ކޮވިޑް-19 ގެ ބަލި މަޑު ކަމުގެ ތެރޭގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކޮވިޑްގެ މި އުނދަގޫ ދަނޑިވަޅުގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށާއި ސަރުކާރުގެ ހެލްތް ރެސްޕޮންގަައި އެހީވެ ދެއްވި ހުރިހަ ފަރާތްތަކަށް “ހިތުގެ” ފުންމިނުން ޝުކުރު އަދާ ކުރާ ކަމަށެވެ.

“އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތައް އަލި ވެގެން ދާނެ ކަމަށް ބަލާއިރު، ތިބޭފުޅުންނަށް މުޅި ގައުމު ވެސް ޝުކުރިވެރި ވާން ޖެހޭ“ ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ސިއްހީ ހިދުމަތްތެރިންގެ ދަތިކަން ކުރިމަތިވުމާއި ގުޅިގެން ސަރުކާރުން ވަނީ ދަރުމަވެރިން ހޯދުމަށް އިއުލާނު ކޮށްފައެވެ.

މިއިއުލާނާއި ގުޅިގެން ގިނަ އަދަދަކަށަ ދަރުމަވެރިން ވަނީ ކޮވިޑްގެ ބަލިމަޑު ކަމުން އަރައިގަތުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އެ ފުރުސަތުގައި ރައީސްގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހުމަދު ވެސް ވަނީ ހުޅުމާލޭ އެޗްއެމްއެފްގައި ދަރުމަވެރިއެއްގެ ގޮތު ހިދުމަތްކޮށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސެންޗޯ

    ދެރައީ މަސައްކަތުގައި އުޅުނު މީހުން ނިސްބަތްވާ މުއަށް ސަސާތަކުން އިހުމާވެ އެމީހުންނަށް ދޭންޖެހޭ ލާރި ނުދީ ވާ ކަން އެ އޮފީސްތަކުގައި ތިބި ވެރިން ނަކީ ކުރީގެރައީސް ޔާމިނަށް ބައެތު ހިފައިގެން ތިބި ވަގުނެވެ ކުރާކަމަކީ މިސަރުކާރު ބަދުނާމު ކުރަން ލާރިލިބެންޖެހޭފަރާތްތަކަށް ލާރިހޯދައި ނުދޭން އޮފސްތެރެއިން ޖެއްސުންކުރުން

    2
    5
  2. އައާނިނީޔާ

    ރައީސްވެސް މުސާރަ ނުނަންގަވާ. އަޅިގަނޑުމެން ޝުކުރު އަދާކޮއްލާފަ ނިންމާލާގޮތައް ހަދާ

  3. ބޫ

    އެ ކުރީ ވަރަށް ވެސް ބޮޑު ޚިދުމަތެއް، ހަމައެކަނި ސުކުރު އަދާކުރުމަކުން އެ މަސައްކަތުގެ އަގެއް އަޅުގަޑު މެނަކަށް އަދައެއް ނުކުރެވޭނެ ކޮންމެވެސް މިންވަރެއްގެ މާލީ އެހީތެރުކަމެއް މުހިންމު މިސާލަކަށް ދުވާލަކަށް ދެވޭނަމަ ލައްކައެއް ވެސް ރަގަޅު

    4
    2