ތިމާ ލޯބިވާ މީހަކު ބޮޑު ބައްޔެއްގައި އުޅޭއިރު އެކަމާއި ހިިތާމަ ކުރާނެއެވެ. އެކަމަކު އެއަށްވުރެ ގޯސްވާނެ ހާލަތަކަށް. ތިމާ ލޯބިވާ މީހަކަށް ތިމާއަކީ ކާކުކަން ނޭނގޭ ހިސާބަށް ދިއުމުން ދާނެތާއެވެ. މިއީ ހަމަވެފައި ހުރި ކަންކަމެވެ.

އެފަދަ ކަމެއް އަލްޒެއިމާ ބަލި ހުރި މީހަކާއި ކައިވެނިކޮށްގެން އުޅޭ އަންހެނަކަށް ދިމާވެފައެވެ. އެ ބައްޔަކީ މީހާގެ ބައެއް ކަންކަން ހަނދާން ނައްލާތާ ބައްޔެކެވެ. އެ ބަލީގެ ސަބަބުން ބައެއް ހާލަތްތަކުގައި ހިތާމަވެރި އެތައް ކަމަކާއި ދިމާވެއެވެ.

ކަނެކްޓިކަޓްއަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ ޕީޓާ މާރޝަލްއަށް އެ ބަލި ޖެހުނީ މީގެ އަހަރުތަކެއް ކުރިންނެވެ. އޭގެ ފަހުން އޭނާއަށްވެސް ބައެއް ކަންކަން ހަނދާން ނެތެއެވެ.

ޕީޓާއަށް ހަނދާން ނެތުނީ އޭނާ ކައިވެނިކޮށްގެން އުޅޭ ކަމެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައި، ގޭގައި ޓިވީން އަންނަ ކައިވެނީގެ ހަފްލާއެއް ބަލަން އިނދެފައި އޭނާ ވަނީ، އަނބިމީހާ ލީސާ ކައިރިން އިންނަން އަހާފައެވެ.

ލީސާ ވަނީ އެ ކަން މީސް މީޑިއާގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި މުޅި ހާދިސާ މީސް މީޑިއާގެ ޕޭޖެއްގައި ހިއްސާ ކޮށްފައެވެ.

ލީސާ ބުނީ ޕީޓާ އޭނާ ކައިރިން އިންނަން އެހިއިރު، އަންބަކީ އޭނާކަން ނޭނގޭ ކަމަށެވެ. އޭނާއަށް އެނގޭ ކަމަކީ ލީސާއަކީ އޭނާ އެންމެ ލޯބިވާ މީހާ ކަން ކަމަށެވެ. އެހެންވެ ލިސާ ވަނީ އެކަމަށް އާނބަސް ބުނެފައެވެ.

އަދި ލީސާގެ އަންހެން ދަރިފުޅަކީ ވެޑިންގ އަދި އިވެންޓް ޕްލޭނާއެއް ކަމުން، އެ މީހުންނަށް ކައިވެނީގެ ހަފްލާއެއް ހިލޭ ބާއްވާ ދިނެވެ. އެއީ ވަރަށް ގިނަ ބަޔަކާއި ވާހަކަދައްކައިގެންނެވެ.

ކައިވެނިކޮށްގެން އުޅޭ މި ދެމަފިރިން އެ މީހުންގެ ދެވަނަ ކައިވެނީގެ ހަފްލާ ބާއްވާފައިވާއިރު،ޕީޓާގެ އެ ބަލީގެ ސަބަބުން އޭނާއަށް އެ ހަފްލާވެސް ވަނީ ހަނދާން ނެތިފައެވެ.

ޕީޓާ އާއި ލީސާ ކައިވެނިކޮށްގެން އުޅޭތާ 12 އަހަރު ވެދާނެ ކަމަށް ވެއެވެ.