ފުލުހުންނަށް ލައިސަންސް ނުދިންކަމަށް ބުނެ ހއ. ދިއްދޫ އަށް ނިސްބަތްބާ ޒުވާނަކު 28،800 ދިވެހި ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016ގައި ނަމަވެސް، ފުލުހުން އެ ޒުވާނާގެ މައްޗައް ކޮށްފައިވާ ދައުވާގެ ޙުކުމް ކޮށްފައި ވަނީ އިއްޔެއެވެ.
ހއ.ދިއްދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ ޒުވާނާ އާއި ދެކޮޅަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ ދައުވާ އަކީ ގާނޫނު ހިންގުމަށް ހުރަސް އެޅި ކަމުގެ ކުށުގެ ދައުވާ ކަމަށާއި އެ ކުށް އޭނާގެ މައްޗައް ސާބިތުވެފައިފާ ކަމަށެވެ.
އެ ދުވަހު ފުލުހުން ރަށު ތެރޭގައި ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ޒުވާނާ ދުއްވަމުން ގެންދިޔަ ވެހިކަލް ދިއްދޫ ޕޮލިސް ސްޓޭޝަން ކަންމަތިން ހުއްޓުވައި، އިންޝުއަރަންސް އާއި ރޯޑްވާދިނަސް ހަމަވެފައިވާކަމަށް ފުލުހުން ބުނެ ލައިސަންސް ދައްކަން އެދުނެވެ. މިއާއިއެކު އެ ޒުވާނާ ލައިސަންސް ކާޑު ފުލުހުންނަށް ދެއްކި ނަމަވެސް، ކާޑު ފުލުހުންގެ އަތަށް ދީފައެއް ނުވެއެވެ.
މި މައްސަލާގައި ދައުލަތުގެ ފަރާތުން ތިން ފުލުހަކު ހެކިންގެ ގޮތުގައި ހުށަހެޅި އިރު އޭގެ ތެރެއިން ފުރަތަމަ ހެކިބަަސް ދިން ފުލުސް މީހާ ބުނެފައި ވަނީ އެ ޒުވާނާ ލައިސަންސް ކާޑު ދެއްކި ނަމަވެސް، ފުލުހުން އަތަށް ދޭން ދެކޮޅު ހެދުމާއި އެކު އެވަގުތު ސްޓޭޝަނުގައި ހުރި އިންޗާޖާއި އެވާހަކަ ދައްކަން ދިޔަ ވަގުތު ޒުވާނާ ޕިކަޕަށް އަރައިގެން އެ ސަރަހައްދު ދޫކޮށް ދިޔަ ކަމަށާއި، ދިޔައީ ފުލުހުންގެ ހުއްދަ ނުހޯދައި ކަމަށެވެ.
ނަމަވެސް ޒުވާނާ ބުނެފަައި ފުލުހުން އަތަށް ކާޑު ނުދިން ނަމަވެސް ލައިސަންސް ކާޑު ފުލުހުންނަށް ދެއްކި ކަމަށާއި އަދި އެ ސަރަހައްދު ދޫކޮށް ދިޔައީ އެ ފުލުސް އޮފިސަރު ވެސް އެ ސަރަހައްދުން ދިޔުމުން ކަމަށެެވެ.
ލައިސަންސް ފުލުހުންގެ އަތަށް ނުދިނުމުން ގާނޫނު ހިންގުމަށް ހުރަސްއެޅިކަމުގެ ދައުވާ އޭނާގެ މައްޗައް ސާބިތުވެ، ކޯޓުން ދައްކަން ހުކުމް ކުރި 28،800 ރުފިޔާ ފަސް މަސް ތެރޭގައި މީރާ އަށް ދައްކައި ހަލާސް ކުރުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.
މި ހުކުމާއި މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނައިރު ޒުވާނާ ބުނެފައި ވަނީ މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށެވެ.
ލައިސަން ކާޑު ފުލުހުންގެ އަތައް ނުދީގެން ތިވަރު އަދަބެއް ދިނީމާ ހިތައް އަރާ އެބަ އަދީބުމެން އަދި މމޕރސ ލިސްޓްގައި ތިބި ރައްޔިތުންގެ ފައިސާކާލި މީހުންނަށް ދޭނެ އަދަބު. ހަމަ ޔަގީން އެއިން ހުރިހާ މީހުންނަށްވެސް މަދުވެގެން 100 އަހަރު ހުކުމް އަދި ބިލިއަނުން ފައިން ކުރާނޭކަން.
އިންސާފް އެބަ ގައިމުވޭ.
ހައް ހައް !!!!
ތީ ދިއްދޫ ކޯޓް މިހާތަނަށް ކުރި އެންމެރަނގަޅު ހުކުން
ނިކަމެތި މީހާ ހޭއރުވާލަން ވާނެ. ޢެހެން މީހުން މެޝިން ގުޅާފަ ދައުލަތުން ނެގި ފައިސާގަ އުދުހެނީ
ނިކަމެތި މީހާ އުޅެންވާނީ ނިކަމއްޗެއް ދަނެގެން، ބޭކާރު ގޮތުގަ ޖޫރިމަނާއާ އަދަމު ލިބިނުގަނެވާނެ ގޮތަކަށް.
ކުއްކުރިކަން ސާބިތު ވަންޏާ ހުކުމް ކުރާނެ ކޮން ނިކަމެތި މުއްސަނދި ކިޔާކަށް
އެސޮރު ކަރުނޮލާލީ ދޯ
ތިޒުވާނާ އަކީ މިހާރުވެސް ގާނޫނުތަކަށް ގޮންޖަހާ ހިތުހުރި ގޮތަކަށް އުޅެމުންދާ މީހެހއް މީހާރުވެސް ކޮވިޑް ތެރޭ ތިމީހާ އުޅެނީ މާސްކްވެސް ނާލާ ދެން ފިޔަވަޅު އެޅުމުން މީނާއަށް ގޯސްވަނީ ފިޔަވަޅު އެޅިބަޔަކު
ބަރާބަރު. ޤާނޫނަށްވުރެ މަތީގައި އުޅޭ ޒުވާނުން މައިތިރި ކުރަން އެބަޖެހޭ
ލައިސަންސުވެސް ހިފެހެއްޓޭނީ ކޯތޓުއަމުރަކުން ޕާސްޕޯޓުވެސް ހިފަހައްޓާހެއް ފުލުހުންނައްވެސް އަތުލުމުގެ ބާރެއް އޮވެގެނެއްނުވާނެ ، ދައްކަންޖެހޭނެ ނުދައްކައިފިއްޔާ އަމުރައްނުކިޔަމަންތެރިވީ ، ރާޖޭގަވެސް ތޓުރެފިކައްހާސަ ކޯޓެއްހަދައްފެނޭ ، އެއީ ބައެއްފުލުހުން ބައެއްފަހަރު އަމަލުކުރާގޮތުން
ދިއްދޫ ކޯޓަކީ ކުރިން މައްސަލަ ނިންމާ ތަނެއް ނޫނެވެ އެތާ ކުރިން ހުރި މީހާ މައްސަލަ ހުށަހެޅޭ އިރަށް ގެންނަނީ ވަފުދެކެވެ ކަމުން ރެކި ފިލާ ހުރުމަށެވެ
ދެރަވަރެއްގެ ސޮރެއް ވީމަ އެއްފަހަރުން ގޮހޮރުބޮނޑި ދަމާގަތީ ދޯ! މިސާލަކަށް ފައިސާވެރިއަކު ނޫނީ އަދީބުކަހަލަ މީހެއްގެ ލައިސަންސް ނުދިންނަމަ އެމީހުން ގޮވައިގެން ކޮފީއަށް ދޯ ދާނީ
ރަނގަޅެއްނޫން، ލައިސަސް ކާޑު ދެއްކިޔަސް ދިނަސް އޭގައިން އިތުރު އެއްޗެއް ނުފެއްނާނެ
2016ގަ ހަމަގައިމުވެސް ދިއްދޫގަ ރޯޑުވޯތިނަސް ހެދޭނެ ހުއްދަދީފަވާ ގަރާޖެއް ނުހުންނާނެ. އެހެންކަމަށް ވާނަމަ ރޯޑުވޯތިނަސް ހަދާނީ ކިހިނެއްތޯ. ފުލުހުން ނުކުމެ ރައީތުން ޖޫރިމަނާ ކުރުމުގެ ކުރިން ހިދުމަތް ލިބޭނެ ގޮތް ހެދިއްޔާ މާރަނަގަޅުވާނެ. ހަމަ އެކަނި ވެހިކަލް މަގުމަތީގަ ދުއްވުމަށް އެކަށީގެން ވޭތޯ ބެލުމުގެ ކުރިން މަގުތަކަކީ އެއްޗެހި ދުއްވަން އެކަށޭނެ ތަނަކަށްވެސް ހަދަންޖެހޭނެ.
ލައްކަ ލާރި ތި ދަމަިގަނެވުނީ! ދެން ލައިސަންސު ލިބުނުތަ!؟ ނުލިބެންޏާ، ދައުލަތަށް ލާރިދަމާލެވުންނޫނި ތީގެން ހާސިލްވި މަގުސަދަކީ ކޮބާ؟
ކޮބާތަ ދަ އުލަތުން ވަ އްކަން ކުރިމީހުން .... މި އީ ފިރުޢައުނުގެ ވެރިކަމެ އްބާ ވަކިބަޔަކުގެ ދިފާ އުގާތަ ދަ އުލަތް ދަވާލާމީހުންގެ ކަންކަންކޮބާ .... ލަދުން ބޯހަލާކު މިހާރު ހަލާލެ އް ހަރާމެ އް ނެތް އަބިދަރިންނަ އް ކެވެންޏާ އޯކޭ
ދައުލަތް ހިންގުމާ ހަވާލުވެ ތިބޭމީހުން ، ފުލުހުން ، ކޯޓުތަށް ، ރައްޔިތުންގެ މަޖިލީސް ، ސިޔާސީ އިސްވެރިން ، މަހުޖަނުން ހިންގާ އެއްވެސް ޖަރީމާއެއް ނުބެލޭ. ރައްޔިތުންގެ ރުފިޔާއިން މުސާރަނަގާގެން މުއައްސަސާތައް ހިންގަމުންދާ ފަރާތަށް ވަކިބަޔަކަށް ޤާނޫނު ހިންގާކަން އެއީ އެއްމެނަށްވެސްއިގޭ ބޯޑުސިއްރެއް.
ތީ އޮފީހު ކޮފީދަޅުން 1 ސަމުސާ ކޮފީ ގެޔަށް ގެންދިޔަ މީހާއަށް ކުރިފަދަ ހުކުމެއް. ލަދުން ބޯހަލާކު
މީ ޒުވާނުން ހަނާކުރާ ސަރުކާރެއް
ކޮންބޭފުޅެއްގެ ވެރިކަމެއްގައި ތޯ
ވައްކަން ކުރާމީހުނާ، މީހުންމާރާމީހުން، ޑުރަގު ޑީލަރުންނައް ތިހެން އަދަބު ނުލިބޭ،ކިހިނެތްބާ މި ވީ🤔
ހުކުމް ރަނގަޅު. ހުކުމް ކޮށްފައި އެއޮތީ ލައިސަންސް ކާޑު ނުދީގެން އެކަންޏެއް ނޫން. ފުލުހުންގެ ހުއްދަ ނެތި ދިއުން އެއީވެސް ކުށެއް. ފުލުހުން ހުއްޓުވި މީހަކު ފުލުހުންގެ ހުއްދަ ނެތި ދެވިގެން ނުވާނެ. ދާންވާނީ ފުލުހުންގެ ހުއްދައާއެކު.
ހުއޓުވުމަކީ ހައްޔަރުވުމެއް ނޫން....މިނިވަންކަމަށް އަރައި ނުގަނެވޭނެ...ފުލުހުންނަށް ސާބިތު ނުވާ ކަމެއްގަ ހައްޔަރު ކުރެވުންވެސް އެއީ މިނިވަންކަމާ ފުށު އަރާ ކަމެއް......ލައިސެންސް ކާޑަކީ ފުލުހުންގެ އެއްޗެއް ނޫން އެއީ ހަރަދުކޮށްގެން އަމިއްލައަށްހަދާ އެއްޗެއް...އެ ދޭށޭ ވެސް ނުބުނެވޭނެ....ކުރަންޏާ ގޮސް ކާޑް ބްލޮކް ކޮށްލެވޭނެ...އެ އަތުލާކަށް ނުޖެހޭ....ފުރަތަމަ އުސޫލާ ހަމައަށް ބޯލަނބާ ކިޔަމަންވާން ފުލުހުންނަށް ޖެހޭނެ.... ﷲ ގަންދީ ހުވާ ކުރީ އިސްލާމް ދީން ހިމާޔަތް ކުރާނަމޭ ކިޔާފަ...ރާ ވިއްކާ ބޭންކުތަކުން ރިބާ ނަގާ ރޯ އޮރިޔާމުން މަގުމަތީ ދުވާ އިރު އެކަން ކަމަކާ އަޅައެއް ނުލާ...އެންމެ މީހެއްވެސް ނެތް ކޮރަޕްޓް ފައިސާ ކައިގެން ޖަލުގަ...ނިކަމެތިން ތިބީ ޖަލުގަ..ފައިސާވެރިންނާ ސިޔާސީ މީހުން ތިބީ ގޭގަ ކުށް ސާބިތުވެ ފެންނަން ހުރި އިރުވެސް....ފުލުހުން ތިބީ އަޅާ ނުލާ ކަމެއް ކުރީމޭ ބުނަން ނިކަމެތިންގެ ހަން ދަމާލަ ދަމާލަ...ދެން އެވަރުގެ ބަޔަކަށް އިހްތިރާމް ނުކުރީމަ ނުކުރާ މީހާ ގޯސް މިވަނީ...ފުލުހުން އެ ޒިންމާ ވަޒީއެއްގެ ގޮތުގައި އަދާ ކުރަނީ ފައިސާ ހޯދަން ކަމަށްވަންޏާ ދުވަހަކުވެސް އެމީހުންގެ ފުށުން ހެވެއް ފެނިގެން ނުދާނެ....ފައިސާ ހޯދަން އުޅޭ މީހާ ބަލާނީ ފައިސާ ލިބޭނެ ގޮތް....މީ ފުލުހުންގެ މައްސަލައަކީ
ބުރޯ އެއްގަމު ދަތުރުފަތުރު ޤާނޫނު ކިޔާލަފައި ކޮމެންޖެހުން ރަނގަޅު… 5/2009 63 ށ
ނުޖިހޭ ލައިސެން ޓްރެފިކް ސްޓޮޕަކުން އަތަށް ދޭކަށް ، ލައިސެސް އަތުގަ އޮއްކަން އެގޭނެ ވެހިކަލްދުއްވަން އިންމީހާ ދެއްކީމަ
ގައުމުހިންގާނެ ފައިސާ އެއްނެތް އަންޒަމާނުކަރައިން ވައި އިރުގެ ކަމެއްމީ އޭރުގެ ކަމެއްމިހާރު ހިލުވާލައިގެނވެސް މީހާކު ނޮޅާލެވޭތޯ އެބަލަނީ
ނިކަމެއްޗެއް ވީމަ ތިވަރުގެ އަދަދެއް ތިޔަނެގީ ، ރޯޔަލް ފެމިލީނަމަ ސަލާމަކުން ނިމޭނެ މިބުނީ ފުޅިޔަކުން ނޫނީ ދަޅަކުން.