މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އޮތް ތިން ލޯންޗެއްގައި އަލިފާން ރޯވިއިރު، އެލޯންޗުތަކުގެ ތެރޭގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ހުއްޓުވި ލޯންޗު ނުހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރޯވި ލޯންޗުތަކުގެ ތެރޭގައި އަދުހަމް އާއި ތަހުމީން ދަތުރުކުރި ލޯންޗު ހިމެނޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން މީސް މީޑިއާގައި ވާހަކަދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވީ، މިދިޔަ މަހުގެ އެއްވަނަ ދުވަހު ފުލުހުން ހުއްޓުވި ލޯންޗުގައި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ހައްޔަރުކޮށްފައިވާ ތަހުމީން އަހުމަދު އަދި އަދުހަމް އަހުމަދު ތިބި ކަމަށެވެ.

އެހެން ނަމަވެސް ފުލުހުން ފަހުން ވަނީ އެ ލޯންޗުގައި އެ ހަމަލާގައި ހައްޔަރު ކުރި އެއްވެސް މީހަކު ނުހިމެނޭ ކަމަށް ވިދާޅުވެފައެވެ.

މީސްމީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލިފާން ރޯވި ލޯންޗުތަކުގެ ތެރޭގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ފުލުހުން ހުޅުމާލެ ފަޅުތެރިން ހުއްޓުވި ލޯންޗު ނުހިމެނޭ ކަމަށެވެ.

ރޯވި ލޯންޗުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢބްދުއްﷲ

    ރޯވި ލޯންްޗުތަކުގެ ތެރޭގައި ހުއްޓުވި ލޯންޗު ނުހިމެނޭ- ފުލުހުން

    25 ސިކުންތު ކުރިން ( ޖޫން 18, 2021 )

    މީހެކިފޮރުވުމުގެ ކަމަކަށް ވެދާނެބާ؟