މާފުށީ ޖަލުގައި އައްޑޫސިޓީ ހުޅުދޫ އަށް ނިސްބަތްވާ ޒުވާނަކަށް އަނިޔާ ލިބެމުން އަންނަ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ތުހުމަތެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަ ކޮށްފިއެވެ.

މާފުށި ޖަލުގައި އޮތް އުމުރުން 28 އަހަރުގެ ޒުވާނަކަށް ޖަލުގައި އަނިޔާ ކުރާ ކަމަށް އާއިލާގެ ފަރާތުން ވަނީ ތުހުމަތު ކޮށްފައެވެ. އެ ޒުވާނާ 25 އަހަރަށް ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެންނެވެ.

އާއިލާއާއި ހަވާލާދީ ފޭސްބުކުގައި މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ޒުވާނާއަކީ ކުޑައިރުވެސް ނަފްސާނީ މައްސަލަތަކެއް ހުންނަ ޒުވާނެއް ކަމަށާއި އެހެން ނަމަވެސް ކަރެކްޝަންސްގެ މުވައްޒަފުން އޭނާ އަށް ލާއިންސާނީ އަނިޔާ ދެމުން އަންނަ ކަމަށެވެ.

އެގޮތުން އޭނާ ވަކިން ގޮޅިއަކަށް ލައި އެކި ކަހަލަ އަނިޔާ ދެމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އާއިލާއާއި ގުޅައި އޭނާގެ ހާލަތު ހިއްސާ ނުކުރާ ކަމަށާއި އޭނާ ބާއްވާފައިވަނީ ބަރަހަނާ ހާލުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ވަގުތު" އަށް ވިދާޅުވީ، އެ ޒުވާނާއަށް އަނިޔާ ކުރަމުން އަންނަ ވާހަކައަކީ ދޮގެއް ކަމަށާއި ތުހުމަތު ކުރާ ލާއިންސާނީ އެއްވެސް އަމަލެއް ނުހިންގާ ކަމަށާއި ހިނގަމުން ވެސް ނުދާ ކަމަށެވެ.

ޔުސްރީން ވިދާޅުވީ، އެޗްއާރުސީއެމް ފަދަ ތަންތަނުން ޖަލުގެ ހާލަތާއި ގައިދީންގެ ހާލަތު ކައިރިން ބަލާ ކަމަށާއި އެހެން ކަމުން އެފަދަ ކަމެއް ހިނގަންޏާ އެކަން ފެންމަތިވާނެ ކަމަށެވެ.

"އެއްވެސް ގައިދީއަކަށް ލާއިންސާނީ އެއްވެސް އަމަލެއް ނުހިނގާ. ހިންގާފައިވާނަމަ، އެކަމަށް ފިޔަވަޅު އަޅާނެ" ޔުސްރީން ވިދާޅުވިއެވެ.

މި ތުހުމަތުގެ ތެރޭގައި ފޯނު ކޯލު ނުދޭ ވާހަކަ ދައްކަވަމުން ޔުސްރީން ވިދާޅުވީ، އާއިލާއަށް ގުޅުމަށް ހުރަހެއް ނާޅާ ކަމަށެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުޅުދޫ މީހާ

    ޢެންމެ ފުރަތަމަވެސް އަހަރަމެންނަ އެނގޭ ފޭސްބުކްގަ މި ވާހަކަ ލިޔުނު މީހާ ހަދަނީ ދޮގުކަން. މިވާހަކަ ލިޔުނު ފިރާޒް އަކީ ކިޑްނީ ހިލޭދޭނެ ކަމަށް ބުނެ އޮޅުވާލާއިގެން މީހުން އަތުން ފާއިސާ އަތުލަން އުޅުނު މީހެއް، އަދި މަސްތުވާތަކެތި ބޭނުން ކުށް އޭގެ ވިޔަފާރި ކުރާ މީހެއް. 24 ގަޑި އިރު ހަމާއިގަ ނުހުންން މީހަކު ދަށްކާ ވަަހަކަ ގަބޫލު ކުރިބަޔަކުވެސް ރަނގަޅު

    19
    6
  2. މިތުރާ

    ޖަލަކީ ގެސްޓުހައުސް ،ރިސޯޓެއްތަ؟ ޖަލުން އަނިޔާލިބޭނެ، ލިބެންޖެހޭ. އަނިޔާ ނުލިބޭތީ ކުށްގިނަވަނީ، ކުއްވެރިވެގެން ޖަލައްލިޔަސް ހިތަކައްނާރާ ކަހެރުވަކެކޭވެސް، ޖަލުން އަނިޔާލިބޭ ނަމަ 100ފަހަރަށް ނުދާނެ .

    13
    14
    • ކޮއްމެ މީހަކަށްވިއަސް

      ިިިލބޭކަށް ނުޖެހޭނެ…ކަލޭގެ އާއިލާ މީހަކަށް މިހެން ދިމާވިނަމަށް ކަލެއަށް އިހުސާސް ކުރެވޭނީ…އަނިޔާ ކުރަންޖެހޭނެ އޭ ދެން ޖަލަށް ލަނީ ކީއްކުރަން މަރާލީ މަށް ނިމުނީ ނުން

      14
      4
    • ޭެއެއްކަލަ މީހާ

      ނުޖެހޭނެ އެހާ އަނިޔާވެރި ވާކަށް
      ސާބިތު ނުވާ މައްސަލަ އެއްގަ ޖަލަށް ހުކުމް ކޮއްފަ ހުރީވެސް. އޭނާ އަކީ ނަފްސާނީ މައްސަލަ ހުންނަ ކުއްޖެއް. ބަލި ވީމަ ޑޮކްޓަރަށް ދެއްކެން ޖެހޭނެ. އެއި ކޮންމެ މީހަކައް ވެސް ލިބިފަ އިންނަ ހައްގެއް. އިންސާނިއްޔަތު ކަމެއް ނެތް މީހަކު ނޫނީ ތިގޮތައް ވާހަކަ ނުދައްކާނެ. މީހުންނާ ދޭތެރޭ ރަހުމު ކުރަން ދަސް ކުރޭ.

      18
      3
    • އެއްކަލަ މީހާ

      ފޭސްބުކް ގަ އެވާހަކަ ދައްކާފަ އެހެރީ ކޮންމެ ކަހަލަ މީހަކަށް ވިއަސް އެއީ ދޮގު ވާހަކަ ތަކެއް ނޫން.

      11
      4
    • އެއްކަލަ މީހާ

      ތިބޭފުޅާގެ އާއިލާ މީހެއް ނަމަ ތިހެނެއް ނުބުނާނެ

      13
      4
    • އަލިބެ

      ޢިންޑިއަން ސިސްޓަމް ގަބޫލު ކުރާ މީހެއްދޯ! ގެރި އެއީ ކަލޭގެ ކޯންޗެއް؟

  3. މިތުރާ

    ޖަލަކީ ގެސްޓުހައުސް ،ރިސޯޓެއްތަ؟ ޖަލުން އަނިޔާލިބޭނެ، ލިބެންޖެހޭ. އަނިޔާ ނުލިބޭތީ ކުށްގިނަ ވަނީ ކުށް ވެރިން ޖަލައްލިޔަސް ހިތަކައްނާރާ ކަހެރު ވަކެކޭ ވެސް ޖަލުން އަނިޔާލިބޭ ނަމަ 100ފަހަރަށް ނުދާނެ .

    7
    15
  4. މިހާރު

    މިހާރަކައް އ އައިސް ހާދަ ފުލުހުން ސިފައިން ކަރެކްސަން މީހުން ބަދުނާމު ކުރެޔޭ އެބަ
    ބަލަ އެމީހުން އެ ގައުމު ބަލަންތިބޭ މީހުންނޭ
    ބޮއެގެން މަސްތުވެގެން އުޅޭ އިރު ނުހިފެއްޓިޔަސް އެމީހައް އެވަރުކުރޭ
    ހިފެއްޓިޔަސް ސަލާމަތެއްނެއް
    ބަލަ މިތަނގަ އަދި ނުކުރެ އެހެން ތަންތަނުގަ ކުރާ ވަރަށް ގާތަްްވެސް

    13
    7
    • ކަލޭމެން

      ކުށެއް ކުރީމަށް ޖެހެނީ މަރާލަންތަ؟؟ކަލޭވެސް ހުއްނާނީ ލައްކަ ކުށ ކޮއްފަ ދެެން ކަލޭވެސް ތަޅާ އަނިޔާ ކޮށް މަރާލަން ވީނުން

  5. ހަސަނު

    އެޗްއާރސީއެމަށް އެއްޗެއް ބުނެވޭ ވަރުވާނީ ވާނެ އެއްޗެއް ވެ ނިމުނީމަ. އެކަމަކާ ބައަކު އެއްޗެހި ގޮވާ، އެތައް ދުވަހަކު އެ ވާހަކައެއް ދައްކާ، މަޞްލަޙަތު ގެއްލި، ދެން އެއްޗެއް ނުބެނެ ނުތިބޭވަރުވީމަ ބުނާނެ ކޮންމެވެސް މޮޅު އެއްޗެއް.

    8
    1
  6. ޒާ

    ދޮގު ނުހަދާ ކުކުޅުކައިގެން ނިދާމީހުން ނިދިޔަސް އަނިޔާ ކުރުކުމާ ގޯނާކުރުމަކީ އެކަން ކޮށްފާ ނޫނީ ބާރުއޮތްމީހުންގެ ލޮލަށް ނިދިނާންނަކަމެއް. ޖަރެކްޝަންގެ ހިސްޓްރީ ބަދަލެއް ނުވޭ. އަދިވެސް އަނިޔާކުރުން އެއީ އާދައެއް. ފިނިކޮޓަރީގަ ތިބެގެން ވާހަކަ ދައްކަން ލަދުކޮބާތޯ؟

    10
    3
  7. ޟުމަން

    މީ ވަރަށް ނުރައްކާ ޓްރެންޑެއް މިހާރު. ލޯ ތަންފީޒް ކުރާ ތަން ތަނުން ، މިހެން ނޫސް ބަޔާން ނެރެލާފަ އެއީ ދޮގެކޭ ބުނެލަނީ. ޢެކަމު ގިނަފަހަރު މިކަން ކަން މިހެން އެބަ ހިނގާ!

  8. Obama

    ޖަލަށްލީ އޭ؟ އަނިޔާ ކުރީއޭ؟ ބުނާ އިރު ކިލޯ ކިލޯ އިން ހަކުރު ވިއްކާގެން ޖަލަށްލީމާ ވެސް ހަކުރުގެ ބޮޑެތިންގެ ހައްގު ހޯދަން މިއުޅޭ މީހުން ވަރަށް ފޯރި ހުރޭދޯ. ތިމާމެންގެ ދަރިންނަށް ވިއްކާ އެކުދިން ހަލާކޮށް އާއިލާ ތަކުގެ ހަރުމުދާވެސް ގެއްލި ހުސްވާއިރު ތިމާމެންގެ ދަރިން ހަލާކުރާ ހަކުރު ސޭޓުންގެ ހައްގު ހޯދަން އަނގަތެޅޭ އިރުވެސް ނޭންގޭ ހާ ގަމާރު ވެއްޖެ ދިވެހިން

    1
    2