ދައުލަތުގެ މާލިއްޔަތާއި ގުޅުން ހުރި މަސައްކަތްތަަށް މާލީ ޒިންމާދާރުވެރިން، އައްޔަން ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އެ އިމްތިހާނެއް ހަދައި ސެޓްފިކެޓެއް ހާސިލް ކުރަން ޖެހޭ ގޮތަށް ހަދައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލީ ޒިންމާދާރުވެރިންގެ ޒިންމާ ހަވާލުކުރެވޭ ފަރާތްތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ، އެ ގަވައިދުގެ ދަށުން ހެދޭ އުސޫލުތައް އަދި މާލީ ކަންކަން ކުރިއަށް ގެންދެވޭ ގޮތްތައް އެނގި އޮޅުން ފިލާފައިވާ ފަރާތްތަކަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި މިގޮތަށް އިމްތިހާނެއް ހަމަޖެއްސުމާއި ގުޅިގެން ދައުލަތުގެ އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިންގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ އެ އިމްތިހާނުތައް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކޮށްފައިވާ ފަރާތްތަކެއް ކަމަށް ކޮންމެހެން ވުން ލާޒިމުވާނެއެވެ.

މިނިސްޓްރީން ވަނީ ދައުލަތުގެ އިދާރާތަކުގައި ތިބި މާލީ ޒިންމާދާރު ވެރިންނަށް އެ އިމްތިހާނުތައް ފުރިހަމަކުރެވޭނެގޮތް ހެދުމުގެ މަސައްކަތްތައް ފަށާފައެވެ. އެހެންކަމުން މިހާރު މާލީ ޒިންމާދާރުވެރިންގެ ގޮތުގައި މަސައްކަތް ކުރަމުންގެންދާ ފަރާތްތަކުން މި އިމްތިހާނު އޮގަސްޓު 22 ގެ ކުރިން ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައިވާކަން އޮފީސްތަކުން ކަށަވަރު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނާޅި

    ފުރަތަމަ ފިނޭސް މިނިސްޓަރާއި ވަޒީރުން ތިޔަ އިމްތިހާނުހަދާ ފާސްވެ ސެޓްފިކެޓް ހޯދަންވީ އޭރުން މާލިއްޔަތު ރަގަޅުވާނީ މާއްލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ސެޓްފިކެޓުން ކޮންކަމެއްބާ ހާސިލްވާނީ !

    10
  2. ކުކުޅު

    ތިތާ މިނިސްޓަރަކައް ތިހުރީ ކިހާވަރެއްގެ ފެންވަރެއް ހުރި މީހެއްތަ ދުވާލު ދެގޮތައް ހިސާބުތައް ހަދާމީހެއްތީ

  3. އެލެކްސް

    ރައްޔިތުން މަޖުލިސްގަ އުޅޭ ރޯނުއެދުރުންވެސް ތިބުނާ ޓެސްޓް ދޭންފެންނަނީ.

  4. ލލ

    ޕޮރަފެޝަނަލް ވަގުން މިތިބެނީ ޓަ އިވެސް އަޅަ އިގެން ސެޓްފިކެޓް ވެސް ހޯދަ އިގެން !

  5. ހުސެން

    ކޮންސެޓް ފިކެޓެ އް އަންނިމެން ބަލަނީ މަގުމަތީ މުޒާހަރާ ކުރަން ކެރާ ލަދުހަޔާއްތް ކުޑަ މީހުނައް އިސްކަންދޭން......ހުރިހާަ މު އައްސަސާ ތަކެ އްގަ އި ކުރިއައްދަނީވެސް ވެރިންގެ ތަ އްޕާހުގަ އެނބުރޭ މީހުން ވާނުވާ ނޭނގހުނަސް ހެޔޮ....

  6. ޙާލަތު

    މާލިއްޔަތު ޤާނޫނުހަދާ އިސްލާޙްކުރަން ވަންނަމީހާ ހެޔޮ އެކައްޗެއް ނުކިޔަވާ ހުއްޓަސް.... އޭގެ އިތުރަށް ޤައުމުގެ ވެރިއަކަށް އަންނަންވެސް ހެޔޮ އެކައްޗެެއް ނުކިޔަވާ ހުއްޓަސް. މާސްޓާސް އާ ޕީ.އެޗް.ޑީ ނަގައިން ސިވިލްސަރވިސްގަ މަސައްކަތްކުރަންވީމަ އިމްތިހާނަކާ އަނެކައްޗަކާ އަނެކައްޗަކާ....މީ ޤައުމުގެ ޙާލަތު.

  7. ދިވެހިސޮރު

    ތިކަން ކުރަންވީ ސިޔާސީ ބީތާޢިން،ގަމާރުން،އަމިއްލައެދުމުން ފޯވެފައިތިބި ސިޔާސީ ބީތާތައްލައްވާ އެބައިގަނޑު މަޖުބޫރުކޮށްގެން ތިޔަ މާލިއްޔަތެއް އެގޮތްމިގޮތަށް ތަޅާ ބުރުއްސަނީ