެން ގޮވާއެއްޗެއް ގޮވަން ތިބުމުގެ މަސައްކަތް ހުއްޓާލާ އަދިވެސް ގޮވާނަން

    125
    2
  7. އެމް ޑީ ޕީ

    އެމް.ޑީ.ޕީ ގެ އަހުލުވެރީންނޭވެ، މާތް ﷲ އަށް ބިރުވެތިވޭ، އިންޑިޔާ، އިޒްރޭލް ތައްޕާހުގައި ޖެހި ފިތިފަ ތިބި ބައެއްގެ ބަސް ނާހާ. ތިޔަ ބިލްތަކަކީ އިންޑިޔާ މިތަނަށް އަތްގަދަ ކުރުމުގެ ކުރީން، ރައްޔިތުން އަނގައިގަ ޓޭޕް އަޅުވަން ޖަހާ ސަކަރާތެއް

    134
    2
  8. މޮޔަ ސަރުކާރު

    ކަލޭ ބުނާ ބަސް އަހާނެ ބަޔަކުވެސް އެބަ އުޅޭ. ހަމަ އެގޮތަށް މާތްﷲ އަށް ބިރުވެތިވާ ބަޔަކުވެސް މިތާ އެބަ އުޅޭ

    138
    2
  9. Anonymous

    ޝިފާޒަކަށް ނޭނގޭނެ ރަ އްޔިތުން ދަ އްކަންޖެހޭ ވާހަކަ އާ އި ނުދަ އްކަންޖެހޭ ވާހަކަ ބުނާކަށް، އެ އީ ކޮންމެ ދިވެހި ރަ އްޔިތަކަށް ލިބިގެންވާ ޙަ އްގެ އް. އަނގަ އިގެ ޓޭޕް އަޅުވަންނޫޅޭ، މިފަހުގެ ތާރީޚެ އްގަ ދިވެހި އު އްމަތަށް މިވަރުގެ މުޞީބާތެ އް ޖެހުނުކަމެ އްނޭގެ، ނުލަފާ ޖަ އްބާރު ބަ އެ އް.

    124
    1
  10. ނަައީމް

    ހުރިހާ ކައުންސިލް ތަކުންވެސް ދީން ހިމާޔަތް ކުރާނެ ހަމުގެ ނަމޫނާ ރައްޔިތުންނައް އެދައްކަމުން ގެންދަނީ

    115
    1
  11. ޢަލިބެ

    މިސޮރަށް ރީތިއަންހެންކުއްޖެއްގެ ފޮޓޯގަނޑަކާ ވެބްކެމަކާ ދޭންވީ

    99
    1
  12. ރައްޔިތުންނަށް އޮޅުވާލާ މެމްބަރު/މިނިސްޓަރު

    ދައުރެއް ނިމިގެންދިޔައިރު ދާއިރާގެ ރަށަކަށް އަރާނުލާ ހަމައެކަނި މެމްބަރު، ކޮން ގޮވުމެއް ގޮވާކަށް!!

    92
    1
  13. ހޯރަ

    މި ގައުމަށް އެތެރެކުރާ ވެބްކެމްތައް ނަމަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ޤާނޫނެއް ފާސްކުރަންވީ. އަދި ވެބްކެމް ބޭނުންކޮށްގެން އޮރިޔާން ދައްކާމީހުންނަށް ހަރުކަށި އަދަބުދިނުމަށް ގޮވައިލާ ކައުންސިލްތަކުން ޤަރާރުތައް ނެރެންވީ.

    60
    1
  14. ހުދު ހުދު

    ލާ ދީނީ މީންސް ލާދީނީ.... ތަންދޮރުނުދަން ބީތާއިން ބޮޑެތިމަގާމް ތަކަށް ލީމާ ގޮވޭނީ ކޮސް...ގޮވާނީ އަތަށް... ހައިސިއްޔަތެއް ޝަޙުސެއްނެތް މީހުން ގެ ގޮވުން ބަލައިނުގަންނާނެ އެމީހުންގެ އަނބިދަރީންވެސް......

    66
    1
  15. ޙުސެން

    ދިވެހި ތާރީހްގައި މޑޕ މިބައިގަނޑު ލިޔެވިގެންދާނީ ތުރުކީގެ މުސްތަފާ ކަމާލު އަތާތުރުކު އެގައުމުގެ ތާރީހްގައި ލިޔެވުނުގޮތަށް

    58
    1
  16. ހުސެންދީ

    ޝިފާޒޫ، އެމްޑީޕީ ނޫނިއްޔާ ދެންތިބި އެންމެންނަކީ ފަލަފު މީހުންތަ؟

    30
  17. އަހްމަދު

    ކަލޭމެން އިރު ދައްކާފައި އެހެރީ ހަނދޭ ބުނީމާ އެކަން ޤަބޫލު ކުރިމީހުން ތިބި ޒަމާން ފާއިތުވެއްޖެ! ދެންކަލޭމެން ތިކުރަންއުޅޭކަން ﷲގެ އިރާދަފުޅުން ނުވާނެ! ކަލޭމެން ދެންވާނީ ފަޝީހައް!

    62
  18. ޙުވާ

    ށިފާޒު. ހޭބަލި ނުވާށެވެ. މީ ވަރަށް ވާހަކަ އެވެ.

    57
  19. ޓިނުަ

    ކައުންސިލްތަކަކީ މިކަހަލަ ކަންކަމާ ގޮތްފާޑުކިޔާ ބަޔަކަށް ވުމުގެބަދަލުގަ ރަށްރަށުގެ ތަރަަށްގީއާ ގުޅިފައިވާ ކަންކަންކުރާ ބަޔަކަށްވުން މުހިއްމެވެ.

    5
    54
    • ޜަނާ

      މިފަދަ ކަން ކަމުގަ ކައުންސިލްތަކާ ކޮމިޓީތަކާ އާއްމުރައްޔިތުމީހާވެސް
      ޢިދިކޮޅުހަދަންޖެހޭ.އެމީހެއްގެފެންވަރުން . ޢަތުން،ޢަތުން ނުކުރެވުނިއްޔާ ދުލުން ، ދުލުން ނުކުރެވުނިއްޔާހިތުންވެސް މަނާ ކުރަންޖެހޭނެއިސްލާމްދީނަށްނަޞްރުދޭބަޔަކުކަމުގައިވާނަމަ

      29
  20. ވެބްކެމް

    މިހާރު ފާސްކުރަން ތި އުޅޭނީ ހަޑިހުތުރު ނުބާވަސް ދުވާ ރަށްޔަތުންގެ އަނގަމަތީ މަލަން އަޅަން އުޅޭ ބިލެތް.

    56
  21. އާދަމުގެދަރި

    ޑިކްޓޭޓަރުކަމާއި ޚުދުމުޚުތާރުކަމުގައި ހައްދުފަހަނަޅައިދާން ފެށީ. މިނިވަންކަމާއެކު އެބަޔަކު ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ އިޚުތިޔާރު އޮންނާނެ. އެކަން ހުއްޓާލަން ގޮވާނީ ޚުދުމުޚުތާުރު ވެރިން. މިވެސް މާޑިމޮކްރެޓިކް ގޮތް ދައްކައިގެން އުޅޭ ޚުދުމުޚުތާރު މީހެއް ދޯ.

    43
  22. ހުސެން

    ޝިފާޒު ކަލޭ ތެޅިމަރުވިޔަސް ތިކަމެއް ނުވާނެ. އިންޝާ ﷲ

    55
    1
  23. ހުދުކާޅު

    އެމްޑީޕީގައި ތިބި ލާދީނީ ނޫން މީހުން އެޕާޓީއާ ދުރަށްދާންވީ ވަގުތަކީ މިއީ.

    51
  24. ނާދިރާ

    މޑޕ އަށް ލާދީނީ ނުގޮވޭ. އެކަމަކު މޑޕ މީހުން އެހެން މީހުންނަށް އިބިލީހަށް ގޮވޭ

    53
  25. ސިފް

    ޝިފާޒް ފަރަށް ދޭ ބަލަ

    45
  26. ޢިއްތިހާދު

    ބުރާންޗަކައް މިމަގާމު ދީފަބަހައްޓަނީ އެކަމުގެ ދަހިވެތިކަމުގަ ބުނާކޮއްމެ އެއްޗެއްގޮވާނެކަން ޔަގީންވާތީ މިނަހިތުން ބައިގަނޑެއްގެނާއިބަކައް ވީމަ މުޅިގައުމުގެ ތަމްސީލުކުރަނީހެންހީވަނީ ގިނަމީހުން ބޭނުންވެސްނުވާނެ ދެކެންވެސް މިސޮރުމެން .

    45
  27. ވިސްނާލުމަށް އެދެމޭ

    ދެންވެސް ތިބިލަށް ހިސާނު ބިލޭ ކިޔާ ނިންމާނީތަ...މިސަރުކާރުގެ ދީނީ ސިޔާސަތުގެ ބިލޭ ކިޔަންނުކެރިގެން ހިސާނަށް ނަންކުރާ ބިލު ފާސްކޮށް ތަސްދީގުކުރާނީ ކާކުތޯ....މޑޕގެ ދެބުޅަލުގެކޯޅުމުގެ ޑްރާމާ ބޮޑުސްކްރީނުގަ އަޅުވާފަ ގަ އުމަށް މޑޕ ގެންނަންބޭނުންވާ ހުރިހާކެ ނިންމަމުންދަނީ..މިގަ އުމުގެ ދީނާ މިނިވަންކަން ސަލާމަތްކުރަން ރަ އްޔިތުންބޭނުންނަމަ ރަ އްޔިތުންގެ އަޑު އިއްވަން ރަ އްޔިތުން ނުކުންނަންވީ...މި އަދުގެ ގަ އްދާރުންގެ ތެރޭގަ ނެތްބަ އެ އްނެތް...ސަލާމަތީބާރާ ޝޭޙުންނާ ސިޔާސީލީޑަރުންނާ ސި އްހީ ދާ އިރާގެ މީހުންނާ ޝަރު އީދާ އިރާގެ މީހުންނާ..ހުރިހާ ދެރަ އެ ހިތާމަ އެ އް ރަ އްޔިތުންނަ..

    20
  28. މަދިރިހުރިހާދުހުކު

    ޝޮފާޒް މެން ރައީސް އޮފީހައް ވަދެވުނީމަ ރައްޔެތުން ކޮންޓްރޯލް ކުރަން ހާދަ ބޭނުންވެޔޭ.

    53
  29. ބޭބެ

    މި ފާޅުވަނީ އިންސާނުންގެ ތެރޭގައިވާ ޝައިތޯނުން

    60
  30. މޮޔަބޭ

    ކަލޯމެންނަ ތިކަންހުއްޓުވޭނެނަމަ ތިކަން އޮންނާނީހު ހއްޓުވާފަ!!މޮޔަނުގޮވާ !

    27
  31. ޚ

    މީ ހާދަ ދެފުށް ދެ ގޮތް ބައިގަނޑެކޭ. ނަމުން ވަރަށް ޑިމޮކްރެޓިކް ވާނެ. ޢަމަލުން ނޯތްކޮރެއާއަށް އަށްވުރެ ދެރައެއަށް ނޫން

    28
  32. ހަމީދު

    އޮރިޔާން ވެ އޮރިޔާން ވެބްކެމް އިން ދެއްކުން ކުއްވެރިކުރަން އަދި އެކަން ހުއްޓުވަން ގޮވާލަން!

    28
  33. ލާދީނީ ބައިގަނޑު

    އިސްލާމް ދީނާ ހިލާފައް މިދުނިޔެމަތީ އުޅޭ މީހަކާ ދިމާލައް ބަޔަކުމީހުން އެއީ ދީނާ ހިލާފައް އުޅޭ މީހެކޭނުބުނިކަމުގަ ވިޔަސް ދީނާހިލާފައް އުޅުނުމީހަކަށް ގިޔާމައްދުވަހުން އަޒާބުނުލިބި ހިނގައިދާނެނަމަ އެފަދަބަސް ބުނެވިޔަނުދިނުމައް އުޅުންރަނގަޅު ދޯ

    16
    1
  34. ރާކަނި ސައްތާރު

    ޢިސްލާމަ ކަމާ ދިމާލަށް ކާފަރެ ކޭ ބުނުމުގެ ހައްގެ ނޯންނާނެ. ޢެމެ މީހެއްގެ ގޯސް އަމަލުތަކ ކެއް ހުންނަ ކަމުގައި ވާނަމަ ސޯސަލް މީޑިޔާ ގައި ބެވުމުގެ ބަދަލުގައި އެމީހަކަށް ވަ ކީން ބައްދަލު ކޮށް ނަސޭހަތް ތެރި ވާންވީ...ސޭހުން ގެ ގޮތަ ކީ މިއީ

    3
    14
  35. ގލ

    ނަފްރަތުގެ ބިލަކީ މާދުރާލާ ރާވަ އިގެން މޑޕ އިން ޖަހާ މަކަރުވެރި ކަމުގެދަންތުރަ އެކެވެ ބޭނުމަކީ ރާއްޖޭގަ އި އިސްލާމް ދީނަށް އއ އޮތް ފުރުސަތު ހަނިކުރުމެވެ މިހާރުން މިހާރަށް ނަފްރަތުގެ ބިލް އަނބުރާ ގެންދި އުމަށް ސަރުކާރަށް ގޮވާލަމެވެ.

    28
  36. ބަރުގޮނު

    ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިޔުން ހުއްޓުވުމަށްވެސް މި މިނިސްޓަރ ގޮވާލާފާނެ. ޚުދުމުޚުތާރުވުުމުގެ މީ އިންތިހާ. ވައި އަޅުވަން ދައްކާހާ މޮޔަ ވާހަކަ.

    23
  37. އަސީ

    ކަލޭމެންގެ ރޫހާނީ ލީޑަރުގެ އެންގުމައް އެހެންމީހުނާދިމާލައް ކޮންމެއެއްޗެއްވެސް ގިވަންވީ ތަންތާހުޅުވެސް ޖަހަންވީ ހަމައޯކޭ ކަލޭމެންކުރާކަމަކާ ދެކޮޅައް އެއްޗެއްބުނުމަކީ ގޯހެއއް.

    19
  38. ރަބަރޭ

    ސިފާޒު ކަލޭމެން ބޭނުން ހާ ކަމެ އއް ބޭނުންހާ
    ގޮތަކަށް މިރާ އްޖޭގަ އި ނުކުރެވޭނެ އެދުވަސް
    ގޮ އްސި ވޯޓުންވެސް ވާނީ ބަލި

    25
  39. ކާލި

    ބާރުތަށް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ރައްޔިތުން ކުރާކަމެއް ހުއްޓާލަން ބުނުމުގެ ބާރެއް މީޔަކަށް ނޯނާނެ !

    25
    2
    • ޑެޑުއހފޯސް

      ޙުރިހާބާރެއްވެސް ފެށޭނީ އަދި ދެއްވަނީވެސް ﷲ އަދި އެބާރުތައް ނެގުމުގެ އިޚްތިޔާރާ ބާރު ލިބޭ ހަމައެކަނި ފަރާތަކީވެސް ﷲ. ޑިމޮކުރަސީ ކުފުރުވާ އެއްބަހާ ތިބުނީ

  40. ހައްޕު

    މަވާ ނަސީދަށް އަބަދަށް ސަލާމް. ރޫލް އޮފް ލޯ އާއި ރޫލް ބައި ލޯ ކިޔައިދޭ ސިހާބު ކޮބައިތަ؟

  41. ޝިފާޒާ

    އަހަރެން ކަލޭގެ ތިޔަމުޑުދާރު އަގަހުއްޓުވަންވެސް ގޮވާލަން.

  42. އިބްރާހިމް

    އެމްޑީޕީއަކީ ލާދީނިއްޔަތު ކުރިއަރުވަން އުޅޭ ޕާޓީއެއްކަން މިކަމުންވެސް އެބަ ހާމަވޭ. ދީނީކަމެއްގައި ދީންދަންނަ މީހުނާއި މަޝްވަރާނުކޮށް ކަންކަން ނިންމީމާ މިވެރިންނަށް ލާދީނީ ބައެކޭ ނުކިޔޭނެތޯ؟

  43. މުރާދު

    މިއީ ކާކު ދެން ކަންކަމަށް ގޮވާލަން. ކޮންފަދަ ބުރަދަނެއް ހުރި މީހެއްބާ މިއީ. ކެނެރީގޭ ނަޝީދުގެ މައުތު ޕީސް ނޫނިއްޔާ. މި ގައުމުގައި ރައްޔިތުންގެ ޒަމީރާ އެއްގޮތްވާ ކަންކަން. ބޭރުގެ ނަސާރާ ޔަހޫދީ ޖަމިއްޔާތަކުން ބޭނުންވާ ކަންކަން މި ގައުމުގެ ރައްޔިތުންގެ މައްޗަށް ގަދަބާރުން ނުހިންގޭނެކަން ހަދާނުގައި ބަހައްޓާ. މި ގައުމަކީ ވަކި މީހެއްގެ ސިޔާސީ ކުރިއެރުމަށް ގުރުބާން ކުރަން އޮތް ގައުމެއް ނޫން

  44. ބޮލި މުލައް

    ގެވެށި އަނިޔަަ އާއި ވެބުކެމް މައްސަލާއިގައި ބަޔާނެއް ނުނެރެއެއްނު

  45. ބިލާ ދެކޮޅު

    ނަފްރަތުގެ ބިލާ ދެކޮޅަށް ބަޔާންތައްނެރެ ލިޔުންތައް ގިނަގިނައިން ރައީސަށް ފޮނުއްވާ އާދޭސް ދަންނަވާށެވެ.
    މާތްﷲ އަޅަމެންގެ ދުޢާ އިޖާބަ ކުރައްވާށި.
    އާމީން...

  46. ރިޔާޒުބެ

    މުސްލިމު ޓެގް އަޅުވަ އިގެން ލާދީނީ އުޅުން އުޅޭމީހުން މިބިލަށް ތާ އީދު ކުރާނެ އެމީހުންނާ ދިމާލަށް ލާދީނީ އޭ ގޮވާތީ ހަޖަމު ނުވެގެން އެބިލު ފާސްކުރަން އެއ އުޅެނީ ގޮވާނަން ގޮވާނަން ގޮވާނަން ގޮވާނަން ގޮވާނަން

  47. އިސްތިއުފާއޭ

    އިސްލާމް ދީނާއި ޚިލާފު ބިލެއް މަޖްލީހުން ފާސް ކުރަން މިއުޅެނީ އެއީ އިންޑިއާ އަށް ރާއްޖެ ވިއްކާލަން ވެގެންނޭ ރައީސް އިބޫ އިސްތިއުފާ ދޭންވީއޭ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

  48. Anonymous

    ލާދީނީ ބައިގަނޑަށް ހަޖަމެއް ނުވާނެކަން އެނގޭ

  49. ޖާބެ

    ފެބްރު އަރީ 8 ވަނަ ދުވަހައ އް ވުރެ އް ބޮޑުދުވަހެވެ އް އަތުވެދާނެ ފަދަ ހުރިހާ އަލާމާތެ އް މިހާރު އެބަފެނޭ....

  50. ފިޔަވަޅު

    މީނަ އެކަނި ޤައުމެއްތަ މީ މީނަ ބުނާހާ ކަމެއް ސަރުކާރުން ކުރަން .

  51. ސަމާލު

    ލާދީނިއްޔަތު ފެތުރުމުގެ 4 ވަނަ ހަރުފަތް ގިރާކުރަނީ. މިގާނޫނު ފާސްކޮށްފިނަމަ، 10 ވަރަކަށް އަހަރުތެރޭ އިސްލާމްދީނަށް ނުރައްކާތެރި ބޮޑު ބަދަލެއް ފެނުން އެކަށީގެންވޭ.

  52. ސޫރަ

    މީނަމީކާކުދެން

  53. ޝަފިއްޔާ

    ތަންކޮޅެއް ރެސްޕެކްޓު ލިބިފައިވާ އަޚުލާގެއް ހުރި ބަޔަކު އެމްޑީޕީއިންވެއްޖެނުން ޕާޓީތަމްސީލްކުރަން ގެންގުޅެން.. ކުއްޔައް ހިފައިގެން ނަމަވެސް.

  54. ކާއްޑޭ

    ތިކަހަލަ ރޯނުއެދުރުން މިނިސްޓަރުންނަށް ލީމަ ކިޔޭނުކިޔޭ ނޭގިގެން ތެޅޭނެ ތައުލީމީ މީހުން ތަންތަނަށް ލާން ޖެހެނީ އެހެންވެ

  55. ޓަކިބެ

    ނުހުއްޓުވޭނެ. ޝިފާޒު ކަލޭ ޖެހޭނީ މަހަށް ދާން. ކިޔާނެ އެއއްޗެއް ކިޔާނަން. އަހަރެމެންގެ އަނގަޔަކު ކަލެއަކަށް ނުހިފެހެއްޓޭނެ. ތިއީ ހަމަ ލާދީނީ ބައިގަނޑެއް.

  56. ޏަމްޏަމް

    ސިއްޕެ ކަލޭ ގޮވިޔަކަސް ބަލާނެ ބަޔަކުނެތި ލާދިނީ ބިލް ބޭރު ކުރޭ އެއީ ނުބައި ބިލެއް

  57. ހުސާމް

    ތި ބިލް އަބުރާ ގެންގޮސްދީބަލަ ތިބިލުގެ ސަބަބުން ބޭނުންވަނީ ގައުމު ބައިބައި ކޮށްލާ މުޅިގައުމުގާ ލޭއޮހެރުމަކަށް ދާންހެއްޔެވެ. ނޫނީ މުޅިގައުމު ދެބައި ކޮށްލަން ހެއްޔެވެ. ފާއިތުވެދިޔަ ދުވަސްތަކުގާ ގައުމުގާ އެއްވެސް ކަހަލަ ނަސްލީ އިމްތިޔާޒެއް ހިގާ ލޭއޮހެރުމެއް ހިގާފަކާ ނެތެވެ. ވަގުތު ފާއިތުވެ ދިިއުމުން ކީރިތި ކުރެއްވުމަކުން ވާނެ ފައިދާއެއް ނޯންނާނެއެވެ.