ގުޅިފަޅުގައި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ސިޓީ ކައުންސިލުން އެދިފައިވާ ޕްލޭނާއި ގުޅޭ ގޮތުން ސިޓީ ކައުންސިލާއި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވިތާ ތިން ހަފްތާ ވީއިރުވެސް މަޝްވަރާތައް ފެށިފައި ނުވާތީ މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސިޓީ ކައުންސިލުން އެދިފައިވާ ގޮތައް ގުޅިފަޅުގައި ވިޔަފާރީގެ ބަނދަރު ހެދުމުގެ ބަދަލުގައި ގުޅިފަޅުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ޕްލޭނާއި ގުޅޭ ގޮތުން ސިޓީ ކައުންސިލާއި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވީ މުއިއްޒު އާއިއެކު މެއި މަހުގެ 27 ވަނަ ދުވަހު ބޭއްވެވި ބައްދަލުވުމުގައެވެ.

މުއިއްޒު ރޭ ވިދާޅުވީ މާލެ ރައްޔިތުން އެދޭ ގޮތަށް ގެދޮރުގެ މަންޒިލަކަށް ގުޅިފަޅު ހެދުމަށް ރައްޔިތުން އެދޭ ގޮތަށް ގުޅިފަޅުގެ ޕްލޭން ބަދަލު ކުރުމަށް މާލެ ސިޓީ ކައުންސިލާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިތާ ތިން ހަފުތާ ވެފައިވާއިރު އެކަން އަދިވެސް ނުފެށޭ ކަމަށެވެ. މަޝްވަރާތައް ނުފެށޭތީ އެކަމާއި ހިތާމަކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ގުޅިފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ ވިސްނުން ފުރަތަމަ ގެންގުޅުނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ. ނަމަވެސް ފަހުން ޔާމީންގެ ސަރުކާރުން އެވިސްނުން ބަދަލުކޮށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ނިންމިއެވެ. އެއީ ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމަށް ފަހުއެވެ. ޔާމީންގެ ސަރުކާރުން ވަނީ ކުނި ނާންދައި ކުނި ނައްތާލުމަށް ބޭނުންވާ މެޝިނަރީތައް ތިލަފުށީގައި ބަހައްޓާފައެވެ.

ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ހަދަން ނިންމާފައެވެ. ގުޅިފަޅުގެ ޕްލޭން ވެސް މިހާރު ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރާއީސް

    ކޮން ކަމެއްތޯ ސާލިހްމޯދީ އަށް ކޮއްދެއްވުނީ ވިދާޅުވިގޮތަށް؟
    އަބަދުވެސް ބައްލަވަނީ ލޮކްޑައުންގަ ރައްޔިތުން ބައިތިއްބަވައިގެން އިންޑިއާގެބާރު މިޤައުމުގަ ވަރުގަދަކޮށް އުމުރުދުވަހައް ވެރިކަމުގަ ތިބެވޭނެ ބާރުތައް މުށުތެރެޔައް ލެވޭތޯ…

    30
    1
  2. ސަމާ

    5 އަހަރު ނިމުމުންވެސް ސޯލިހަށް ބޭސްފަރުވާ، ބޮޑީ ގާޑުން، އާދައިގެ ބޮޑެތި 50 ވަރަކަށް ފިރިހެނުންނަށް މަހުމުސާރައިގެ ގޮތުގައި ނުލިބޭވަރުގެ އިނާޔަތެއް ލިބޭނެ.
    ކަލޭމެންނަށް ގޯތި ދޭން ޖެހޭ ސަބަބެއްކޮބާ ؟
    މޑޕ އިން ދެއްކި ކިތައްމެމްބަރުން ކަލޭމެން ހޮވީ ؟

    18
    4
  3. ޝިރޯ

    ބަގަލަ މުއިއްޒު އިބޫ ނަހަދާނެ ތެދެއް ދުވަހަކުވެސް އުމުރުގައި މިހާތަނަށް ހަދާފައި އޮތީ ހުސް ދޮގު ބުނާ ބަހަކާއި އަމަލަކާއި ދިމާނުވާނެ ވަރަށް ބާރަށް އަގަޔަށް ގޮތް ހަދާފައި ފޮނި ބަސް ބުނާނެ ނުކުރާނެ ނުހަދާނެ ވިލިމާލެ ބުރީޖް މަސައްކަތް ކިތައްފަހަރު ފަށައިފި ނިމްމާލެވޭ ދުވަސް ދީފި ނުވާނެ އޭނަޔަށް އެއްކަމެއްވެސް މި 5 އަހަރުގައި ވިލިމާލެ ބުރީޖު ދުނިޔޭގައި ނެތްބަޔަކަށް ތިބި ބަޔަކަށް ނުފެންނާނެ. މިބުނީ ނުވާނެ ދޮގުހަދަން ވަރަށް މޮޅުވާނެ

    21
    1
  4. ބަދަލުވަމުންދާ ސަޤާފަތް

    ތިކަން ކުރިއަށް ދާނީ މާލޭ ރައްޔިތުން ގުޅިގެން ރަގަޅު ޞުލްޙަވެރި އިހުތިޖާޖު އެއް ކުރިއަށް ގެން ގޮސްގެން އެނޫން ގޮތަކަށް ސަރުކާރަށް އަޑެއް ނީވޭނެ، އަދި ރައްޔިތުން ކިތަންމެ ވަރަަކަށް ބަސް އަހައިގެން ކިޔަމަންތެރި ކަމާއި އެކު ތިބި ކަމުގައި ވިޔަސް އިޖާބަ ދޭނެކަމަށް ނުފެނޭ، ވީމާ މާލޭގެ ރައްޔިތުން ބޯހިޔާވަހި ކަމުގެ ޙައްޤު ލިބިގަތުމަށްޓަކައި ޞުލްޙަވެރި އިޙްތިޖާޖްތައް ކުރިއަށް ގެންދަން ފެނޭ، ބޭނުމަކީ ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވާ ރައްޔިތުން ބޭނުންވާ ގޮތަށް ގުޅީފަޅުން ގޯތި ހޯދުން.

    21
  5. ހަމް އާޕް ކޭހެ ކޯން؟

    ގުޅީ ފަޅާއި ބެހޭ ގޮތުން މި ވަގު ތު އޮތީ އެ ތަނުގައި ބަނދަރު ހެދުން@ ބޭ ކ ރު ބައްދަލުވުން މި ދުވަސް ކޮޅު ނޯވޭ!

    8
    1
  6. އިބްރާހިމް

    މި ރައީސް ކަމެއް ކުރާނަމޭބުނެފި، އެކަމެއް ނުކުރާނެ. އަނެއްކާ މީނާ ބުނާ ހުރިހައި އެއްޗެއްވެސް ދިމާވަނީ ހަމަ ރައީސް ނަޝީދު ވިދާޅުވާ އެއްޗަކާއި އެއްގޮތަށެވެ. އެއީ ސީދާ 100 ދެކޮޅަށެވެ. އަންނަމަހު ކަމެއްކުރާނަމޭ ބުނެފިނަމަ އެކަން އަންނަމަހު ނުވާނެކަން 100% އަށް ކަށަވަރުވެއެވެ. ވެރިކަމަށް އަންނަންވެގެންވެސް ރައީސް ޔާމީނާއި މެދު ދެއްކެވި ވާހަކަތަށްވެސް ދިމާވަނީ ސީދާ ދެކޮޅަށެވެ. ޖުޑިޝަރީ އިސްލާހުކުރަން ވިދާޅުވެ ޖުޑިޝަރީ ފުނޑާލީއެވެ. ކިޔާނެކަމެއްވެސް ނެތެވެ. ހުރިހައިކަމެއްވެސް ހުރީ މިހެންނެވެ.

  7. ޒީރޯ ޓޮލަރަންސް

    ކަހަނބު ސްޕީޑް ދުވެލި ގެންގުޅޭ، ވިސްނުންކޮށި ބަޔަކާއި އެކު ގައުމެއް ކުރިއަކަށް ނުގެންދެވޭނެ. އެބަޔަކާއި އެކު ކަމެއް ކުރިއަށް ގެންދެވިދާނެ ކަމަށް އުއްމީދުވެސްް ކުރަން ހެޔޮނުވާނެ. ވަގުތަކީ ކިހާވަރެއްގެ މުހިންމު އެއްޗެއްކަން އެމީހުނަކަށް އެއްގޮތަކަށްވެސް ނޭގޭނެ.

  8. ލަވަފޮށި

    "ވަޢްދާހުވާކުރާނެޔޭ އެހަނދާން ނެތޭނެޔޭ
    ނޫނީ އެހެން ގޮތެއްގާ މަޖްބޫރުވާނެއޭ"

    1
    1
  9. ސޯލިހުލް ހާމާނު

    މިތާނގައި ވާއެއްޗެއް.
    މިތާނގައި ނުވާއެއްޗެއް
    އެއީ ކޯޗެއް؟
    ޖަވާބު: އިބިލީހު ކާވެނި

  10. ފޯކައިދޫ މުނދިމު

    ސަރުކާރުތަކައް ހަމަ ނެތީތޯ ރައްޔިތުންނައް ފުލެޓްވިޔަފާރި ނޫން ވިޔަފާރިއެއް 2 ރިސޯޓް އާ ލެފްޓޮޕަކުން ގައުމު ހިންގޭނޭ ކިޔައިގެން ރައްޔިތުން ހައްދާލައިގެން ވޯޓް ހޯދައިގެން އައިސް މިހާރު ކިތައް ރިސޯޓްތޯ އޮތީ އެކަމަކު ރައްޔިތުން ކުރާމަސައް ކަތުންނާއި ބޯލާ ފެންފޮދައް ދަންދެން 6% ޖީއެސްޓީ ނަގައިގެން އެވަރުންވެސް ނުފުދިގެން ބިންތައް ހިސޯރކޮއް ނުދީ ދަތިކޮއްގެން ފުލެޓް އަޅައިގެން އަގުބޮޑުކޮއް ވިއްކުން ބޯހިޔާވަހިކަމުގެ ނަމުގައި ގުޅީފަޅުގެ ވާހަކަ ދެއްކުމައް ވުރެ މާރަނގަޅެއްނޫންތޯ ލޯކަލް ކައުންސިލް ގާނޫނުތައް ތަންފީޒް ކުރެވޭތޯ ބެއްލެވިއްޔާ މިމާލޭގެ އާއި ހުޅުމާލޭގެ ބިންތައް ސޓީކައުންސިލަރ އައް ހަވާލް ކޮއްގެން ރައްފުށުގަ ގޯދިދޭހެން ރައްޔިތުންނައް ގޯތިދީ 18 އަހަރު ކައިވެނީގެ ގާނޫނު އުވާލާ އާބާދީ އިދުކުރެވޭތޯ ބެއްލެވިއްޔާ